Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ ޓްރެވެލް ބޭން

އެމެރިކާއިން ދެކުނު އެފްރިކާގެ 8 ގައުމަކަށް ދަތުރު ނުކުރުމަށް އެޅި ފިޔަވަޅު އުވާލައިފި

މި ވޭރިއަންޓް މިހާރުވަނީ ދުނިޔޭގެ 100ށްވުރެ ގިނަ ގައުމުގައި ފެތުރިފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 29 ޑިސެމްބަރު 2021 | ބުދަ 02:36
އެމެރިކާގައިވެސް އޮމިކްރޯން ވޭރިއަންޓް ހަލުވި ކަމާއެކު ދަނީ ފެތުރެމުން

އެމެރިކާގައިވެސް އޮމިކްރޯން ވޭރިއަންޓް ހަލުވި ކަމާއެކު ދަނީ ފެތުރެމުން

ކޮވިޑް-19ގެ އައު ވޭރިއަންޓް އޮމިކްރޯންގެ ސަބަބުން އެމެރިކާއިން ދެކުނު އެފްރިކާގެ 8 ގައުމަކަށް ދަތުރު ނުކުރުމަށް އެޅި ފިޔަވަޅު އުވާލައިފިއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން މިކަން އިއުލާން ކުރެއްވީ އަންގާރަ ދުވަހުއެވެ. އެމެރިކާއިން މި ފިޔަވަޅު އެޅީ، އައު ވޭރިއަންޓް ފެތުރުން ކޮންޓްރޯލް ކުރުމުގެ މަޤްޞަދުގައި މިދިޔަ މަހުއެވެ.

ދަތުރު ނުކުރުމަށް އަޅާފައިވާ ފިޔަވަޅު އުވާލާފައިވާއިރު، އެމެރިކާގެ ސިއްޙީ އޮފިޝަލުން މިދިޔަ ހަފްތާގައި ބުނެފައިވަނީ، އޮމިކްރޯން ވޭރިއަންޓަކީ، ކޮވިޑްގެ ވޭރިއަންޓްތަކުގެތެރެއިން އެންމެ ބާރުގަދަ ވޭރިއަންްޓް ކަމަށެވެ. އެހެންނަަވެސް ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް މި ވޭރިއަންޓްގެ ސަބަބުން މާ ބޮޑު ގޮތްތަކެއް ނުވާކަމަށް ދިރާސާތަކުން ދައްކައެވެ.

މި ވޭރިއަންޓް މިހާރުވަނީ ދުނިޔޭގެ 100ށްވުރެ ގިނަ ގައުމުގައި ފެތުރިފައެވެ.

ދެކުނު އެފްރިކާގައި އައު ވޭރިއަންޓް ފެނުނު ގައުމުތަކަށްދަތުރު ނުކުރުމަށް އެމެރިކާގެ އިތުރުން ވެސް އެހެން ބައެއް ގައުމުތަކުން ނިންމިއެވެ. މި ނިންމުން ޑަބްލިއުއެޗްއޯއިން ވަނީ ކުށްވެރިކޮށް އެގޮތަށް ކަންތައް ނުކުރުމަށް ގައުމުތަކަށް ގޮވާލާފައެވެ.

އަންގާރަ ދުވަހު އެމެރިކާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ބަލި ޖެހިގެން ފާއިތުވި ހަފްތާގައި ރިޕޯޓުުރި މީހުންގެ 58.6 އިންސައްތައަކީ އައު ވޭރިއަންޓް ޖެހިފައިވާ މީހުންނެވެ.

ހޯމަ ދުވަހު އެމެރިކާގެ ސީޑީސީން ވަނީ ބައްޔަށް ޕޮޒިޓިވްވެ އެއްވެސް އަލާމާތެއް ނުހުންނަ މީހުންގެ ކަރަންޓީންގެ މުއްދަތު 10 ދުވަހުން 5 ދުވަހަށް މަދު ކޮށްފައެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން

11 ފެބުރުއަރީ 2017
ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން
10 ފެބުރުއަރީ 2017

ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ

10 ފެބުރުއަރީ 2017
ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
07 ފެބުރުއަރީ 2017

ހުއްޓުމެއް ނެތި ކުރާ އެންމެ ދިގު ދަތުރުގެ ރެކޯޑް ގަތަރު އެއާވޭސްއަށް

07 ފެބުރުއަރީ 2017
ހުއްޓުމެއް ނެތި ކުރާ އެންމެ ދިގު ދަތުރުގެ ރެކޯޑް ގަތަރު އެއާވޭސްއަށް
04 ފެބުރުއަރީ 2017

މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި

04 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު