Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެދުޒިޔާރަތް ބެލެހެއްޓުން

މެދުޒިޔާރަތުގެ ތަޅު ރަނގަޅުކޮށް، ނޯޓިސް ހަރުކޮށްފި

29 ޑިސެމްބަރު 2021 | ބުދަ 13:52

މެދުޒިޔާރަތް ހުންނަނީ ރިޔާސީ ގަނޑުވަރު މުލީއާގެއާ އިންވެގެން

އަމްނާ އިމާދު
އަމްނާ އިމާދު | 29 ޑިސެމްބަރު 2021 | ބުދަ 13:52
މެދުޒިޔާރަތުގެ އެތެރޭގައި ފަތުރުވެރިންތަކެއް

މެދުޒިޔާރަތުގެ އެތެރޭގައި ފަތުރުވެރިންތަކެއް

މެދުޒިޔާރަތުގެ ތަޅު ރަނގަޅުކޮށް، ނޯޓިސް ހަރުކޮށްފައިވާ ކަމަށް ސަގާފީ ތަރިކަ ރައްކާތެރި ކުރާ ގައުމީ މަރުކަޒުން ބުނެފިއެވެ.

މެދުޒިޔާރަތުގެ ތަޅު ދޭތެރެދޭތެރެއިން ހަލާކުވެފައި ހުރެއެވެ. އެއީ ތަޅުލާފައި ހުރި ނަމަވެސް، ނޭނގި ނަމަވެސް ބައެއް މީހުން ތަޅުގައި ހިފައި، ހުޅުވުމަށް މަސައްކަތް ކުރާތީ ކަމަށް މައުލޫމާތު ލިބެއެވެ. އަދި އަންގާރަ ދުވަހުގެ ވަގުތެއްގައި މެދުޒިޔާރަތުގެ އެތެރެއަށް ބަޔަކު ވަދެ އެތަނުގެ ފާރުބުރިތައް މަތީގައި އިށީނދެ ތިބި ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާއްމުވެގެން ގޮސްފައިވާއިރު، ބައެއް މީހުންގެ ފާޑު ކިޔުން ވެސް ހެރިޓޭޖް މިނިސްޓްރީއަށް ވަނީ އަމާޒުވެފައެވެ.

Advertisement - newsAdvertisement

މިކަމާ ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓަރ ކޮމިއުނިކޭޝަން އިސްމާޢީލް ނާއިލް ނަޝީދު ވިދާޅުވީ އެމައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، ބެލިބެލުމުން އެއީ ތަޅު ހަލާކުވެފައި ހުރުމުން ދިމާވި ކަމެއް ކަމަށެވެ. އަދި އެފަތުރުވެރިންތައް އެތަނަށް ވަދެފައިވަނީ އެތެރެއަށް ވަނުން މަނާކަން ނޭނގި ކަމަށް ނާއިލް ވިދާޅުވިއެވެ.

ނާއިލް ވިދާޅުވީ މިހާރު އެމައްސަލަ ހައްލު ކުރެވިފައިވާ ކަމަށާއި، ތަޅު ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އާއްމުކޮށް އެނގޭނެހެން ބޮޑުކޮށް ނޯޓިސްއެއް ހަރުކޮށްފައިވާ ކަމަށް ނާއިލް ވިދާޅުވިއެވެ.

މެދުޒިޔާރަތް ހުންނަނީ ރިޔާސީ ގަނޑުވަރު މުލީއާގެއާ އިންވެގެންނެވެ. މުލީއާގެއަކީ 24 ގަޑިއިރު ސިފައިން ސަލާމަތީ ކަންކަން ބަލަހައްޓާ އިމާރާތަކަށްވާއިރު، މެދުޒިޔާރަތުގައި ލަކުޑިން ހަދާފައި ހުރި އިހުގެ ދޮރުގައި ހިމެނޭ ތަންޑާއި ތަޅު ބަޔަކު މީހުން ވަނީ ހަލާކޮށްލިއިރު ސިފައިން އެކަން ހުއްޓުވާފައިނުވާތީ އެކަަމާއި ވެސް ގިނަ ބަޔަކު ސުވާލު އުފައްދާފައިވެއެވެ.

މާލޭ މެދުޒިޔާރަތަކީ ރާއްޖެއަށް އިސްލާމްދީނުގެ އަލިކަން ގެނެސްދެއްވި ފާރިސްކަރައިގެ ތަބްރޭޒަށް ނިސްބަތްވެވަޑައިގަންނަވާ ޔޫސުފް ތަބްރޭޒީގެފާނު ފަސްދާނުލެވިފައިވާ ޒިޔާރަތެވެ. ތަންކޮޅެއްފަހުން އެބޭކަލަކީ މަޣުރިބުކަރައިގެ އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީ ކަމަށްވެސް ބައެއް ބޭފުޅުން ވިދާޅުވެއެވެ. ރާއްޖެއަށް އިސްލާމްދީން ތައާރަފުވީ މީލާދީން 1153 ވަނަ އަހަރުއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

07 އޯގަސްޓު 2017

އަތްފުހޭ ކަރުދާސް ރޯލެއްގައި ރޯވެގެން މަޖިލިސް ތަޅުލި ގޮތަށް ބަޚަބަރު!

07 އޯގަސްޓު 2017
އަތްފުހޭ ކަރުދާސް ރޯލެއްގައި ރޯވެގެން މަޖިލިސް ތަޅުލި ގޮތަށް ބަޚަބަރު!
30 ޖުލައި 2017

މަޖިލީހުގައި އެޅުވި ތަޅުތައް ހަ ދުވަހަށް ފަހު ނައްޓާލައިފި

30 ޖުލައި 2017
މަޖިލީހުގައި އެޅުވި ތަޅުތައް ހަ ދުވަހަށް ފަހު ނައްޓާލައިފި
26 ޖުލައި 2017

ރާއްޖޭގެ ދުސްތޫރީ އޮނިގަނޑު ފަރުމާކުރެވިފައި އޮތީ މަރުތަޅު އެޅުވޭ ގޮތަށް: ރައީސް ޔާމިން

26 ޖުލައި 2017
ރާއްޖޭގެ ދުސްތޫރީ އޮނިގަނޑު ފަރުމާކުރެވިފައި އޮތީ މަރުތަޅު އެޅުވޭ ގޮތަށް: ރައީސް ޔާމިން
24 ޖުލައި 2017

މަޖިލީހުގައި ތަޅު އެޅުވުމަކީ ކުށެއް: މަހްލޫފް

24 ޖުލައި 2017
މަޖިލީހުގައި ތަޅު އެޅުވުމަކީ ކުށެއް: މަހްލޫފް
24 ޖުލައި 2017

ރައްޔިތުންގެ މަޖިލީހުގައި ސިފައިން ތަޅު އަޅުވައިފި

24 ޖުލައި 2017
ރައްޔިތުންގެ މަޖިލީހުގައި ސިފައިން ތަޅު އަޅުވައިފި
24 ޖުލައި 2017

ރައްޔިތުންގެ ވިސްނުމާއި ފިކުރުގައި ތަޅުއަޅުވާކަށް ޖާގައެއް ނުދޭނަން: ޝިދާތާ

24 ޖުލައި 2017
ރައްޔިތުންގެ ވިސްނުމާއި ފިކުރުގައި ތަޅުއަޅުވާކަށް ޖާގައެއް ނުދޭނަން: ޝިދާތާ
14 ޖޫން 2017

ފުވައްމުލަކު ކައުންސިލް އިދާރާގައި މަސައްކަތް ކުރި މުވައްޒަފުންނަށް ވަޒީފާއިން ވަކިކުރުމުގެ ނޯޓިސް ދީފި

14 ޖޫން 2017
ފުވައްމުލަކު ކައުންސިލް އިދާރާގައި މަސައްކަތް ކުރި މުވައްޒަފުންނަށް ވަޒީފާއިން ވަކިކުރުމުގެ ނޯޓިސް ދީފި
26 މެއި 2017

ގާކޮށްޓާއި އަރަބިއްޔާ ހުރި ބިމުގައި އެޅި ފްލެޓް ލިބުނު ބައެއް މީހުން ފައިސާ ދައްކައިފި، އެކަމަކު ތަޅުދަނޑި ހަވާލެއް ނުކުރޭ!

26 މެއި 2017
ގާކޮށްޓާއި އަރަބިއްޔާ ހުރި ބިމުގައި އެޅި ފްލެޓް ލިބުނު ބައެއް މީހުން ފައިސާ ދައްކައިފި، އެކަމަކު ތަޅުދަނޑި ހަވާލެއް ނުކުރޭ!
31 މާރިޗު 2017

ތަޅު ހަލާކުކޮށްލުމަށް ފަހު، ރައީސް މައުމޫނުގެ އޮފީހުގެ ނަން ބޯޑާއި ދިދަ ފުލުހުން ނަގައިފި

31 މާރިޗު 2017
ތަޅު ހަލާކުކޮށްލުމަށް ފަހު، ރައީސް މައުމޫނުގެ އޮފީހުގެ ނަން ބޯޑާއި ދިދަ ފުލުހުން ނަގައިފި
15 ޖެނުއަރީ 2017

ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި

15 ޖެނުއަރީ 2017
ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް