Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ސިޓީ، ޗެލްސީ އަދި އާސެނަލަށް މުހިންމު މޮޅެއް

27 ޑިސެމްބަރު 2021 | ހޯމަ 04:34

ސިޓީން ލެސްޓާ ބަލިކުރީ 6-3 ގެ ނަތީޖާއަކުން

އަތޫފް އާތިފް
އަތޫފް އާތިފް | 27 ޑިސެމްބަރު 2021 | ހޯމަ 04:34
އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީ އާއި ލެސްޓާ ބައްދަލުކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީ އާއި ލެސްޓާ ބައްދަލުކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުތަކުން މެންޗެސްޓާ ސިޓީ، ޗެލްސީ އަދި އާސެނަލް މޮޅުވެއްޖެއެވެ.

ލީގު ތާޥަލުގެ އެއްވަނައިގައ އޮތް ސިޓީން އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ލެސްޓާގެ މައްޗަށް ކުރި ހޯދީ 6-3 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ 25 މިނެޓުގެ ތެރޭގައި ސިޓީން ވަނީ ހަތަރު ގޯލު ޖަހާ ބޮޑު ލީޑެއް ނަގައިފައެވެ. ސިޓީގެ ފުރަތަމަ ލަނޑު މެޗުގެ ފަސްވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ތަޖުރިބާކާރު މިޑްފިލްޑަރ ކެވިން ޑިބްރާނާ އެވެ. އަދި މެޗުގެ 14 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ސިޓީއަށް ލީޑު ފުޅާކޮށްދިނީ ރިޔާދް މާރޭޒްއެވެ. މިއީ ލެސްޓާގެ މިޑްފިލްޑަރ ޔޫރީ ޓީލަމަންސް ކުރި ފައުލަކާ ގުޅިގެން ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ބެލުމަށްފަހު ރެފްރީދިން ޕެނަލްޓީއެކެވެ. އަދި މެޗުގެ 21 ވަނަ މިނެޓުގައި ސިޓީގެ އިލްކާއި ގުންޑޮގަން ވަނީ ލަނޑު ޖަހާ ލީޑު ފުޅާކޮށްފައެވެ. އޭގެ ހަތަރު މިނެޓު ފަހުން އިތުރު ޕެނަލްޓީއަކުުން ސިޓީގެ ރަހީމް ސްޓާލިންގ ވަނީ ލަނޑު ޖަހާފައެވެ. މިއީވެސް ލެސްޓާގެ ޓީލަމަންސް އޭރިޔާ ތެރެއިން ކުރި ކުށަކާއި ގުޅިގެން ދިން ޕެނަލްޓީއެކެވެ.

އެކަމަކު މެޗުގެ ދެވަނަ ހާފުގައި ލެސްޓާއިން އެޓީމުގެ ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 55 ވަނަ މިނެޓުގައި ކެލެޗީ އެހެނާޗޯގެ އެހީތެރިކަމާއެކު ޖޭމްސް މެޑިސަން ވަނީ ލަނޑު ޖަހާ ފަރަގު ކުޑަކޮށްފައެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން އަޑެމޯލާ ލުކްމަން ލަނޑު ޖަހާ ސިޓީ ހާސްކޮށްލިއެވެ. އަދި މެޗުގެ 65 ވަނަ މިނެޓުގައި ލެސްޓާގެ އިހެނާޗޯ ލަނޑު ޖަހާ ނަތީޖާ ހަމަހަމަކުރިއެވެ. އެކަމަކު ސްޓާލިންގ އާއި އައިމެރިކް ލަޕޯޓްގެ ލަނޑުތަކުން ސިޓީން އަލުން ލީޑު ނެގިއެވެ.

މީގެ އިތުރުން އާދީއްތަ ދުވަހުގެރޭ އާސެނަލުން ވަނީ ނޯވިޗް ސިޓީ އަތުން ފަސޭހަކަމާއެކު 5-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

މި މެޗުގައި އާސެނަލްގެ ބުކާޔޯ ސަކާ ދެ ލަނޑު ޖަހާފައިވެއެވެ. އާސެނަލަށް ދެން ލަނޑުތައް ޖަހައިދިނީ ކިއެރަން ޓިއެރަނީ، އަލެކްސަންޑަ ލަކަޒޭޓް އަދި އެމީލް ސްމިތު ރޯވްއެވެ. ލަކަޒޭޓް ލަނޑު ޖަހާފައިވަނީ ޕެނަލްޓީއަކުންނެވެ. އަދި ސްމިތް ރޯވް ލަނޑު ޖަހާފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައެވެ.

މީގެ އިތުރުން އާދީއްތަ ދުވަހުގެރޭ ޗެލްސީ އާއި އެސްޓަން ވިލާ ބައްދަލުކުރި މެޗު ޗެލްސީން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

ކޮވިޑަށް ޕޮޒިޓިވްވުމާއެކު އެސްޓަން ވިލާއިން މެޗަށް ނުކުތީ ކޯޗު ސްޓީވެން ޖެރާޑް ނުލައެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އެސްޓަން ވިލާއިންނެވެ. މިއީ ޗެލްސީގެ ރީސް ޖޭމްސް ބޮލުގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ. ޗެލްސީން ނަތީޖާ އެއްވަރުކުރީ ކަލުމް ހަޑްސަން އޮޑޯއިއަށް އެސްޓަން ވިިލާގެ މެޓީީ ކޭސް އޭރިޔާ ތެރެއިން ކުރި ފައުލަކުން ދިން ޕެނަލްޓީއަކުންނެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ އިތުބާރު ކުޅުންތެރިޔާ ޖޯޖީނިއޯއެވެ.

އޭގެ ފަހުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި ތަޖުރިބާކާރު ފޮވާޑް ރޮމޭލޫ ލުކާކޫ ވަނީ ލަނޑު ޖަހާ ޗެލްސީއަށް ލީޑު ނަގައިދީފައެވެ. މިއީ 106 ދުވަސް ތެރޭގައި ލުކާކޫ ޕްރިމިއާ ލީގުގައި ޖެހި ފުރަތަމަ ލަނޑެވެ. އަދި ޗެލްސީން ޖެހި ފަހު ލަނޑަކީ އެސްޓަން ވިލާ ކުޅުންތެރިން ލުކާކޫއަށް އޭރިޔާތެރެއިން ކުރި ފައުލަކާއި ގުޅިގެން ދިން ޕެނަލްޓީއަކުން ޖެހި ލަނޑެކެވެ. މި ލަނޑުވެސް އެޓީމަށް ކާމިޔާބު ކޮށްދިނީ ޖޯޖީނިއޯއެވެ.

މި ނަތީޖާތަކާއެކު ތާވަލުގެ އެއްވަނައިގައި ސިޓީން އޮތީ ކުޅުނު 19 މެޗުން 47 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި ލިވަޕޫލުން އޮތީ އެއް މެޗު މަދުން ކުޅެ 41 ޕޮއިންޓާއެކުގައެވެ. ތިންވަނައިގައި އޮތް ޗެލްސީއަށް 19 މެޗުން 41 ޕޮއިންޓް ވަނީ ލިބިފައެވެ. އަދި ތާވަލުގެ ހަތަރުވަނައިގައި އޮތް އާސެނަލަށް 19 މެޗުން 35 ޕޮއިންޓް ވަނީ ލިބިފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
18 ޖެނުއަރީ 2017

އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި

18 ޖެނުއަރީ 2017
އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
10 ޖެނުއަރީ 2017

އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

10 ޖެނުއަރީ 2017
އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް