Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑްރަގް ފަރުވާގެ ނިޒާމް

9000އާ ގާތްކުރާ އަދަދަކަަށް ޑްރަގް ބޭނުންކުރާ މީހުން އުޅޭއިރު، 10 އިންސައްތަ ވެސް ފަރުވާގައި ނެތް

ފަރުވާގެ ނިޒާމު ވެސް މިހާރަށްވުރެ ހަރުދަނާވާން ޖެހޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 29 ޑިސެމްބަރު 2021 | ބުދަ 07:12
314 ކިލޯގެ މަސްތުވާތަކެތި ނައްތާލުމަށް އަންގާރަ ދުވަހު ދޫނިދޫގައި އޮތް ރަސްމިއްޔާތުގެ ތެރެއިން

314 ކިލޯގެ މަސްތުވާތަކެތި ނައްތާލުމަށް އަންގާރަ ދުވަހު ދޫނިދޫގައި އޮތް ރަސްމިއްޔާތުގެ ތެރެއިން

ރާއްޖޭގައި 9000އާ ގާތްކުރާ އަދަދަކަަށް ޑްރަގް ބޭނުންކުރާ މީހުން އުޅޭއިރު އޭގެ ތެރެއިން 10 އިންސައްތަ ވެސް ފަރުވާގެ ނިޒާމުގެ ތެރޭގައި ނެތްކަމަށް ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ސީޕީ ވިދާޅުވީ، މުޅި ރާއްޖެއަށް ބަލާއިރު، 8900 އެއްހާ މީހުން ތަކުރާރުކޮށް މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ގޮތުގައި ފާހަގަ ކުރެވިފައިވާއިރު، އޭގެ ތެރެއިން ފަރުވާގެ ނިޒާމުގެ ތެރެއަށްދާ މީހުން ނިސްބަތުން މަދުކަމަށެވެ. އެގޮތުން ގާތްގަނޑަކަށް 10 އިންސައްތަ މީހުން ވެސް ފަރުވާގެ ނިޒާމުގެ ތެރޭގައި ނެތްކަމަށް ސީޕީ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަދި ފަރުވާގެ ނިޒާމު ވެސް މިހާރަށްވުރެ ހަރުދަނާވާން ޖެހޭ ކަމަށާއި، ވަކިން ޚާއްސަކޮށް އެންޑީއޭގެ ހިންގުން ވެސް މިހާރަށްވުރެ ހަރުދަނާވާން ޖެހޭކަމަށް ސީޕީ ވިދާޅުވިއެވެ.

ހަމައެކަނި މާލެ ސަރަޙައްދުން ވެސް 1100 އެއްހާ މީހުން މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން ގޮތުގައި ފާހަގަ ކުރެވޭކަން ބަޔާން ކުރައްވައި ސީޕީ އިތުރަށް ވިދާޅުވީ، އޭގެ ތެރެއިން 300އެއްހާ މީހުންގެ ކިބައިން މާލެ ސަރަޙައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ބޮޑެތި އުނދަގޫތައް ކުރިމަތިވަމުންދާ ކަމަށެވެ. އެމީހުންނަކީ އާއިލާއިން ވެސް މާބޮޑު އަޅާލުމެއް ނުބަހައްޓާ، "މަގުމަތިވެފައިވާ" މީހުންކަމަށް ސީޕީ ވިދާޅުވިއެވެ. އަދި އެމީހުން ވެސް އެކި ކުށްތަކަށް އަރައިގަންނަމުންދާއިރު، ރާވައިގެން ޑްރަގް ވިޔަފާރިތައް ހިންގާ ނެޓްވޯރކްތަކުން އޭގެ މަންފާ ހޯދަމުންދާކަމަށް ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ، މާލެ ސަރަޙައްދާއި އަތޮޅު ތެރޭގައި މި ވިޔަފާރި ހިންގާ ނެޓްވޯރކުތައް ފުލުހުންނަށް ދެނެގަނެވިފައިވާ ކަމަށެވެ. އެގޮތުން މާލެ ސަރަޙައްދުގައި ވެސް އެފަދަ ނެޓްވޯރކުތަކުން ފުޅާ ދާއިރާއެއްގައި އޮޕަރޭޓް ކުރާ 43 ސަރަޙައްދެއް ފާހަގަކުރެވިފައިވާކަމަށް ސީޕީ ވިދާޅުވިއެވެ. އަދި އެތަންތަނަށް ޓާގެޓް ކޮށްގެން ފާއިތުވި ދުވަސްތަކުގައި ވެސް ޑްރަގް އިންޓެލިޖެންސާއި ފުލުހުން ގުޅިގެން އޮޕަރޭޝަންތައް ހިންގާފައިވާނެކަމަށް ސީޕީ ވިދާޅުވިއެވެ.

ފަރުވާގެ ނިޒާމު ހަރުދަނާ ވާންޖެހޭކަމަށް ސީޕީ ވިދާޅުވެފައިވާއިރު، ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ވޭތުވެދިޔަ ފަސް އަހަރުގެ ފައިނޭންޝަލް އަދި ޕަރފޯމެންސް އޮޑިޓެއް، އޮޑިޓަރ ޖެނެރަލް އޮފީހުން ހެދުމަށް ރައްޔިތުންގެ މަޖިލީހުން ދާދި ފަހުން ވަނީ ފާސްކޮށްފައެވެ. މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ ޗޭންޖް އެންޑީއޭ ޕެޓިޝަން ދިރާސާކުރި ޕެޓިޝަން ކޮމިޓީގެ ރިޕޯޓް ފާސްކުރުމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

މި ޕެޓިޝަންގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، ގައުމަށް ދިމާވެފައިވާ އެންމެބޮޑު އިޖުތިމާއީ މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަ ކަމަށްވާއިރު، މަސްތުވާތަކެއްޗާ ބެހޭ ގަނޫނުގެ ދަށުން ނޭޝަނަލް ޑްރަގް އެޖެންސީ(އެންޑީއޭ) އުފެދިފައިވީ ނަމަވެސް އެންޑީއޭގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ނާގާބިލްވެފައިވާކަމަށެވެ. އެކަމުގެ ސަބަބުން ގައުމު އިތުރަށް މަސްތުވާތަކެތީގެ ވަބާގެ ތެރެއަށް ވެއްޓެމުންދާކަން ފާހަގަކޮށް، އެންޑީއޭ ޒަމާނާ އެއްގޮތަށް އަލުން އިސްލާހުކުރުމަށް ނުވަތަ ރީސްޓްރަކްޗަރ ކުރުމަށް ވަނީ އެދިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިއާއަށް ބަހުގެ ޙަމަލާދޭން ޗައިނާއިން ބޭނުންކުރާ އުކުޅު ދިވެހިން ދަސްކޮށްފި: ރަޖީވް ޝަރްމާ

އިންޑިއާއަށް ބަހުގެ ޙަމަލާދޭން ޗައިނާއިން ބޭނުންކުރާ އުކުޅު ދިވެހިން ދަސްކޮށްފި: ރަޖީވް ޝަރްމާ

28 ޑިސެމްބަރު 2017
ޑްރަގް މައްސަލައެއްގައި ދެ ބިދޭސީން ހޯދަން ފަށައިފި

ޑްރަގް މައްސަލައެއްގައި ދެ ބިދޭސީން ހޯދަން ފަށައިފި

14 ނޮވެމްބަރު 2017
ށ. އަތޮޅު ފެރީގެ ގޮތުގައި ބޭނުންކުރާ ދޯނީގެ ޝާފުޓް ބިންދައިގެން ދިއުމުން، ފެރީގައިތިބި މީހުން ކުޅުދުއްފުއްޓަށް ގެންގޮސްފި

ށ. އަތޮޅު ފެރީގެ ގޮތުގައި ބޭނުންކުރާ ދޯނީގެ ޝާފުޓް ބިންދައިގެން ދިއުމުން، ފެރީގައިތިބި މީހުން ކުޅުދުއްފުއްޓަށް ގެންގޮސްފި

12 ނޮވެމްބަރު 2017
ސްކޫލްތަކުގައި ޕާޓީ ޑްރަގްސްއެއް ނުފެތުރޭ:ޕޮލިސް

ސްކޫލްތަކުގައި ޕާޓީ ޑްރަގްސްއެއް ނުފެތުރޭ:ޕޮލިސް

16 އޮކްޓޯބަރު 2017
ކާރިސާތަކުގައި ބޭނުންކުރާ 9.9 މިލިއަން ޑޮލަރުގެ ތަކެތި އެމްއެންޑީއެފަށް ދީފި

ކާރިސާތަކުގައި ބޭނުންކުރާ 9.9 މިލިއަން ޑޮލަރުގެ ތަކެތި އެމްއެންޑީއެފަށް ދީފި

14 ޖޫން 2017

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު