Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ވިއްކުން

ހުޅުމާލެ ދެވަނަ ފިޔަވަހިން 60 ގޯތި ވިއްކަނީ

ވިއްކުމަށް ހަމަޖެހިފައިވަނީ ބީޗް ފްރަންޓްގެ 26 ބިން އަދި ބީޗް ސައިޑްގެ 34 ބިން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 27 ޑިސެމްބަރު 2021 | ހޯމަ 13:53
ހުޅުމާލެ ދެވަނަ ފިޔަވަހި

ހުޅުމާލެ ދެވަނަ ފިޔަވަހި

ހުޅުމާލެ ދެވަނަ ފިޔަވަހިން ބީލަމުގެ އުސޫލުން މީހުން ދިރިއުޅުމަށް 60 ގޯތި ވިއްކުމަށް ހައުސިންގެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހުޅުވާލައިފިއެވެ.

އެޗްޑީސީން ބުނީ 1،603.07 (އެއް ހާސް ހަސަތޭކަ ތިނެއް ޕޮއިންޓް ހަތެއް) އަކަފޫޓާއި 2،633.93(ދެ ހާސް ހަސަތޭކަ ތިރީސް ތިނެއް ޕޮއިންޓް ނުވައެއް ތިނެއް) އަކަފޫޓާއި ދެމެދުގެ 60 ބިން ބީލަމުގެ އުސޫލުން ގަތުމުގެ ފުރުސަތު ހުޅުވާލާކަމަށެވެ.

Advertisement - newsAdvertisement

އެޗްޑީސީން ބުނީ ވިއްކުމަށް ހަމަޖެހިފައިވާ ބިންތައް ހިމެނެނީ އަތިރިމައްޗާ ދިމާއިން ބީޗް ފްރަންޓްގެ 26 ބިން އަދި އަތިރިމައްޗާ ކައިރިން ބީޗް ސައިޑްގެ 34 ބިމެވެ. އެޗްޑީސީން ބުނީ ކޮންމެ ފަރާތަކަށްވެސް ގަނެވޭނީ އެއް ޕްލޮޓް ކަމަށެވެ.

ބީލަން ހުށަހެޅޭނެ އެންމެ ދަށް އަގުކަމަށް އެޗްޑީސީން ކަނޑައަޅާފައިވަނީ ބީޗް ފްރަންޓުން ނަމަ އަކަފޫޓަކަށް 3،900 ރުފިޔާއެވެ. ބީޗް ސައިޑުން ނަމަ އަކަފޫޓަކަށް 3،500 ރުފިޔާއެވެ.

ބީލަށް ފޯމު ވިއްކުމަށް ހަމަޖެހިފައިވަނީ 500 ރުފިޔާއަށެވެ. ބީޗް ފްރަންޓް އަދި ބީޗް ސައިޑްގެ ފޯމަކީ ވަކި ދެ ފޯމް ކަމަށް އެޗްޑީސީން ބުނެއެވެ.

ބީޗް ފްރަންޓް އަދި ބީޗް ސައިޑްގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި ނެގޭނީ 320،000(ތިންލައްކަ ވިހިހާސް) ރުފިޔާކަމަށް އެޗްޑީސީން ބުނެއެވެ.

ބީލަން ކާމިޔާބުކުރާ ފަރާތްތަކުން ފައިސާ ދެއްކުމަށް ދެވޭނީ ބީލަން ކާމިޔާބުކުރިކަމުގެ ލިޔުން ފޮނުވާ ތާރީޚުން ފެށިގެން 60 ދުވަހުގެ މުއްދަތު ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ ގޯތި ގަތުމަށް ކުރިމަތިލާ ފަރާތަކީ މާލެ ސަރަހައްދުން ދިރިއުޅުމުގެ ބޭނުމަށް 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ނުވަތަ ގޯއްޗެއް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތަކަށް ވެގެންނުވާނެކަމަށެވެ. އަދި މާލެ ސަރަހައްދުން ބިމެއް ނުވަތަ ގޯއްޗެއް އެއް ފަރާތަކަށްވުރެ ގިނަ ފަރާތްތަކެއްގެ ނަންމައްޗަށް ރަޖިސްޓްރީ ކުރެވިފައިވާނަމަ، 600 އަކަފޫޓަށްވުރެ ބޮޑު ބައެއް ލިބިފައިވާ ފަރާތަކަށް ވެގެންނުވާނެކަމަށް އެޗްޑީސީން ބުނެއެވެ. މިހާލަތުގައި މައިންބަފައިންގެ ފަރާތުންނާއި އެހެނިހެން ގޮތްގޮތުން ވާރުތަވާންހުރި ބިންތަކެއް ނުހިމެނޭނެއެވެ.

މީގެއިތުރުން މީގެކުރިން އެޗްޑީސީ މެދުވެރިކޮށް ހުޅުމާލެއިން ބީލަމުގެ އުސޫލުން ބިމެއް ގަނެފައިވާ މީހަކަށްވެސް މިފަހަރުގެ މިފުރުސަތަށް ހުށައެއްނޭޅޭނެއެވެ.

ބީލަމަށް އެދޭ ފޯމު ވިއްކުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހުން ފެށިގެން ޖެނުއަރީ މަހުގެ 31 ވަނަ ދުވަހާ ހަމައަށް އީމެއިލް ކުރާ ފަރާތްތަކަށެވެ. މައުލޫމާތު ސާފުކުރުން އޮންނާނީ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހުގެ 15:30ގެ ކުރިން އީމެއިލްގެ ޒަރިއްޔާއިން ކަމަށް އެޗްޑީސީން ބުނެއެވެ.

ބީލަން ފޯމު ހުށަހެޅުން އޮންނާނީ އަތިރިމައްޗާކުރިމަތިން "ބީޗް ފްރަންޓް"ގެ ގޯތިތަކަށް ފެބްރުއަރީ 9 ވަނަ ދުވަހުގެ ހެނދުނު 9ން 12އަށެވެ. އަތިރިމައްޗާ ކައިރިން "ބީޗް ސައިޑް" ނަމަ 16 ފެބްރުއަރީގެ ހެނދުނު 9ން 12އަށެވެ.

ބީލަން ފޯމު ހުޅުވުން އޮންނާނީ އަތިރިމައްޗާކުރިމަތިން "ބީޗް ފްރަންޓް"ގެ ގޯތިތަކަށް ފެބްރުއަރީ 9 ވަނަ ދުވަހުގެ 13:00ގައެވެ. އަތިރިމައްޗާ ކައިރިން "ބީޗް ސައިޑް" ނަމަ 16 ފެބްރުއަރީގެ 13:00ގައެވެ.

އިތުރަށް ކިޔާލަން

30 މާރިޗު 2017

މުޅި ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެ

30 މާރިޗު 2017
މުޅި ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެ
08 މާރިޗު 2017

ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން މާދަމާ!

08 މާރިޗު 2017
ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން މާދަމާ!
05 މާރިޗު 2017

ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު!

05 މާރިޗު 2017
ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު!
04 މާރިޗު 2017

ހުޅުމާލެ އިންޑަސްޓްރިއަލް ސަރަހައްދުގައި އަންހެނަކު ރޭޕްކޮށްލައިފި

04 މާރިޗު 2017
ހުޅުމާލެ އިންޑަސްޓްރިއަލް ސަރަހައްދުގައި އަންހެނަކު ރޭޕްކޮށްލައިފި
20 ފެބުރުއަރީ 2017

ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

20 ފެބުރުއަރީ 2017
ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު