Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19ން ރައްކާތެރިވުން

ދަތުރުފަތުރުކުރުން އިތުރުވެފައިވާތީ، ކޮވިޑް-19ން ރައްކާތެރިވުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފި

25 ޑިސެމްބަރު 2021 | ހޮނިހިރު 11:20

ޚިތާނީ ހަފްލާ ފަދަ މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން އިތުރު

އަމްނާ އިމާދު
އަމްނާ އިމާދު | 25 ޑިސެމްބަރު 2021 | ހޮނިހިރު 11:20
ނޯތު ހާބަރ، ޗުއްޓީ ދުވަސްވަރަށް ވުމާއެކު ގިނަ ބަޔަކު ދަނީ ރަށްރަށަށް ދަތުރުކުރަމުން

ނޯތު ހާބަރ، ޗުއްޓީ ދުވަސްވަރަށް ވުމާއެކު ގިނަ ބަޔަކު ދަނީ ރަށްރަށަށް ދަތުރުކުރަމުން

ދިރާސީ އައު އަހަރުގެ ޗުއްޓީއާއެކު ދަތުރުފަތުރުކުރުން އިތުރުވެފައިވާތީ، ކޮވިޑް-19ން ރައްކާތެރިވުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ، މި ދުވަސްވަރު ރާއްޖޭން ބޭރަށާއި އަތޮޅުތެރެއަށް ދަތުރު ފަތުރު ކުރުމާއި ގޭގެއަށް ޒިޔާތަރަތް ކުރުން އިތުރުވުމާއި ޚިތާނީ ހަފްލާ ފަދަ މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން، ކޮވިޑް 19އާއި މިނޫންވެސް އެހެނިހެން ގައިގައިން އަރާ ބަލިތަކުން ރައްކާތެރިވުމަށް ސަމާލުވާން ޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

އެޗްޕީއޭއިން ބުނީ ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަމަށާއި، ކޮވިޑް-19ގެ އެއްވެސް އަލާމާތެއް ހުރިނަމަ ޓެސްޓުކޮށް ނުވަތަ ނަތީޖާ ނުލިބެނީސް ދަތުރުނުކޮށް، ނަތީޖާ ލިބެންދެން ގޭގައި އެކަހެރިވާން ޖެހޭ ކަމަށެވެ. ދަތުރުކުރާ ގައުމުގެ ކޮވިޑް ހާލަތާއި ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އަހުލުވެރިވުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާ ގައުމުތަކަށް ދަތުރުކުރުން ފަސްކުރުން މުހިންމު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން، ވެކްސިން ޖަހާ އުމުރުގެ ފަރާތްތަކުން ވެކްސިން ފުރިހަމަކޮށް، ބޫސްޓަރ ޑޯޒް ޖެހުމަށް ޝަރުތުހަމަވާނަމަ، ދަތުރުކުރުމުގެ ކުރިން ބޫސްޓަރ ޑޯޒް ފުރިހަމަ ކުރަންޖެހޭ ކަމަށެވެ. ގިނަ މީހުން އެއްވާ ތަންތަނަށް ދިއުން މަދު ކުރުމާއި، ސިއްހީ ފަރުވާދޭ މަރުކަޒަކަށް ދާނަމަ ނުވަތަ ގިނަ މީހުން އުޅޭ ތަންތަނުގައާއި ބަންދު ތަންތަނުގައި ރަނގަޅަށް މާސްކު އަޅައިގެން އުޅުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން އެދިފައިވެއެވެ. ދަތުރުކުރާ ގައުމުގައި، މާސްކު އެޅުންފަދަ ކަންކަން ލުއިކޮށްފައި ވީނަމަވެސް، ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ބޭރަށް ނުކުންނައިރުއާއި އެހެން މީހުންނާ ބައްދަލުވާއިރު މާސްކު އަޅައިގެން އުޅުމާއި، ގައިދުރުކަން ބެހެއްޓުމާއި އަތް ސާފުކުރުމަށް ހަނދާން ކޮށްދީފައިވެއެވެ.

އެޗްޕީއޭއިން ބުނީ ދަތުރުމަތީގައި އުޅޭއިރުވެސް ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ އަވަހަށް ޓެސްޓް ކުރުމާއި، ރާއްޖެއަށް އައުމަށްފަހު، ވެކްސިން ފުރިހަމަނުވާ ފަރާތްތަކުން ކަނޑައެޅިފައިވާ ގޮތުގެ މަތިން ކަރަންޓީނުވާން ޖެހޭ ކަމަށެވެ. ވެކްސިން ޖަހާފައިވާ ފަރާތްތަކުން ރާއްޖެ އަންނަތާ 3-5 ދުވަހުގެ ތެރޭގައި ޕީ.ސީ.އާރް ޓެސްޓް ހަދަން ޖެހޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖޭގައި އެއްތަނުން އަނެއްތަނަށް ދަތުރުކުރާ ފަރާތްތަކުން ސަމާލުވާން ޖެހޭ ކަންތައްތަކަށް އިޝާރާތްކޮށް އެޗްޕީއޭއިން ބުނީ، ދަތުރުކުރުމަށް ފަހުވެސް ޕޮޒިޓިވް ކޭހެއްގެ ކޮންޓެކްޓަކަށް ވެއްޖެނަމަ، އެކަން އެ ހުރި ރަށެއްގެ ސިއްހީ ޚިދުމަތްދޭ މަރުކަޒަކަށް ވީހާވެސް އަވަހަށް އަންގަން ޖެހޭ ކަމަށާއި، މާލޭގައި ނަމަ އެޗްޕީއޭގެ 1676އަށް އަންގަން ޖެހޭ ކަމަށެވެ. އަދި ޚިތާނީ ހަފްލާތަކާއި ބާޒާރުތައް، އަދި ގިނަ މީހުން އެއްވާ ތަންތަނަށް ވީހާ ވެސް މަދުން މީހުން ދިއުމަކީ އެންމެ އެދެވޭ ގޮތް ކަމަށެވެ. އަދި ގައިޑްލައިން ތަކާ އެއްގޮތަށް ހަފްލާތައް ބޭވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް-19ގެ އާ ވޭރިއަންޓްތައް ވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުންދާ މިދުވަސްވަރު، މުޖުތަމައު ރައްކާތެރިކުރުމަށް ހުރިހާ ފަރާތްތަކުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވާން ޖެހޭ ކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

15 އޯގަސްޓު 2017

"ރިޝްވަތު" ގެ ނަމުގައި ޚާއްސަ ދަރުހެއް

15 އޯގަސްޓު 2017
"ރިޝްވަތު" ގެ ނަމުގައި ޚާއްސަ ދަރުހެއް
19 މެއި 2017

ތިރިވަނަންތަޕޫރަމްއަށް ދިވެހިން ގޮސް އުޅޭ ތަންތަން ފާސް ކުރުމުގެ ޚާއްސަ އޮފަރޭޝަނެއް އިންޑިއާގެ ސަލާމަތީ ބާރުތަކުން ފަށައިފި

19 މެއި 2017
ތިރިވަނަންތަޕޫރަމްއަށް ދިވެހިން ގޮސް އުޅޭ ތަންތަން ފާސް ކުރުމުގެ ޚާއްސަ އޮފަރޭޝަނެއް އިންޑިއާގެ ސަލާމަތީ ބާރުތަކުން ފަށައިފި
06 މެއި 2017

މުސާރަ ބޮޑުނުކޮށް، އިންތިޚާބާ ދިމާކޮށް ފުލުހުންނަށް ޚާއްސަ އިނާޔަތެއް!

06 މެއި 2017
މުސާރަ ބޮޑުނުކޮށް، އިންތިޚާބާ ދިމާކޮށް ފުލުހުންނަށް ޚާއްސަ އިނާޔަތެއް!
24 އެޕްރީލު 2017

މއ. ކިނާރާ ހައުސް ބަލާ ފާސްކުރަނީ ޚާއްސަ އޮޕަރޭޝަންއެއްގެ ދަށުން: ފުލުހުން

24 އެޕްރީލު 2017
މއ. ކިނާރާ ހައުސް ބަލާ ފާސްކުރަނީ ޚާއްސަ އޮޕަރޭޝަންއެއްގެ ދަށުން: ފުލުހުން
15 މާރިޗު 2017

ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު

15 މާރިޗު 2017
ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު
02 މާރިޗު 2017

ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ

02 މާރިޗު 2017
ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ
28 ފެބުރުއަރީ 2017

ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި

28 ފެބުރުއަރީ 2017
ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް