Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިބްރާހިމް ހަނީފް

ހަނީފް ދޫކޮށްލުމަށް ހައިކޯޓުން އަމުރުކޮށްފި

ހަނީފް އްޔަރުކުރީ އޭޕްރީލް ހަތަރު ވަނަ ދުވަހު

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 30 މެއި 2017 | އަންގާރަ 12:59
ފަނޑިޔާރު ޝުޖާއު އާއި ހަނީފް

ފަނޑިޔާރު ޝުޖާއު އާއި ހަނީފް

ހައިކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނާ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ހަނީފް ދޫކޮށްލުމަށް ހައިކޯޓުން އަމުރުކޮށްފި އެވެ.

ހަނީފް ދޫކޮށްލުމަށް ހައިކޯޓުން އަމުރުކުރީ، އޭނާ ގޭބަންދު ކުރުމަށް މިމަހުގެ 16 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ނެރުނު އަމުރު އެ ކޯޓުގައި އިސްތިއުނާފު ކުރުމުންނެވެ.

ހަނީފްގެ ފަރާތުން އެ މައްސަލަ އިސްތިއުނާފުކޮށްފައިވަނީ، ކްރިމިނަލް ކޯޓުން އަމުރު ނެރުމުގައި "ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކޯޓް އަމުރު" ގައި ބަޔާންކޮށްފައިވާ އެއްމަރުހަލާއެއްގެ ކޯޓެއްގެ ފަނޑިޔާރަކު ނިންމަވާފައިވާ ނިންމުމަކަށް ހުރަސްއެޅޭ ފަދަ އެއްވެސް ނިންމުމެއް ހަމަ އެ މަރުހަލާގެ އެހެން ފަނޑިޔާރަކު ނިންމުމަކީ އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސް އެޅިދާނެ ކަމެއް ކަމަށް ބަޔާންކޮށްފައިވާއިރު، އެކަމަށް ރިއާޔަތް ކުރެއްވުމެއް ނެތި ކަމަށް ބުނެ އެވެ.

ހައިކޯޓުން ކުރި ހުކުމުގައި ވަނީ ކްރިމިނަލް ކޯޓުން ހަނީފް ގޭގައި ބަންދުކުރުމަށް މިމަހުގެ 16 ވަނަ ދުވަހު ނެރުނު އަމުރުގެ ކުރިން، މިމަހުގެ 11 ވަނަ ދުވަހު ފުލުހުން ބަންދުގައި ބެހެއްޓުމަށް ކުރި އަމުރުގައި، އެ އަމުރުގެ މުއްދަތު ހަމަވުމުގެ ކުރިން ތަހުގީގު ނިންމައި ދައުވާ ކުރުމާމެދު ގޮތެއް ނިންމުމަށް އަންގާފައިވާ ކަމާއި އަދި އެހެން ނޫންނަމަ ދޫކޮށްލެވޭނެ ކަމަށް އަންގާފައިވާކަން ފާހަގަކޮށްފަ އެވެ. އެހެން ނަމަވެސް، އެ މުއްދަތު ފާއިތުވެ ދިޔަ އިރުވެސް ހަނީފްގެ މައްޗަށް ދައުވާކުރުމާ މެދު ގޮތެއް ނިންމާފައިނުވާކަން ހައިކޯޓުން ފާހަގަކުރި އެވެ.

ހުކުމުގައި ބުނެފައިވާ ގޮތުގައި "ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކޯޓް އަމުރު" ގެ އުސޫލުގެ ރޫހަށް ބަލާއިރު، އިސްތިއުނާފުކުރުމާއި ކޯޓުން ނިންމާފައިވާ ނިންމުމެއް މުރާޖައާ ކުރުމަށް އެދި ހުށަހެޅުމަކާ ނުލައި، އެއްމަރުހަލާގެ ކޯޓަކުން ނިންމާފައިވާ ނިންމުމަކަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އެ މަރުހަލާގެ އެހެން ކޯޓަކުން ގޮތެއް ނިންމުމަކީ ރާއްޖޭގެ ޝަރުއީ ނިޒާމް ބިނާވެފައިވާ އަސާސީ އުސޫލުތަކާ އަދި އަދުލު އިންސާފުގެ ހަމަތަކާ ތައާރުޒުވާ ކަމެއްކަން އެނގެން އޮންނަ ކަމަށެވެ.

އަދި ކޯޓަކުން ނިންމާފައިވާ ނިންމުމަކަށް އެ އުސޫލުން ބަދަލު ނުގެންނަހާ ހިނދަކު، އަމަލުކުރަންޖެހޭ ކަމާއި، އެހެން ނޫންނަމަ އެކަން ވެެގެންދާނީ ކޯޓުތަކުގެ ނިންމުންތަކުގެ އިތުބާރާއި ކަށަވަރުކަން ގެއްލި ކޯޓުގެ ނިންމުމާ އެއްގޮތަށް އަމަލުނުކުރުމަށް ފުރުސަތު ހުޅުވިގެންދާނެ ކަމަށް ހައިކޯޓުގެ ފަނޑިޔާރުންނަށް ފެންނަ ކަމަށް ބުނެފައިވެ އެވެ.

ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ މައްސަލަ ބެއްލެވި ފަޑިޔާރުން ނިންމަވާފައިވަނީ، މި ގަޒިއްޔާގައި ކޮށްފައިވާ ޝަރުތުތަކާ އެއްގޮތަށް އަމަލުކުރުމަށް ހަނީފް އެއްބަސްވެފައިވާތީ، އެ ޝަރުތުތަކުގައިވާ ގޮތުގެ މަތިން އަމަލުކުރުމަށް އަންގައި ހަނީފް ދޫކޮށްލުމަށް ކަމަށެވެ. އެގޮތަށް ނިންމައި ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލްކޮށްފަ އެވެ.

ހަނީފް ދޫކޮށްލުމަށް އަންގާރަ ދުވަހު ހައިކޯޓުން އަމުރުކުރި އިރު، ހަނީފް ހައްޔަރުކުރި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރީ ރަނގަޅަށް ކަމަށް އޭޕްރީލް 20 ވަނަ ދުވަހު އެކޯޓުން ކަނޑައެޅި އެވެ.

ގްރޫޕެއް ފޮނުވައިގެން ފަނޑިޔާރު ޝުޖާއު "އަވަހާރަކޮށްލަން" އުޅުނު ކަމުގެ ތުހުމަތުގައި ހަނީފް ހައްޔަރުކޮށްފައި ވަނީ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެއިންނެވެ. ހައްޔަރުކުރުމުގެ ކުރިން ހަމަ އެ ދުވަހު ފުލުހުންގެ އިދާރާއަށް ހަނީފް ހާޒިރުކޮށް، އޭނާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމްގެ ރައީސް މައުމޫނުގެ އޮފީސް ބަންދުކުރުމަށް ފުލުހުންނަށް އަމުރުކޮށްފި

ޕީޕީއެމްގެ ރައީސް މައުމޫނުގެ އޮފީސް ބަންދުކުރުމަށް ފުލުހުންނަށް އަމުރުކޮށްފި

30 މާރިޗު 2017
ޠޮއްޔިބު ދޫކޮށްލުމަށް ގޮވާލައި ރައީސަށާއި ހޯމް މިނިސްޓަރަށް ސިޓީ ފޮނުވަން އެމްނެސްޓީން ގޮވާލައިފި

ޠޮއްޔިބު ދޫކޮށްލުމަށް ގޮވާލައި ރައީސަށާއި ހޯމް މިނިސްޓަރަށް ސިޓީ ފޮނުވަން އެމްނެސްޓީން ގޮވާލައިފި

30 މާރިޗު 2017
ގާސިމްގެ އަތުން ފަޅުރަށެއް އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި

ގާސިމްގެ އަތުން ފަޅުރަށެއް އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި

21 މާރިޗު 2017
އިބްތިހާލްގެ މައްސަލައިގައި ޝުޒާދު ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ހައިކޯޓުން ވެސް ކަނޑައަޅައިފި

އިބްތިހާލްގެ މައްސަލައިގައި ޝުޒާދު ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ހައިކޯޓުން ވެސް ކަނޑައަޅައިފި

01 މާރިޗު 2017
ޓެކުހަށް މަކަރު ހެދުމުގެ މައްސަލައަކާ ގުޅިގެން 160،000 ރުފިޔާ ދައްކަން އަމުރުކޮށްފި

ޓެކުހަށް މަކަރު ހެދުމުގެ މައްސަލައަކާ ގުޅިގެން 160،000 ރުފިޔާ ދައްކަން އަމުރުކޮށްފި

21 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

7 އެޕްރީލު
ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް
20251 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!
20233 އަހަރު ކުރިން
ރިޕޯޓު

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް
20224 އަހަރު ކުރިން
ރިޕޯޓު

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ
20215 އަހަރު ކުރިން
ރިޕޯޓު

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް
20197 އަހަރު ކުރިން
ރާއްޖެ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!
20188 އަހަރު ކުރިން
ރާއްޖެ

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު