Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިސް މުވައްޒަފުންގެ ގާބިލްކަން އިތުރުކުރުން

ސިވިލް ސަރވަންޓުންގެ ދައުރަކީ ވަކި ޕާޓީއަކަށް ބެލުމެއްނެތި ސިޔާސަތުތައް ތަންފީޒުކުރުން: ރައީސް

ސަރުކާރެއް ހިންގެނީ ސިޔާސީ މަގާމުތަކުގައި ތިބޭ މުވައްޒަފުންނާއި، ސިވިލް ސަރވަންޓުންގެ މަސައްކަތުން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 27 ޑިސެމްބަރު 2021 | ހޯމަ 07:00
ހިންގުމުގެ ދާއިރާގެ އިސް މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމްގައި ރައީސް ވާހަކަފުޅު ދައްކަވަނީ

ހިންގުމުގެ ދާއިރާގެ އިސް މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމްގައި ރައީސް ވާހަކަފުޅު ދައްކަވަނީ

ސިވިލް ސަރވިސް މުވައްޒަފުންގެ ދައުރަކީ ވަކި ޕާޓީއަކަށް ބެލުމެއްނެތި އެއިރެއްގައި އޮތް ސަރުކާރެއްގެ ސިޔާސަތުތައް ތަންފީޒުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ހިންގުމުގެ ދާއިރާގެ އިސް މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމް އިފްތިތާހުކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ ސަރުކާރެއް ހިންގިގެންދަނީ ސިޔާސީ މަގާމުތަކުގައި ތިބޭ މުވައްޒަފުންނާއި، ސިވިލް ސަރވިސް މުވައްޒަފުން ގުޅިގެން ކުރާ މަސައްކަތުން ކަމަށެވެ.

ސިވިލް ސަރވިސް މުވައްޒަފުން މަސްއޫލިއްޔަތު އަދާކުރާއިރު، ސަރުކާރުގައި ތިބީ ކޮން ބައެއްތޯ ބެލުމަކީ އެމީހުންގެ ދައުރެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. ސިވިލް ސަރވިސްގެ ދައުރަކީ އެއިރަކު އޮންނަ ސަރުކާރެއްގެ ސިޔާސަތުތައް ތަންފީޒުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

ގައުމީ ތަރައްގީއާ ގުޅިގައިވާ މަސައްކަތްތައް މިހާރުވެސް ކުރިއަށްގެންދާ ކަމަށާއި، މިއީ ހަމައެކަނި ސިޔާސަތެއް ކަނޑައަޅައިގެން ހާސިލްކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. މި ސިޔާސަތުތައް ތަންފީޒުކުރެވޭނީ އެކަން ކުރުމުގެ އެންމެ ކުރީ ސަފުގައި ތިއްބެވި ސިޔާސީ މުވައްޒަފުންގެ ވެސް މަސައްކަތުން ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި މިކަންކަމަށް އެހިތެރިވެދޭން ތިބޭ ބަޔަކީ ސިވިލް ސަރވިސް މުވައްޒަފުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ވަކި މަސައްކަތެއް ނުނިމިއްޖެނަމަ އެ ފެއިލްވަނީ އެ އޮފީހެއްގެ ސިވިލް ސަރވިސް މުވައްޒަފުންނެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ އިދާރާތަކުން ރައްޔިތުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރެވޭނީ އިންސާނީ ވަސީލަތް ތަރައްގީކުރެވިގެން ކަމަށެވެ. މިގޮތުން އިންސާނީ ވަސީލަތް ތަރައްގީކުރުމުގެ މަޤްޞަދުގައި މި ފެށޭ ޕްރޮގްރާމުގެ ސަބަބުން ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މިހާރަށްވުރެ ރަނގަޅުވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ތައާރަފުވި ޓެކްނޮލޮޖީއާއެކު ސަރުކާރާއި ރައްޔިތުންނާ ދެމެދު ކުރެވޭ މުއާމަލާތްތައް ވެސް ކުރިއަށްވުރެ ފަސޭހައިން ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މީގެ ކުރިން މިކަން ކޮށްފައިވަނީ ސިޓީބިޓީ ބަދަލުކޮށްގެން ކަމަށާއި، އެހެންނަމަވެސް މިހާރު ގަވް ޑޮޓް އެމްވީއަށް މެސެޖެއް ކޮށްގެން މިކަން ކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތުގެ ދަށުން ސަރުކާރު އޮފީސްތަކުގެ މަސައްކަތްތައް ދެން ދާނީ ފަސޭހަވަމުން ކަމަށް ރައީސް ވިދާޅުވިއެވެ. މިއާއެކު މިކަންކަމަށް ގާބިލް ބަޔަކުވެސް އުފައްދަންޖެހޭކަމަށް ވިދާޅުވިއެވެ. މިފަދަ މަސައްކަތެއް މިހާރު ފެށިފައިވާއިރު، އުންމީދަކީ ސަރުކާރުގެ އޮފީސްތަކުން ފޯރުކޮށްދޭ ޚިދުމަތްތަކަކީ ރައްޔިތުން ބަލައިގަންނަ ފަދަ ޚިދުމަތްތަކަކަށް ވެގެންދިއުން ކަމަށް ރައީސް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު