Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޭސީސީގެ ޕަރފޯމެންސް

އިސްލާހުކުރުމަށް އެންގި އެންގުންތަކަކީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށް އަންގާފައިވާ އެންގުންތަކެއްކަން ސާފެއްނުވޭ: އޭސީސީ

27 ޑިސެމްބަރު 2021 | ހޯމަ 03:03

ރިޕޯޓުން ފާހަގަކުރެވެނީ ދައުވާއެއް ނުއުފުލޭނަމަ އަދާކުރާ އެއްވެސް މަސްއޫލިއްޔަތަކީ އަހައްމިޔަތެއް ދޭންޖެހޭ މަސްއޫލިއްޔަތެއް ނޫން ގޮތަށް

އަމްނާ އިމާދު
އަމްނާ އިމާދު | 27 ޑިސެމްބަރު 2021 | ހޯމަ 03:03
އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ،

އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ،

އޮޑިޓު ރިޕޯޓުގައި އިސްލާހުކުރުމަށް ލަފާ ދީ، ފާހަގަކޮށްފައިވާ ކަންކަމަކީ ކޮން އަސާސެއްގެ މައްޗަށް ބިނާކުރުމަށްފަހު އަންގާފައިވާ އެންގުންތަކެއްކަން ސާފުނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފިއެވެ.

އޭސީސީން ތަހުގީގުކުރަމުންދާ މައްސަލަތައް ތަހުގީގުކުރުމުގައި އަމަލުކުރަމުންދާ ގޮތާއި، ކޮމިޝަންގެ މެންޑޭޓުގައި ހިމެނޭ ކަންކަން ހާސިލުކުރުމަށް ކޮމިޝަނަށް ލިބިފައިވާ ވަސީލަތްތައް ބޭނުންކޮށްގެން ނަތީޖާ ނެރެމުންދާ މިންވަރު ދެނެގަތުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކުރިއަށްގެންގޮސް އާންމުކޮށްފައިވާ ޕަރފޯމަންސް އޮޑިޓާ ގުޅޭގޮތުން އޭސީސީން ބުނީ، ސިނަމާލެ ބްރިޖު ސަރަހައްދުގައި ނިއުޕޯޓުގެ ފަރާތުން އިމާރާތްކޮށްފައިވާ "ޗާޓައިމް" އެތަނުން ނެގުމަށް ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ނިއުޕޯޓަށް ދޫކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުނެ ހުށަހެޅުނު މައްސަލާގައި، ޗާޓައިމް ޢިމާރާތް ބަދަލުގެ ގޮތުގައި ދޭން ނިންމާފައިވާ 14,493,427.00 (ސާދަ މިލިއަން ހަތަރު ސަތޭކަ ނުވަދިހަ ތިން ހާސް ހަތަރު ސަތޭކަ ހަތާވީސް) ރުފިޔާއަކީ ބަދަލުގެ ގޮތުގައި ދޭންޖެހޭނެ ފައިސާއެއްކަމަށް ނުބެލެވޭތީ އެފައިސާ ސްޓްރާޑާއަށް ނުދިނުމަށް އަންގައި، އެ ފައިސާ ދޫކުރުމުގެ ޕްރޮސެސް ހުއްޓުވާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އޭސީސީން ބުނީ މެޝިން ރީޑަބަލް އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި ބޭނުންކުރާ ނަންބަރު ޕްލޭޓްތަކާ އެއް ފެންވަރުގެ ނަންބަރު ޕްލޭޓެއް ރާއްޖޭގައި ބޭނުންކުރުމަށް މި ނަންބަރު ޕްލޭޓްތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ފަރާތުން ކުރި އިއުލާނާ ގުޅިގެން ބިޑު ހުށަހެޅި ފަރާތްތަކުގެ ތެރެއިން، ވަކި ފަރާތަކަށް ބިޑު އެވޯޑްކުރުމަށް، ބިޑު އެވޯޑްވެދާނެކަމަށް ބެލެވޭ އެހެން ފަރާތްތަކުގެ ބިޑުތައް ބާޠިލްކުރުމަށްފަހު ބިޑު އެވޯޑްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުނެ ހުށަހެޅުނު މައްސަލާގައި، އެކަން މިކޮމިޝަނުގެ ފަރާތުން ބަލައި ފިޔަވަޅު އަޅަންޖެހޭކަމަށް ފާހަގަކުރެވިގެން، އެކަމާމެދު ފިޔަވަޅު އެޅުމަށް މިނިސްޓްރީ އޮފް ފިނޭންސަށް އަންގާފައިވާ ކަމަށެވެ. އެގޮތުން، މިކޮމިޝަނުގެ އެންގުމާ އެއްގޮތަށް ފިނޭންސް މިނިސްޓްރީން ފިޔަވަޅު އެޅުމުގެ ނަތީޖާއެއްގެ ގޮތުން އެ ޕްރޮޖެކްޓު އެވޯޑިންގ ޕްރޮސެސް ބާޠިލްކޮށް، އެ ޕްރޮޖެކްޓް ޙަވާލުކުރުމަށް ނިންމާފައިވާ އަގުކަމުގައިވާ 65,547,375.00 (ފަސްދޮޅަސް ފަސް މިލިއަން ފަސްސަތޭކަ ސާޅީސް ހަތް ހާސް ތިން ސަތޭކަ ހަތްދިހަ ފަސް) ރުފިޔާ، ވަކިފަރާތަކަށް ފައިދާ ލިބޭގޮތަށް އޮތް ފުރުސަތު ބަންދު ކުރެވުނު ކަމަށް އޭސީސީން ބުނެއެވެ.

އޭސީސީން ބުނީ 2008 ވަނަ އަހަރު އައު ގާނޫނުއަސާސީގެ ދަށުން ގާއިމްކުރެވޭ މިނިވަން މުސްތަގިއްލު މުއައްސަސާއެއްގެ ގޮތުގައި ވަކި ގާނޫނީ ޝަޚުޞެއްގެ ގޮތުގައި އޭސީސީ ގާއިމްކުރިއިރު، ރާއްޖޭގައި ގާއިމްކުރެވޭ އެންޓި-ކޮރަޕްޝަން މުއައްސަސާއަކީ، ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ސްޓްރެޓީޖިކް 3 އަމާޒެއްގެ މައްޗަށް ބިނާކޮށް މަސްއޫލިއްޔަތު ޙަވާލުކޮށް، އެ އަމާޒުތަކަށް މަސައްކަތްކޮށް ކޮރަޕްޝަން ވިޔަނުދީ، އަދި ކޮރަޕްޝަންގެ އަމަލުތައް ބަލައި ފިޔަވަޅު އެޅުމުގެ މަފްހޫމަށް ބިނާކޮށް ގާއިމްކޮށްފައިވާ މުއައްސަސާއެއް ކަމަށެވެ. މިކަން އޭސީސީގެ ގާނޫނުން އެނގޭ ކަމަށެވެ. 3 އަމާޒަކީ، ލޯ އެންފޯސްމަންޓް، ޕްރިވެންޝަން އަދި އެޑިއުކޭޝަން ކަމަށް އޭސީސީން ބުނެއެވެ. އަދި ކޮމިޝަނުގެ ގާނޫނުގައި ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މައްސަލަތައް ބެލުމުގެ އިތުރުން، ޙަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތަކަކީ މިދެންނެވި 3 އަމާޒުގެ ދަށުން ކަނޑައަޅާފައިވާ، ކޮރަޕްޝަން ހުއްޓުވުމަށް ނިޒާމީ ގޮތުން ކަށަވަރުކުރަންޖެހޭ ކަންކަމަށް ވާސިލްވުމަށް ކަނޑައަޅާފައިވާ ބޮޑެތި މަސްއޫލިއްޔަތުތަކެއް ކަމަށް އޭސީސީން ބުނެއެވެ. ނަމަވެސް މުޅި އޮޑިޓް ރިޕޯޓުން ފާހަގަކުރެވެނީ މައްސަލަ ބެލި ނަމަވެސް ދައުވާއެއް ނުއުފުލޭނަމަ ދެން ކޮމިޝަނުން އަދާކުރާ އެއްވެސް މަސްއޫލިއްޔަތަކީ އަހައްމިއްޔަތުކަމެއް ދޭންޖެހޭ މަސްއޫލިއްޔަތެއް ނޫން ގޮތަށް ކަމަށެވެ.

އޭސީސީން ބުނީ ޕްރިވެންޝަން ދާއިރާއިން ކޮމިޝަނުން ކޮށްފައިވާ މުހިންމު އެތައްކަމެއް އޮޑިޓުގައި ފާހަގަކޮށްފައިނުވާ ކަމަށެވެ. އަދި ބީލަމުގެ ދައުވަތަކާ ނުލައި ދައުލަތުގެ ބިޔަ މަޝްރޫޢުތައް ހަވާލުކުރެވޭގޮތަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.27 ވަނަ މާއްދާއަށް އިސްލާހު ގެނައުމާ ގުޅިގެން، އެ އިސްލާހުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުރި ކަންކަން ފާހަގަކޮށް ކަމާބެހޭ އިދާރާތަކަށް އެކަމުގެ ކަންބޮޑުވުންތައް ހިއްސާކުރެވުނު ކަމަށް އޭސީސީން ބުނެއެވެ. ނަތީޖާއެއްގެ ގޮތުން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ގަވާއިދުގައި ހިމެނޭ ކަންކަމަށް ބަދަލުގެނެސް 10.27 ވަނަ މާއްދާ އަލުން އިސްލާހުވެގެންދިޔަ ކަން އޭސީސީން ފާހަގަކޮށްފައިވެއެވެ.

އޭސީސީން ބުނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.03 ވަނަ މާއްދާގައި، ދައުލަތުގެ ފައިސާ ޚަރަދުކުރުމުގައި ގަވާއިދަށް އަމަލުކުރަން ލާޒިމުނުވާ ހާލަތްތަކެއް ބަޔާންކޮށް، ވަކި އުސޫލެއްނެތި ފައިސާ ޚަރަދުކުރުމަށް ދީފައިވާ ބާރުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވާނެތީ، އެ މާއްދާ އިސްލާހުކުރުމަށް ކޮމިޝަނުން ދިން ލަފައާ ގުޅިގެން، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.03 ވަނަ މާއްދާ ގަވާއިދުން މިހާރު އުނިކުރެވިފައިވާ ކަމަށެވެ. އަދި ކޮވިޑް19 އާ ގުޅިގެން ދައުލަތުން ކުރަމުންގެންދާ މުހިންމު ކަންކަމާއި މާލީ ޚަރަދުތައް ހިންގާގޮތާއި ގުޅިގެން ދައުލަތުގެ މުއައްސަސާތަކުން ކުރަމުންދާ އެކިއެކި މަސައްކަތްތައް ކުރަމުންދަނީ ކޮރަޕްޝަނުގެ އަމަލުތަކުން ދުރުވެފައިވާ މާހައުލެއްގައިކަން ދެނެގަތުމަށާއި، ނަޒާހަތްތެރިކަން ޔަޤީންކުރުމަށް އިރުޝާދުނާމާއެއް ތައްޔާރުކޮށް އާންމުކުރެވިފައިވާ ކަމަށް އޭސީސީން ބުނެއެވެ. އިރުޝާދުނަމާ އާންމުކުރުމުގެ ނަތީޖާއެއްގެ ގޮތުން، އެ އިރުޝާދުނާމާގައި ފާހަގަކޮށްފައިވާ މައިގަނޑު 7 އިރުޝާދަށް އަމަލުކުރުމަށް ދައުލަތުގެ އިދާރާތަކަށް މިނިސްޓްރީ އޮފް ފިނޭންސްއިން އަންގާފައިވާ ކަމަށް ވެސް އޭސީސީން ބުނެއެވެ.

އޭސީސީން ބުނީ ކޮމިޝަނުގެ ތަހުގީގުތަކުގެ ކަންކަން ހިނގައިދާގޮތް ބެލިބެލުމުގައި، ކޮމިޝަނުގައި ތިބި އިންވެސްޓިގޭޓަރުންނަށް އެކަށީގެންވާ ވަރަށްވުރެ ގިނަ މައްސަލަތައް ތަހުގީގުކުރަންޖެހޭކަން ފާހަގަކޮށްފައިވާއިރު، އެއީ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ އަދަދަށް ރިއާޔަތްކުރާއިރު އެކަށީގެންވާ މިންވަރަށް މުވައްޒަފުން ނެތުންކަމަށް ގަބޫލުކުރަންޖެހޭ ކަމަށެވެ. ކަންމިހެން އޮތްއިރު، ކޮމިޝަނަށް އިތުރު މުވައްޒަފުން ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމާއި، ފާއިތުވި އަހަރުތަކުގައި އެކަމަށް އެކަށީގެންވާ ހައްލެއް ލިބިފައިނުވާކަމަށް އޮޑިޓަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އެގޮތުން، 2020 ވަނަ އަހަރުގެ ބަޖެޓުގެ ތެރެއިން 25 މުވައްޒަފުން ހޯދުމަށް ކޮމިޝަނުން އެދިފައިވާނެ ކަމަށާއި، 2021 ވަނަ އަހަރުގެ ބަޖެޓުގެ ތެރެއިން 8 މުވައްޒަފުން ހޯދުމަށް ކޮމިޝަނުން އެދިފައިވާނެ ކަމަށެވެ. ނަމަވެސް، ކޮމިޝަނަށް މުވައްޒަފުން ހޯދުމަށް މިދެންނެވި އަހަރުތަކުގައި ބަޖެޓު ހަމަޖައްސައިދީފައިނުވާއިރު، އޮޑިޓުގައި އެކަމަށް އެކަށީގެންވާގޮތެއްގައި ރިއާޔަތްކޮށްފައިނުވާ ކަމަށް އޭސީސީން ބުނެއެވެ. އަދި ކޮމިޝަންގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް ކަމާބެހޭ އިދާރާތަކަށް ރިކަމަންޑޭޝަންސް ދިނުމުގެ ބަދަލުގައި، ރިކަމަންޑޭޝަންސް ދީފައިވަނީ އޭސީސީއަށް ކަމަށް ބުނެފައިވެއެވެ.

އޭސީސީން ބުނީ ކޮމިޝަނަށް އެކަށީގެންވާ ވަރުގެ ބޮޑު ބަޖެޓެއް ދޭކަމަށާއި، ފާއިތުވި އަހަރުތަކާ ބަލާއިރު، 2020 އަދި 2021 ވަނަ އަހަރުގައި ކޮމިޝަނަށް ދީފައިވާ ބަޖެޓަކީ ތަފާތު ބޮޑު ބަޖެޓެއްކަމަށް ބުނެ ކޮމިޝަނަށް ފާޑުކިޔުންތައް އަމާޒުކުރާއިރު، މިދެންނެވި 2 އަހަރުގައި ކޮމިޝަނުގެ ބަޖެޓް އިތުރުވެފައިވަނީ މީގެކުރިން ކޮމިޝަނުގެ އިދާރާ ހިންގަމުންއައި ހުރަވީ ބިލްޑިންގ ޢިމާރާތް ބައުވެ ނުރައްކާތެރި ހާދިސާތަކެއް ހިނގުމުގެ ފުރުސަތު އޮތުމުން، އޮފީސް އިމާރާތް ބަދަލުވުމާ ގުޅިގެން އިމާރާތުގެ ކުއްޔަށް (އަހަރެއްގެ މައްޗަށް 6.9 މިލިއަން ރުފިޔާ) ޚަރަދުކުރަން ޖެހިފައިވާތީ ކަމަށެވެ. އަދި، މިފަދަ ބޮޑު ކުއްޔެއްގައި އަމިއްލަ ފަރާތްތަކުގެ އިމާރާތެއްގައި ކޮމިޝަނުގެ އިދާރާ ހިންގުމަކީ ކޮމިޝަނުން ވެސް އެދޭގޮތެއް ނޫންކަމާއި، ސަރުކާރުގެ އިމާރާތަކަށް ކޮމިޝަންގެ އޮފީސް ބަދަލުވުމަކީ ކޮމިޝަނުން ވެސް އެންމެ ބޭނުންވާ ގޮތްކަމަށް ކަމާބެހޭ ފަރާތްތަކުގައި ދަންނަވާފައިވާ ކަމަށް ބުނެފައިވެއެވެ.

އޭސީސީން ބުނީ މި އޮޑިޓްކުރުމުގައި، ކޮމިޝަނުގެ ފާއިތުވި ދައުރުގައި ކޮމިޝަނުގެ ތަހުގީގުތައް ކުރިއަށްގެންދިއުމާއި ކޮމިޝަނުގެ ވަސީލަތްތައް ބޭނުންކޮށްގެން ނަތީޖާ ނެރެފައިވާ މިންވަރަކީ ކޮބައިކަން ބެލުމަށް ކޮމިޝަނުގެ މިހިނގާ ދައުރު ފެށުމުގެ ކުރީގެ މުއްދަތަށް ޚާއްސަ އޮޑިޓް ޓެސްޓްތައް ހަދައި، ކޮމިޝަނުގެ މިހިނގާ ދައުރުގައި ކޮމިޝަނުގެ ޕަރފޯމަންސްއަށް އައި ބަދަލުތައް ދެނެގަތުމަށް ބޭސްލައިންއެއް ގޮތުގައި ބޭނުންކުރާނެ "ބެންޗްމާކް"ތަކެއް ކަނޑައަޅާފައިނުވާތީ، ރިޕޯޓުން ކޮމިޝަނުގެ ޕަރފޯމަންސްއަށް މި ހިނގާ ދައުރުގައި އައި ބަދަލު އެނގޭކަށް ނެތް ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން އޭސީސީން ބުނީ ކޮމިޝަންގެ ހިނގަމުންދާ ދައުރުގައި ތަހުގީގުކުރުމުގެ މަސްއޫލިއްޔަތު އަދާކުރިގޮތުގެ ޕަރފޯމަންސް އެސެސްކުރާނަމަ، މަސައްކަތު ކުރެވިފައިވާގޮތް ބަލަންވާނީ ވެސް މި ދައުރުގައި ކުރެވިފައިވާ މަސައްކަތްތަކަށް ކަމަށެވެ. ހިނގަމުންދާ ދައުރުގެ ފާއިތުވި 2 އަހަރު ދުވަހުގެ ތެރޭގައި ތަހުގީގުތައް ހިންގާފައިވާ ގޮތުގެ މައުލޫމާތާއި، އޭގެ ކުރީ 2 އަހަރު ދުވަހުގައި ތަހުގީގުތައް ހިންގާފައިވާ ގޮތަށް ބަލާއިރު، 2018 ވަނަ އަހަރުގައި 532 މައްސަލަ އަދި 2019 ވަނަ އަހަރުގައި 710 މައްސަލަ ނިންމާފައިވާ ކަމަށް އޭސީސީން ބުނެއެވެ. އަދި، 2020 ވަނަ އަހަރު 961 އަދި 2021 ވަނަ އަހަރުގެ މިހާތަނަށް 761 މައްސަލަ ނިންމާފައިވެއެވެ. ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ މައްސަލަތަކަށް ބަލާއިރު، 2018 ވަނަ އަހަރުގައި 7 މައްސަލަ އަދި 2019 ވަނަ އަހަރުގައި 3 މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވެއެވެ. އަދި، 2020 ވަނަ އަހަރު 15 އަދި 2021 ވަނަ އަހަރުގެ މިހާތަނަށް 22 މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް އޭސީސީން ބުނެއެވެ.

އޮޑިޓު ރިޕޯޓުގައި އިސްލާހުކުރުމަށް ލަފާ ދީ، ފާހަގަކޮށްފައިވާ ކަންކަމަށް އިޝާރާތްކޮށް އޭސީސީން ބުނީ ކޮމިޝަނުގެ މަސައްކަތްތައް އެކި މަރުޙަލާތަކުގައި ހަރުދަނާކުރުމަށް ކުރެވެމުންދާ ކަންކަން ކަމަށްވެފައި، އެކަން އޮޑިޓަރުންނާ ހިއްސާކޮށްފައިވާއިރު، މިހާރުވެސް އިސްލާހުކުރުމަށް ކޮމިޝަނުން ކުރަމުންދާ ނުވަތަ އިސްލާހުކޮށްފައިވާ މަސައްކަތްތަކެއް އަލުން އިސްލާހުކުރަން ލަފާ ދީފައިވަނީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށްފައިކަން، ރިޕޯޓުގައި ސާފުނުވާ ކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް