Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވައްކަމުގެ މައްސަލަ

ޗުއްޓީއަށް ދާއިރު ގޭގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުން މުހިންމު

28 ޑިސެމްބަރު 2021 | އަންގާރަ 01:41

ވައްކަމުގެ މައްސަލަތައް މަދުކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުހިންމު

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 28 ޑިސެމްބަރު 2021 | އަންގާރަ 01:41
ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ސުލްތާން އަހުމަދު ބިޝާރު

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ސުލްތާން އަހުމަދު ބިޝާރު

ބޮޑު ބަންދާ ދިމާކޮށް މާލޭގައި ދިރިއުޅޭ ގިނަ ބަޔަކު އަތޮޅުތެރޭގެ ރަށްރަށަށް ދަތުރުކުރަމުން ދާއިރު، ގޭގެ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރުމަކީ ވަރަށް މުހިންމުކަމެއް ކަމަށް ފުލުހުން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން، ގަލޮޅު ޕޮލިސްގެ ހެޑް އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ސުލްތާން އަހުމަދު ބިޝާރު، ވިދާޅުވީ ކޮންމެ އަހަރެއްގެ ވެސް ބޮޑުބަންދާ ދިމާކޮށް ގިނަބަޔަކު ރަށްރަށަށް ދަތުރުކުރުމުން ގޭގެއިން ވައްކަންކުރުމުގެ މައްސަލަތައް ފެންމަތިވާ ކަމަށެވެ. އަދި މިފަހަކަށް އައިސް ވަރަށް ގިނަ ގޮތްގޮތަށް ވައްކަން ކުރާކަން ފާހަގަކުރައްވައި، ސުލްތާން ވިދާޅުވީ ގިނަފަހަރަށް ވައްކަންކުރަނީ އެކަން ކުރާ މީހުންނަށް ލިބޭ ފުރުސަތުގެ ބޭނުން ހިފައިގެން ކަމަށެވެ. އެހެންކަމުން މިފަދަ މައްސަލަތައް ހުއްޓުވުމަށްޓަކައި ފަރުދީ ޒިންމާ އަދާކުރުމުގެ މުހިންމުކަމަށް ސުލްތާން އަލިއަޅުވާލިއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން، ގޭގެ ހާލަތު ބެލުމަށް ސެކިއުރިޓި ސިސްޓަމް ހަރުކޮށް، ސީސީޓީވީ ކެމެރާ މެދުވެރިކޮށް ގޭގެ ހާލަތު ބެލޭނެ ނިޒާމެއް ހޯދުމުގެ މުހިންމުކަން ސުލްތާން ފާހަގަކުރެއްވިއެވެ. ސުލްތާން ވިދާޅުވީ މިއީ ކޮންމެ ފަރާތަކަށް ނުކުރެވިދާނެ ކަމަކަށް ވާތީ ގެ ބެލެމަށް ، އިތުބާރުހުރި މީހަކާ ހަވާލުކޮށްފައި ދިއުމަކީ ވެސް ބުއްދިވެރި ގޮތެއް ކަމަށެވެ. އަދި މިފަދަ ކަމެއް ނުކުރެވޭފަދަ ހާލަތެއް ދިމާވެއްޖެ ނަމަ އެންމެ ކައިރީގައި ހުންނަ ފުލުހުންގެ އިދާރާއަކަށް ނުވަތަ ނެއިބާހޫޑް ޕޮލިހާ މައުލޫމާތު ހިއްސާކުރުމަށް ސުލްތާން އެދިވަޑައިގަތެވެ.

ހަމައެހެންމެ ވައްކަމުގެ މައްސަލަތައް ސީސީޓީވީ ކެމެރާތަކުން ރެކޯޑު ކުރެވުނަސް އެކަން ކުރި ބަޔަކު ދެނެގަތުމުގައި ދަތިތަކެއް ދިމާވާ ފަހަރު އަންނަކަން ފާހަގަކުރައްވައި ސުލްތާން ވިދާޅުވީ އެއީ ކޮންބައެއްކަން ނޭންގޭ ހާލަތުގައި ވެސް ކެމެރާތަކުގެ ސަބަބުން ފޭރޭ ތަކެތި ހޯދުމުގައި ފަސޭހަވެގެންދާ ކަމަށެވެ. އަދި މިތަކެތި ލިބުމުން ރައްޔިތު މީހާއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިގެންދާ ކަމަށެވެ.

ވައްކަމާއި މީހުންގެ މުދަލަށް ގެއްލުން ދިނުމުގެ މައްސަލައިގެ އިތުރުން ޗުއްޓީ ދުވަސްވަރުގައި ކަނޑުމަތީގެ ހާދިސާތައް ވެސް ހިނގަމުން އާދެއެވެ. ސުލްތާން ވިދާޅުވީ މިކަންކަމަށް ކުރިއާލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށެވެ. އެގޮތުން ދަތުރުކުރާއިރު މޫސުމަށް ސަމާލުކަން ދިނުމާއި، ކަނޑައެޅުފައިިވާ އަދަދަށްވުރެ އިތުރަށް މީހުން އުޅަނދަށް ނޭރުވުމަށް ސުލްތާން އިލްތިމާސް ކުރެއްވިއެވެ. ހަމައެހެންމެ ލައިފް ޖެކެޓް ނޭޅުމުގެ ސަބަބުން ކަނޑުމަތީގެ ހިތާމަވެރި އެތައް ހާދިސާތަކެއް ހިނގާފައިވާކަން ފާހަގަކުރައްވައި ސުލްތާން ވިދާޅުވީ، ކޮންމެ ދަތުރެއްގައި ވެސް ލައިފް ޖެކެޓު އެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި މިހާރު ވެސް ގިނަ ބަޔަކު ލައިފް ޖެކެޓް ނާޅާ ދަތުރުކުރާކަން ސުލްތާން ފާހަގަކުރެއްވިއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

21 ޖޫން 2017

ރައީސް ޔާމީން އަޅުއްވާ ފިޔަވަޅުތައް ދުނިޔެއިން ޤަބޫލެއް ނުކުރޭ: ދިޔާނާ

21 ޖޫން 2017
ރައީސް ޔާމީން އަޅުއްވާ ފިޔަވަޅުތައް ދުނިޔެއިން ޤަބޫލެއް ނުކުރޭ: ދިޔާނާ
19 ޖޫން 2017

މަޖިލިސް: 53 ދުވަހުގެ ޗުއްޓީއަކަށްފަހު، ބޭއްވީ ހަ ޖަލްސާ، އަނެއްކާވެސް ޗުއްޓީއަށް!

19 ޖޫން 2017
މަޖިލިސް: 53 ދުވަހުގެ ޗުއްޓީއަކަށްފަހު، ބޭއްވީ ހަ ޖަލްސާ، އަނެއްކާވެސް ޗުއްޓީއަށް!
01 ޖޫން 2017

ނިލަންދޫ އަށް އެރި ނަގޫރޯޅީގައި ފުރާޅު އެއްލާލި ހަތަރު ގޭގެ މީހުން އެހެން ގެތަކަށް ބަދަލުކޮށްފި

01 ޖޫން 2017
ނިލަންދޫ އަށް އެރި ނަގޫރޯޅީގައި ފުރާޅު އެއްލާލި ހަތަރު ގޭގެ މީހުން އެހެން ގެތަކަށް ބަދަލުކޮށްފި
31 މެއި 2017

ކަންބޮޑުވާ މިންވަރުގެ ދެ ފޭރުމެއްގެ ރިޕޯޓް ވަނީ ކޮށްފައި، ފިޔަވަޅުތައް ދަނީ އަޅަމުން: ޕޮލިސް

31 މެއި 2017
ކަންބޮޑުވާ މިންވަރުގެ ދެ ފޭރުމެއްގެ ރިޕޯޓް ވަނީ ކޮށްފައި، ފިޔަވަޅުތައް ދަނީ އަޅަމުން: ޕޮލިސް
19 މެއި 2017

ތިރިވަނަންތަޕޫރަމްއަށް ދިވެހިން ގޮސް އުޅޭ ތަންތަން ފާސް ކުރުމުގެ ޚާއްސަ އޮފަރޭޝަނެއް އިންޑިއާގެ ސަލާމަތީ ބާރުތަކުން ފަށައިފި

19 މެއި 2017
ތިރިވަނަންތަޕޫރަމްއަށް ދިވެހިން ގޮސް އުޅޭ ތަންތަން ފާސް ކުރުމުގެ ޚާއްސަ އޮފަރޭޝަނެއް އިންޑިއާގެ ސަލާމަތީ ބާރުތަކުން ފަށައިފި
05 މެއި 2017

އިންތިހާބުގައި ސަލާމަތީކަންކަން ފުލުހުން ރަށްރަށަށް ފުރައިފި

05 މެއި 2017
އިންތިހާބުގައި ސަލާމަތީކަންކަން ފުލުހުން ރަށްރަށަށް ފުރައިފި
15 އެޕްރީލު 2017

‎އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް އިންޑޮނޭޝިއާ އިން ރާއްޖެއާ ވާދަކުރަނީ!

15 އެޕްރީލު 2017
‎އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް އިންޑޮނޭޝިއާ އިން ރާއްޖެއާ ވާދަކުރަނީ!
26 މާރިޗު 2017

ސިޔާސީ މަސްރަހު ހަލަބޮލި ކުރުމަށް ބަޔަކު ދަނީ މަސައްކަތްކުރަމުން: ސަލާމަތީ ބާރުތައް

26 މާރިޗު 2017
ސިޔާސީ މަސްރަހު ހަލަބޮލި ކުރުމަށް ބަޔަކު ދަނީ މަސައްކަތްކުރަމުން: ސަލާމަތީ ބާރުތައް
08 މާރިޗު 2017

އައްޑޫ މަރަދޫ އަބުހަރީ މަންޒިލް ގޭގެ ބަދިގެ ރޯވެ އަނދާހުލި ވެއްޖެ

08 މާރިޗު 2017
އައްޑޫ މަރަދޫ އަބުހަރީ މަންޒިލް ގޭގެ ބަދިގެ ރޯވެ އަނދާހުލި ވެއްޖެ
20 ފެބުރުއަރީ 2017

ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

20 ފެބުރުއަރީ 2017
ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް