Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުލިއާގެ ކައިރިން އެއްޗެއް އަޅާފައިވާ ފޮއްޓެއް

މުލިއާގެ ކައިރިން ފެނުނީ ކުނި އަޅާފައި ހުރި ފޮއްޓެއް: އެމްއެންޑީއެފް

އެމްއެންޑީއެފުން ބުނީ ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:06 ހާއިރު މުލިއާގެ ހުޅަނގު ދެކުނު ކަންމަތީ ޕޭމަންޓް މަތީގައި ގޮތްނޭނގޭ ފޮއްޓެއް ހުރުމުން ބަލާފައިވާކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 25 ޑިސެމްބަރު 2021 | ހޮނިހިރު 18:01
މުލިއާގެ

މުލިއާގެ

ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ރަސްމީ ގެކޮޅު މުލިއާގެ ހުންނަ ސަރަހައްދުން ގޮތްނޭނގޭ ފޮއްޓެއް ފެނުމުން ބެލިބެލުމުން އެއީ ކުނި އަޅާފައިވާ ފޮއްޓެއްކަން އެނގިފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:06 ހާއިރު މުލިއާގެ ހުޅަނގު ދެކުނު ކަންމަތީ ޕޭމަންޓް މަތީގައި ގޮތްނޭންގޭ ފޮއްޓެއް ހުރުމުން އެމްއެންޑީއެފްގެ އީއޯޑީ ޓީމުން އެއީ ކޮންއެއްޗެއްކަން ބަލާފައިވާކަމަށެވެ. އަދި ބެލިބެލުމުގައި އެއީ ކެބިން ބޭގް ވަރުގެ، ކުނިއަޅާފައިވާ ފޮއްޓެއްކަން އެނގުނުކަމަށް އެމްއެންޑީއެފުން ބުނެއެވެ.

Advertisement - newsAdvertisement

އެސަރަަހައްދު ހޮނިހިރު ދުވަހުގެ އިރުއޮއްސި 7:26 ހާއިރު ކްލިއަރކޮށް ނިންމާފައިވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މީގެކުރިން މުލިއާގެ ގޮއްވާލާނެކަމަށް ބުނެ ދެ މީހަކު އިންޒާރުދީފައިވެއެވެ. މުލިއާގެ ކައިރިއަށްގޮސް، އެތަން ގޮއްވާލާނެކަމަށް ބުނެ އިންޒާރުދިން ދެ މީހުން ހައްޔަރު ކޮށްފައިވަނީ ޖުލައި މަހުގެ 9 ވަނަ ދުވަހުއެވެ.

މުލިއާގެ ކައިރިއަށްގޮސް މި ދެ މީހުން ވަނީ، އެ މީހުން އެ ވަގުތު ގެންގުޅުނު ފޮށިގަނޑެއްގައި ބޮމެއް އޮތްކަމަށް ބުނެ އިންޒާރުދީފައެވެ. އަދި އެ ތަން ގޮއްވާލާނެކަމަށް ބުނުމާއެކު ސަލާމަތީ ބާރުތަކުން ވަނީ އެ މީހުން ހައްޔަރުކޮށްފައެވެ. އެންމެ ފުރަތަމަ މި ދެ މީހުން ހިފެހެއްޓީ މުލިއާގޭގެ ސަލާމަތީ ކަންކަން ބަލަހައްޓަން ތިބި ސިފައިންނެވެ. ފުލުހުންގެ ޚާއްސަ ޓީމަކުންވަނީ އެ ސަރަހައްދަށްގޮސް، އެމީހުން ގެންގުޅުނު ފޮށިގަނޑާއި އެމީހުން ވެސް ބަލައި ފާސްކޮށް ދެ މީހުން ހައްޔަރުކޮށްފައެވެ.

މި މައްސަލައިގައި ހައްޔަރު ކުރި 2 މީހުންގެ ތެރެއިން ފުރަތަމަ މީހާ، 9 ޖުލައި ވީ ހުކުރު ދުވަހުގެ ވަގުތެއްގައި ވަނީ ދޫކޮށްލާފައެވެ. ފޮށިގަނޑުގައި ބޮމެއް އޮތްކަމަށް ބުނި މީހާ ފުލުހުން ދޫކޮށްލާފައިވަނީ އޮގަސްޓް މަހުގެ 18 ވީ ބުދަ ދުވަހުއެވެ. އެއީ އެމީހާގެ ބަންދުގެ މުއްދަތު ތިން ފަހަރެއްގެ މަތިން އިތުރުކުރުމަށްފަހުއެވެ.

ފުލުހުން ބުނީ އޭނާގެ ބަންދުގެ މުއްދަތު ހަމަވުމާ އެކު ކޯޓުން އޭނާ ދޫކޮށްލާފައިވަނީ, އެމީހުންގެ މައްޗަށް ދަޢުވާ ނުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމުމުން ކަމަށެވެ. އޭގެކުރިން މުލިއާގޭގެ ގޭޓް ގޮއްވާލާނެކަމުގެ އިންޒާރާއެކުވެސް އެސަރަހައްދުގެ ސެކިޔުރިޓީ މަތިކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

25 މާރިޗު 2017

ސަރުކާރު ވަނީ ގުޑުގުޑު އަޅާފައި، ސަރުކާރު ވެއްޓޭނެ: ޝާހިދު

25 މާރިޗު 2017
ސަރުކާރު ވަނީ ގުޑުގުޑު އަޅާފައި، ސަރުކާރު ވެއްޓޭނެ: ޝާހިދު
12 މާރިޗު 2017

ފުވައްމުލަކު ކައިރިން ގެއްލުނު ފަތުރުވެރިޔާ ހޯދަން ހެލިކޮޕްޓަރ ބޭނުން ކުރަން ފަށައިފި

12 މާރިޗު 2017
ފުވައްމުލަކު ކައިރިން ގެއްލުނު ފަތުރުވެރިޔާ ހޯދަން ހެލިކޮޕްޓަރ ބޭނުން ކުރަން ފަށައިފި
01 މާރިޗު 2017

ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ

01 މާރިޗު 2017
ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ
19 ފެބުރުއަރީ 2017

ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

19 ފެބުރުއަރީ 2017
ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި
18 ފެބުރުއަރީ 2017

މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި

18 ފެބުރުއަރީ 2017
މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު