Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުހުޅުމާލެއިން ގޯތި ދޫކުރާ މައްސަލަ

ޑރ މުއިއްޒު އޭރު އެހެން، މިހާރު މިހެން!

28 ޑިސެމްބަރު 2021 | އަންގާރަ 13:50

11 އޮކްޓޫބަރު 2018 ވަނަ ދުވަހު ހައުސިން މިނިސްޓްރީ ތެރެއަށް ފުލުހުން ވަދެ ރައްޔިތުން ކޮންޓްރޯލް ކުރަން ޖެހުނު

އަމްނާ އިމާދު
އަމްނާ އިމާދު | 28 ޑިސެމްބަރު 2021 | އަންގާރަ 13:50
ކުރީގެ ހައުސިން މިނިސްޓަރު، މިހާރުގެ މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު،

ކުރީގެ ހައުސިން މިނިސްޓަރު، މިހާރުގެ މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު،

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިޚާބު ނާކާމިޔާބުވެ، ވެރިކަން ބަދަލުވި މަރުހާލާގައި ރައްޔިތުންނަށް ކުރީ ޖެއްސުމެވެ. ޖެއްސީ ތަކުލީފެވެ. އެތަކުލީފު މަތިން ހަނދާން ނެތޭހާ ދުވަހެއްވެސް ނުވެއެވެ. އެދުވަހުގެ ރައްޔިތުންނަށް ތަކުލީފު ޖައްސައި މިއަދު ރައްޔިތުންގެ ހައްގުގައި ވަކާލު ކުރުމުގައި ހެޔޮ ނިޔަތެއް އޮންނާނެ ކަމާމެދު ރައްޔިތުން ސުވާލު އުފައްދާނެއެވެ. ޝައްކެއްވެސް ނެތެވެ. ނުކައި ނުބޮއެ ރަތްދަކައަވީގައި އެތައް އިރެއް ވަންދެން ކިޔުގައި ތިބީ ހަމައެކަނި ފްލެޓް ހޯދާކަށް ނޫނެވެ. ނަންބަރެއް ހޯދުމަށް ރޭގަނޑުގެ ނިދި ނަގާލައި އެތައް ބަޔަކު މަސައްކަތް ކުރީ ކުއްލިއަކަށް ހުޅުމާލެއިން 400 ގޯތި ވިއްކުމަށް އިއުލާން ކުރުމާއެކުގައެވެ. އެގޯތި ހޯދުމަށް ފޯމްލުމަށް ރައްޔިތުން ގަނަތެޅުވީއެވެ. މިހުރިހާ ހާލެއް ރައްޔިތުންނަށް ޖެއްސީ އޭރުގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު އަޑީގައި ހުންނަވައިގެންނެވެ.

މާދުރު މާޒީއެއް ނޫނެވެ. 11 އޮކްޓޫބަރު 2018 ވަނަ ދުވަހު ހައުސިން މިނިސްޓްރީ ތެރެއަށް ފުލުހުން ވަދެ، ރައްޔިތުން ކޮންޓްރޯލް ކުރަން ޖެހުނެވެ. ރުޅި ގަދަވެފައިވާ އެތައް ބަޔަކު ތިބީ ފުލުހުންނާ ކުރިމަތިލާން ވެސް ތައްޔާރަށެވެ. ހައުސިން މިނިސްޓްރީގެ ދޮރުތައް ވައްޓާލައި ނުވަނީ ހަމަކިރިޔާއެވެ. އޭރު މިނިސްޓްރީގެ އެތެރޭގައި މަސައްކަތް ކުރަމުންދިޔަ އިދާރީ މުއައްޒަފުން ވެސް ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ. މި ހަމަނުޖެހުން ވެސް ހިނގާދިޔައީ އެތައް އިރަކު ރައްޔިތުން ކިޔުގައި ތިއްބައި، އެންމެފަހު ވަގުތު ފޯމު ބަލައިގަތުން ހުއްޓާލައި، ހުޅުމާލެއިން ދޫކުރާ 400 ގޯއްޗަށް ފޯމު ބަލައިގަތުމާއި އެހެން ހުރިހާ ކަމެއްވެސް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ބަދަލު ކުރުމާއި ގުޅިގެންނެވެ.

އެޗްޑީސީއަށް ހުރިހާ ކަމެއް ބަދަލު ކުރި ނަމަވެސް ފޯމް ނުލައި ނުދާން، ރަތްދަކައަވީގައި ދާ ހިއްލާ ފޯވެގެން ވެސް އެތައް ބަޔަކު ކިޔުގައި ތިއްބެއެވެ. ހިތްހަމަނުޖެހުމާއެކު މުއިއްޒު އިސްތިއުފާއަށް ވެސް ގޮވަމުން ދިޔައެވެ. ނިކަމެތި ރައްޔިތުންގެ ލޮލުން ކަރުނަ އޮހުރުނުތަން ވެސް ފެނިގެން ދިޔައެވެ. ރައްޔިތުންނަށް ކުރާ އަސަރަކަށް ބެލުމެއްނެތެވެ. ނިންމުން ބަދަލެއް ނުކުރިއެވެ. އެތަނުގައި ކިޔުގައި ތިބި މީހުން ބުނަމުންދިޔައީ އެޗްޑީސީއަށް ހުރިހާ ކަމެއް ހަވާލުކުރީ އޮޅުވާލައި، ވަކި ބަޔަކަށް ފުރުސަތު ދިނުމުގެ މަގުސަދުގައި ކަމަށެވެ. އެޗްޑީސީއާ އެމަސައްކަތް ހަވާލުކުރީ ގާނޫނީ މައްސަލަތަކާއި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަމާ ހެދި ހައުސިން މިނިސްޓްރީ އާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ހިފުންގަނޑު ބޮޑުވެ، ކޯޓަށް ގޮސްގެން ވެސް ގޯތި ދޫކުރުން ހުއްޓުވާނެ ކަމުގެ އިންޒާރު އޭސީސީން ދިނުމާއި ގުޅިގެންނެވެ.

އެދުވަހު ޑރ.މުއިއްޒުގެ ނުފޫޒާއެކު، އޭސީސީގެ އެންގުމަށް އެއްވެސް ބެލުމެއް ނެތި މަސައްކަތްތައް ކުރިއަށް ގެންދިޔައެވެ. ބޯހިޔާވަހިކަމުގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވެފައިވާ މީހުންނަށް އިސްކަންދެވޭނެ އުސޫލެއް އެކުލަވާލައި އަލުން ހުޅުވާލައިގެން ގޯތި ދިނުން ކުރިއަށް ގެންދިއުމަށް އޭސީސީން އެންގި ނަމަވެސް އުސޫލު އެކުލަވާލާފައެއް ނުވެއެވެ.

ނަތީޖާއެއް ގޮތުން ގޯތި ދޫކުރުމާ ގުޅޭ ގޮތުން ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއްކޮށް، އެކަމާއި ދެކޮޅަށް ހައުސިން މިނިސްޓްރީގެ މުއައްޒަފުން ނުކުތީއެވެ. އެމުއައްޒަފުން ސޮއިކޮށް އޭސީސީއަށް ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވަނީ ގޯތި ދޭން މާ ކުރިން ލިސްޓެއް ހަދައި، ގުރުއަތުލާއިރު ވަކި ބަޔަކު ހޮވޭ ގޮތަށް އެކަން ކުރަން ވަނީ ރާވާފައި ކަމަށެވެ. އަދި އެ ލިސްޓު ގެންގުޅެނީ މިނިސްޓްރީގެ ސިޔާސީ މަގާމްތަކުގައި އުޅޭ ބޭފުޅުން ކަމަށް ބުނެފައިވެއެވެ. އަދި ގިނަ އަދަދަކަށް ޕީޕީއެމްގެ އެކްޓިވިސްޓުން ދަފްތަރުގައި ޖެހުނީ ރިޔާސީ އިންތިޚާބުގެ ފަހުން ކަމަށް ވެސް ހައުސިން މިނިސްޓްރީގެ މުއައްޒަފުން ބުނެއެވެ.

ފާޅުކަން ބޮޑު ގޮތެއްގައި މި ޖަރީމާ ހިންގެމަށް ޑރ.މުއިއްޒު މަސައްކަތް ކުރެއްވި ނަމަވެސް މިކަން ނާކާމިޔާބު ވެގެންދިޔައީ އެބޭފުޅާގެ ދަށުން މަސައްކަތް ކުރި ސިވިލް ސަރވިސް މުއައްޒަފުން ކޮރަޕްޝަނަށް ނޫނެކޭ ބުނެ، ރައްޔިތުންގެ ހައްގުގައި ނުކުތް ހިސާބުންނެވެ. އަދި މިސަރުކާރު އައިސް އެކަން ބާތިލް ކުރުމުންނެވެ.

މީގެ އިތުރުން ގޯތި ދޫކުރުމަށް މަސައްކަތް ކުރީ ވެސް ހައުސިން މިނިސްޓްރީއަށް ބޮޑު ގެއްލުމެއް ލިބޭ ގޮތަށެވެ. އެމަސައްކަތުގައި އިސްކޮށް އުޅުނު އޮފިޝަލެއް އޭރު ވިދާޅުވެފައިވަނީ ހައުސިން މިނިސްޓްރީން މިހާރު ހަމަޖައްސާފައިވާ ގޮތަށް ގޯތި ވިއްކައިފިނަމަ މާލީ ގޮތުން ގެއްލުންވާނެ ކަމަށެވެ. އިތުރު ތަފްސީލެއް އާއްމު ނުކުރި ނަމަވެސް ގޯތި ދޫކުރުމަށް ނިންމާފައިވަނީ ހުޅުމާލެއިން 1،000 އަކަފޫޓުގެ ގޯއްޗެއް 400،000ރުފިޔާ އަށެވެ.

މިއީ ހައްތާވެސް ޑރ.މުއިއްޒު މިނިސްޓަރުކަމުގައި ހުންވައިގެން ހިންގަފައިވާ ކަންކަމެވެ. ނަމަވެސް މިއަދު ރައްޔިތުންނަށް މާ ހެޔޮފުޅު ބޮޑުވެ، ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރައްވަން ފައްޓަވައިފިއެވެ. 27 ޑިސެންބަރު 2021 ގައި އެޗްޑީސީން 1،603.07 (އެއް ހާސް ހަސަތޭކަ ތިނެއް ޕޮއިންޓް ހަތެއް) އަކަފޫޓާއި 2،633.93(ދެ ހާސް ހަސަތޭކަ ތިރީސް ތިނެއް ޕޮއިންޓް ނުވައެއް ތިނެއް) އަކަފޫޓާއި ދެމެދުގެ 60 ބިން ބީލަމުގެ އުސޫލުން ގަތުމުގެ ފުރުސަތު ހުޅުވާލުމާއެކުގައެވެ.

އެކަމާއި ގުޅިގެން ޑރ.މުއިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ހުޅުމާލެ 2 ވަނަ ފިޔަވަހިން މާލޭ ރައްޔިތުންނަށް ގޯތި ލިބޭނެގޮތް ފަހިކޮށްދިނުމަށްވުރެ ސަރުކާރުން އިސްކަންދެނީ ކުންފުންޏެއްގެ ޢާމްދަނީ އިތުރުކުރުމަށް ކަމުގައެވެ. އަދި މާލޭ ރައްޔިތުން ނިކަމެތިކުރުން ހުއްޓާލުމަށް ސަރުކާރަށް ވެސް ގޮވާލައްވާފައިވެއެވެ.

ނަމަވެސް 2018 ވަނަ އަހަރުގެ ތެރޭގައި އެޗްޑީސީއާ ގޯތި ދޫކުރުން ހަވާލުކުރީ، ކާކުގެ ބެއްލެވުމުގެ ދަށުންތޯއެވެ. އަދި ގޯތިތައް ވިއްކުމުގެ މަގުސަދަކީ އެޗްޑީސީއަށް ކޭޝްފްލޯގެ ދަތިތަކެއް ކުރިމަތިވެފައިވާތީ ކަމަށް ވިދާޅުވީ ކާކުތޯއެވެ.

އެޗްޑީސީ އުވާލާން ޖެހޭ ކަމަށް ބުނެ، އިންޒާރުތައް ދެމުންދާއިރު، މިއަދުގެ ހާލަތު ބަދަލުވެފައިވާކަން ޑރ.މުއިއްޒު ހަނދާން ނެތް ކަހަލައެވެ. މިއަދު އޮތީ ރައްޔިތުން ގަނަތަޅުވާ އަވީލާނެ ސަރުކާރެއް ނޫނެވެ. ހާލުގައި ޖައްސާނެ ސަރުކާރެއް ވެސް ނޫނެވެ. އެކްޓިވިސްޓުންނަށް ފްލެޓާއި ބިމާއި ގެދޮރު ދޫކުރާނެ ސަރުކާރެއް ނޫނެވެ. ދެއިރު ދެދަޅައަށް އުސޫލުތައް ބަދަލުކޮށް، ރައްޔިތުން ބިކަ ނުކުރާނެކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވެއެވެ. އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސަތެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަކީ ރާއްޖޭގައި އެންމެ ބޮޑު އެއްމައްސަލައަށްވާއިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ރަށްތަކުގައި ދަނީ ފްލެޓްތައް ގާއިމްކޮށް ދެމުންނެވެ. އެއްތަނަކަށް މީހުން ޖަމާކުރުމުގެ ވިސްނުމަކާނުލައި މަސައްކަތް ކުރަނީ އެންމެ އެކަށީގެންވާ މީހާއަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށެވެ. އެކަން 26 ޑިސެންބަރު 2021 ވަނަ ދުވަހުގެ ރޭ ބޭއްވި އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހު ސާބިތުކޮށްދެއްވިއެވެ.

އެރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ އަޑުއަހައި، ރައްޔިތުން އެދޭގޮތަށް ކަންކަން ފުރިހަމަކޮށްދޭށެވެ. މިވަގުތަށް ބަލާއިރު ހިޔާ ފްލެޓުތަކަށް ދިރިއުޅުން ބަދަލުކުރާ މީހުންގެ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. ޝަކުވާތަކެއްވެސް އެބަހުއްޓެވެ. ސަރުކާރުން މަސައްކަތް މި ކުރަނީ ހިޔާ ފްލެޓުތަކަށް ބަދަލުވާ މީހުންނަށް ކުރިމަތިވާ ދަތިތައް ހައްލުކޮށްދިިނުމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

15 ޖޫން 2017

މައުމޫނާއެކު މުޅިން އެހެން ފޮޓޯއެއް

15 ޖޫން 2017
މައުމޫނާއެކު މުޅިން އެހެން ފޮޓޯއެއް
29 އެޕްރީލު 2017

"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

29 އެޕްރީލު 2017
"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"
13 އެޕްރީލު 2017

ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން

13 އެޕްރީލު 2017
ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން
09 އެޕްރީލު 2017

ނުދޭ ބާރެއް ލިބުނީމާ ދެން ވާނީ މިހެންނެވެ.

09 އެޕްރީލު 2017
ނުދޭ ބާރެއް ލިބުނީމާ ދެން ވާނީ މިހެންނެވެ.
06 މާރިޗު 2017

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!
28 ފެބުރުއަރީ 2017

ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!

28 ފެބުރުއަރީ 2017
ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!
05 ފެބުރުއަރީ 2017

ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!

05 ފެބުރުއަރީ 2017
ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!
20 ޖެނުއަރީ 2017

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!
17 ޖެނުއަރީ 2017

ރައްޔިތުން ހަނާވާއިރު، މުޅި މާލެ "މުއިއްޒުވެފައި" އެވެ. ހައްލެއް ބޭނުމެވެ.

17 ޖެނުއަރީ 2017
ރައްޔިތުން ހަނާވާއިރު، މުޅި މާލެ "މުއިއްޒުވެފައި" އެވެ. ހައްލެއް ބޭނުމެވެ.
12 ޖެނުއަރީ 2017

މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް

12 ޖެނުއަރީ 2017
މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް