Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަރު ކޮމިޝަންގެ ޚަރަދު

މަރު ކޮމިޝަނުގެ ޚަރަދުގެ 86.97 އިންސައްތައަކީ މުސާރައާއި އެލަވަންސް

27 ޑިސެމްބަރު 2021 | ހޯމަ 02:42

މަރު ކޮމިޝަނަށް ޖުމްލަ 2،111،632 ރުފިޔާ ޚަރަދުކޮށްފައިވޭ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 27 ޑިސެމްބަރު 2021 | ހޯމަ 02:42
މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަން

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަން

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުގެ ޚަރަދުގެ 86.97 އިންސައްތައަކީ މުސާރައާއި އެލަވަންސްކަން ހާމަވެއްޖެއެވެ.

ރައީސް އޮފީހުން ހިއްސާކޮށްފައިވާ ޚަރަދުތަކުގެ ތަފްސީލުގެ ތެރޭގައި މި އަހަރުގެ ނޮވެމްބަރ މަހުގެ ނިޔަލަށް މަރު ކޮމިޝަނުން ވަނީ 1،219،817 ރުފިޔާ މުސާރައާއި އެލަވަންސްގެ ގޮތުގައި ޚަރަދުކޮށްފައެވެ. އަދި ދަތުރުފަތުރު ކުރުމަށް 117،637 ރުފިޔާ ޚަރަދުކޮށްފައި ވާއިރު، އޮފީސް ހިންގުމަށް ބޭނުންވާ ތަކެތި ހޯދުމަށް 2،204 ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އޮފީސް ހިންގުމަށް ބޭނުންވާ ޚިދުމަތަށް 112،321 ރުފިޔާ ޚަރަދުކޮށްފައި ވާއިރު، މަރާމާތުކުރުމާއި ބެލެހެއްޓުމަށް ހޭދަކޮށްފައި ވަނީ 614 ރުފިޔާއެވެ. މީގެ އިތުރުން ހަރުމުދާ ހޯދުމަށް 132،711 ރުފިޔާ މަރު ކޮމިޝަނުން ޚަރަދުކޮށްފައިވެއެވެ.

Advertisement - newsAdvertisement

މިއާއެކު މި އަހަރުގެ ނޮވެމްބަރ މަހުގެ ނިޔަލަށް ޖުމްލަ 1،585،306 ރުފިޔާ މަރު ކޮމިޝަނުން ވަނީ ޚަރަދުކޮށްފައެވެ.

މުސާރައާއި އެލަވަންސްގެ ގޮތުގައި މިހާތަނަށް އެންމެ ބޮޑު ޚަރަދެއް މަރު ކޮމިޝަނުން ކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ. އެ އަހަރުގެ ތެރޭގައި މުސާރައާއި އެލަވަންސްގެ ގޮތުގައި 2،111،632 ރުފިޔާ މަރު ކޮމިޝަނުން ވަނީ ޚަރަދުކޮށްފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު ވެރިކަމާ ހަވާލުވުމަށްފަހު 2018 ވަނަ އަހަރު އުފެއްދި މަރު ކޮމިޝަނަށް 5،497،473 ރުފިޔާ ދައުލަތުން ވަނީ މިހާތަނަށް ޚަރަދުކޮށްފައެވެ.

މަރު ކޮމިޝަނުގެ ޚަރަދުތަކާއެކު ރައީސް އޮފީހުން ވަނީ ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީއަށް ކޮށްފައިވާ ޚަރަދުތައް ވެސް ހިއްސާކޮށްފައެވެ. މި އަހަރު ތެރޭގައި ނޮވެމްބަރ މަހުގެ ނިޔަލަށް ސަރުކާރުން ވަނީ 2،678،435 ރުފިޔާ މި ކޮމިޝަނަށް ޚަރަދުކޮށްފައެވެ. މި ކޮމިޝަނަށް ވެސް އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ މުސަރާއާއި އެލަވަންސް ދިނުމަށެވެ. އެގޮތުން މުސާރައާއި އެލަވަންސްގެ ގޮތުގައި 2،661،462 ރުފިޔާ ދައުލަތުން ވަނީ ޚަރަދުކޮށްފައެވެ.

އެސެޓް ރިކަވަރީ ކޮމިޝަން އުފެދިގެން މިހާތަނަށް އައިއިރު، ދައުލަތުން ވަނީ ޖުމްލަ 9،951،748 ރުފިޔާ މި ކޮމިޝަނަށް ޚަރަދުކޮށްފައެވެ.

ސަރުކާރުން، މި ކޮމިޝަންތަކަށް ބޮޑު ޚަރަދުތަކެއް ކުރަމުން އަންނައިރު، މި ކޮމިޝަންތަކުން އެދެވިގެންވާ ވަރުގެ ނަތީޖާއެއް މިހާތަނަށް ނެރެވިފައެއް ނުވެއެވެ. އެހެންކަމުން ގިނަ ބައެއްގެ ފާޑުކިއުން ވަނީ މި ކޮމިޝަންތަކަށް އަމާޒުވެފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް