Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަނަސްގެ މަރު

އަނަސްގެ މަރު: ޖުނައިހުގެ ބޭސްފަރުވާ ހަމަޖެއްސުމަށް އަންގައިފި

26 ޑިސެމްބަރު 2021 | އާދީއްތަ 08:31

އާދީއްތަ ދުވަހު ކުރިއަށް ގެންދިޔަ އަޑުއެހުމަކީ ޖުނައިހުގެ ފަރާތުން ބަންދު މުރާޖާ ކުރުމަށް އެދުމުން ކުރިއަށް ގެންދިޔަ އަޑުއެހުމެއް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 26 ޑިސެމްބަރު 2021 | އާދީއްތަ 08:31
އަނަސްގެ މަރުގެ މައްސަލައިގައި ކުރިއަށްދިޔަ ޝަރީއަތުގެ އަޑުއެހުމެއްގެ ތެރެއިން

އަނަސްގެ މަރުގެ މައްސަލައިގައި ކުރިއަށްދިޔަ ޝަރީއަތުގެ އަޑުއެހުމެއްގެ ތެރެއިން

މާލޭގައި ހުންނަ ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ގްރޫޕަކުން ވަޅިން ހަމަލާދީ މުހައްމަދު އަނަސް މަރައިލިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި ލ. ގަން، ޖުނައިހު އަބްދުﷲ އަށް ބޭސްފަރުވާ ކުރުމުގެ ފުރުސަތު ފަހިކޮށްނުދީފި ނަމަ އޭނާ ބަންދުން ދޫކޮށްލާނެކަމުގެ އިންޒާރު ގާޒީ ދެއްވައިފިއެވެ.

އާދީއްތަ ދުވަހު ކުރިއަށް ގެންދިޔަ އަޑުއެހުމަކީ ޖުނައިހުގެ ފަރާތުން ބަންދު މުރާޖަޢާ ކުރުމަށް އެދުމުން ކުރިއަށް ގެންދިޔަ އަޑުއެހުމެކެވެ. މި މައްސަލައިގައި ދައުވާ ރައްދުވާ އެއްވެސް މީހެއްގެ ބަންދު މުރާޖަޢާ ކުރަން ދައުލަތުން އިސްވެ ނޭދެން ވަނީ ނިންމާފައެވެ.

Advertisement - newsAdvertisement

އަޑުއެހުމުގައި ގާޒީ ވިދާޅުވީ ޖުނައިހުގެ ބޭސްފަރުވާއަށް ގޮތެއް ނިންމުމަށް ދައުލަތަށް ދެއްވާނީ ހަފްތާއެއް ކަމަށެެވެ. އެ މުއްދަތުގެ ތެރޭގައި ދައުލަތުން ގޮތެއް ނުނިންމައިފި ނަމަ ޖުނައިހު ބަންދުން ދޫކޮށްލަން އަމުރުކޮށް، އޭނާ ރާއްޖެއިން ބޭރަށް ދިޔުމުގެ ހުއްދަ ވެސް ދެއްވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

ޖުނައިހުގެ ލޮލަށް ދިމާވެފައިވާ މައްސަލައެއްގެ ސަބަބުން އޭނާ ރާއްޖެއިން ބޭރަށް ގޮސް ފަރުވާ ކުރަންޖެހޭ ކަމަށް ޑޮކްޓަރުން ވަނީ ލަފާދީފައެވެ. އެހެންނަމަވެސް މެޑިކަލް ބޯޑުގެ ކޯރަމް ހަމަނުވާތީ އޭނާ ފުރުމުގެ ހުއްދަ އޮތީ ނުލިބިއެވެ.

ދިފާއީ ވަކީލު ވިދާޅުވީ، މެޑިކަލް ބޯޑުގެ ކޯރަމް ހަމަ ނުވެގެން ބޭސްފަރުވާއަށް ނުފުރި އޮތުން ބަލައިނުގަނެވޭނެ ކަމަށެވެ. އަދި ކޮވިޑް-19 ގެ އައު ވޭރިއަންޓް ފެތުރި ގައުމުތަކުގެ ބޯޑަރުތައް އަނެއްކާވެސް ބަންދު ކުރުމުގެ ކުރިން ޖުނައިހު ދޫކޮށްލުމަށް ވަކީލު އެދިވަޑައިގެންނެވިއެވެ.

ޖުނައިހުގެ ފަރާތުން ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދައަށް އެދިފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. އެދުވަހުން ޖުނައިހު ބުނެފައިވަނީ އޭނާގެ ލޮލުގެ ހާލަތު ގޯސްވުމުން އިންޑިއާއިން ފަރުވާ ހޯދުމަށް އިރުޝާދު ދީފައިވާ ކަމަށެވެ. އަދި މީގެ ކުރިން ވެސް ބަންދުގައި ހުރެގެން އިންޑިއާއިން ސާރޖަރީ ހަދާފައިވާ ކަމަށާއި، އޭރުވެސް ޖެނުއަރީގައި އަލުން ދެއްކުމަށް ބުނެފައިވާކަމަށެވެ.

2017 ވަނަ އަހަރު ހިނގި މި ހާދިސާއާ ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވަނީ ހަތް މީހަކަށާއި، ކުޑަކުއްޖަކަށެވެ.

މި މައްސަލައިގައި އަނަސްއަށް ހަމަލާދިނުމުގައި އަމަލީގޮތުން ބައިވެރިވިކަމުގެ ދައުވާ ކޮށްފައިވާ ތިން މީހުންނަކީ ޅ. ކުރެންދޫ އަސުރުމާގޭ އަހްމަދު ޒަޔާނާއި، މ. ދިމިޝްގުގޭ އުސްމާން ޝަރީފް އަދި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވާ ހަތަރު މީހުންނަކީ ޖުނައިހު އާއި، ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒާއި، ތ. ކިނބިދޫ ގުލްފާމުގޭ މުހައްމަދު ޝާޒާއި، ދަފްތަރު ނަންބަރު 1746، ސިމާހް މޫސާއެވެ.

މަދަނީ މިންގަނޑުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ މި މައްސަލައިގައި ދެން އޮންނާނީ ދިފާއީ ހެކި ހުށަހެޅުމެވެ.  

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް