Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއޭޑީކޭގެ 35 ވަނަ އަހަރީ ދުވަސް

އޭޑީކޭގެ 35 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ޚާއްސަ ދުވުމެއް

25 ޑިސެމްބަރު 2021 | ހޮނިހިރު 08:13

މިހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނަބަލުން ފަޒްނާ އަހުމަދު ބައިވެރިވެވަޑައިގަންނަވާނެ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 25 ޑިސެމްބަރު 2021 | ހޮނިހިރު 08:13
އޭޑީކޭ ޗެރިޓީ ރަން

އޭޑީކޭ ޗެރިޓީ ރަން

އޭޑީކޭ ހޮސްޕިޓަލުގެ 35 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ޗެރިޓީ ރަންއެެއް ބޭއްވުމަށް ނިންމައިފިއެވެ.

މި ދުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ހެނދުނު 09:00ން ހަވަނަ ދުވަހުގެ ރޭ 20:00އާ ހަމައަށެވެ. ހުއްޓުމެއް ނެތި 35 ގަޑިއިރު ވަންދެން އެކި ބައިވެރީން ދުވާ މި ދުވުން ފައްޓަވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އަނބިކަނަބަލުން ފަޒްނާ އަހްމަދެވެ.

މާލޭގެ ދުވާ ޓްރެކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ދުވުމުގައި ކޮންމެ ފަސް ގަޑިއިރަކުން ލަކީޑްރޯއެއް ނެގޭނެއެވެ. އަދި ގުރުއަތުން ހޮވޭ ހަތް ފަރާތަކަށް އޭޑީކޭގެ ސްޕޯޓްސް ޕެކޭޖެއް މުޅިން ހިލޭ ލިބޭނެއެވެ.

ދުވުމުގެ އިތުރުންވެސް މި ހަރަކާތް ކުރިއަށްދާ ގަޑީގައި އެހެނިހެން ބައެއް ކަންތައްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި ސަރަހައްދުގައި ބޭސިކް ހެލްތު ޗެކަޕް ހެދެން ހުންނާނެ ކަމަށާ، ވޯޓާ ޕޮއިންޓަކާ އެނާޖީ ސްޓޭޝަނެއް ހުންނާނެކަމަށް އޭޑީކޭގެ މެނޭޖިން ޑިރެކްޓަރ އަހުމަދު އައްފާލް ވިދާޅުވިއެވެ.

އައްފާލް ވިދާޅުވީ މި ދުވުމުގައި އޭޑީކޭގެ މުއައްޒަފުންނާއެކު ބައިވެރިވެ ޖުމްލަ 35 ކިލޯމީޓަރު އައްފާލްވެސް ހަމަކުރާނެ ކަމަށެވެ.

އާންމުކޮށް ހުރިހާ ފަރާތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ދުވުމުގައި ކޮންމެ ބައިވެރިއަކު ހަމަކުރާ ކޮންމެ ކިލޯމީޓަރަކަށް އޭޑީކޭއިން 35 ރުފިޔާ ޗެރިޓީއަށް ހަދިޔާ ކުރާނެއެވެ. މި ހަރަކާތުގައި ބައިވެރިވާ ކޮންމެ ބައިވެރިއެއްވެސް މަދުވެގެން އެއް ކިލޯމީޓަރު ހަމަކުރަން ޖެހޭނެއެވެ. މި ދުވުމުން އެއްކުރާ ފައިސާ ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ ޓައިނީ ހާޓްސް މޯލްޑިވްސްއަށެވެ.

މި ހަރަކާތް ނިންމާލުމަށްފަހު ޖެނުއަރީ ހަވަނަ ދުވަހުގެރޭ 20:30 ގައި ކުޑަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ރަސްމިއްޔާތުގައި އޭޑީކޭގެ 35 ވަނަ އަހަރީ ދުވަހުގެ ލޯގޯ އިފްތިތާހުކުރާނެއެވެ. އަދި ދުވުމުން އެއްކުރި ފައިސާ ރަމްޒީ ގޮތުން ޓައިނީ ހާޓްސް މޯލްޑިވްސްއާ ހަވާލުކުރާނެއެވެ.

އިތުރަށް ކިޔާލަން

13 އޯގަސްޓު 2017

އުރީދޫގެ ޚާއްސަ ކަސްޓަމަރުންނަށް އަރާމު ކްލަބު ޕްރިމިއާ ލައުންޖެއް!

13 އޯގަސްޓު 2017
އުރީދޫގެ ޚާއްސަ ކަސްޓަމަރުންނަށް އަރާމު ކްލަބު ޕްރިމިއާ ލައުންޖެއް!
02 އޯގަސްޓު 2017

އުރީދޫގެ 12 ވަނަ އަހަރީ ދުވަސް، ކުންފުނިން ވަނީ ބޮޑު ކާމިޔާބެއް ހޯދާފައި

02 އޯގަސްޓު 2017
އުރީދޫގެ 12 ވަނަ އަހަރީ ދުވަސް، ކުންފުނިން ވަނީ ބޮޑު ކާމިޔާބެއް ހޯދާފައި
02 އޯގަސްޓު 2017

އައްޑޫސިޓީގެ މަގުމަތީ ބާޒާރު އޮގަސްޓު 3 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދަން ނިންމައިފި

02 އޯގަސްޓު 2017
 އައްޑޫސިޓީގެ މަގުމަތީ ބާޒާރު އޮގަސްޓު 3 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދަން ނިންމައިފި
20 ޖުލައި 2017

ޕޮއިސްއިން ކުޅިވަރު ކުޅޭ ފަރާތްތަކަށް ޚާއްސަ "ހޮޓްއައިސް ސްޕޯޓްސް" ތައާރަފްކޮށްފި

20 ޖުލައި 2017
 ޕޮއިސްއިން ކުޅިވަރު ކުޅޭ ފަރާތްތަކަށް ޚާއްސަ "ހޮޓްއައިސް ސްޕޯޓްސް" ތައާރަފްކޮށްފި
20 ޖުލައި 2017

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ 23 އޮގަސްޓްގައި

20 ޖުލައި 2017
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ 23 އޮގަސްޓްގައި
18 ޖޫން 2017

ކުންފުނިތަކުގެ މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި ރިޕޯޓްތައް ހުށަހެޅުން ޖުލައި 16 އަށް އިތުރުކޮށްފި

18 ޖޫން 2017
ކުންފުނިތަކުގެ މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި ރިޕޯޓްތައް ހުށަހެޅުން ޖުލައި 16 އަށް އިތުރުކޮށްފި
15 މެއި 2017

ރޯދަ މަހަށް ޚާއްސަކޮށް ވަގުތީ ދަތުރުވެރިންގެ މާރުކޭޓެއް ޤާއިމުކުރަނީ

15 މެއި 2017
ރޯދަ މަހަށް ޚާއްސަކޮށް ވަގުތީ ދަތުރުވެރިންގެ މާރުކޭޓެއް ޤާއިމުކުރަނީ
20 އެޕްރީލު 2017

ދިރާގުގެ އަހަރީ އާންމު ޖަލްސާ މިރޭ އާޓް ގެލަރީގައި އޮންނާނެ

20 އެޕްރީލު 2017
ދިރާގުގެ އަހަރީ އާންމު ޖަލްސާ މިރޭ އާޓް ގެލަރީގައި އޮންނާނެ
19 އެޕްރީލު 2017

ވެލިގާ ހާޑުވެޔަރގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނުގެ އިނާމް ހަވާލުކޮށްފި

19 އެޕްރީލު 2017
ވެލިގާ ހާޑުވެޔަރގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނުގެ އިނާމް ހަވާލުކޮށްފި
08 މާރިޗު 2017

އަންހެނުންގެ ދުވަހާ ގުޅިގެން ނަޝީ ކޭކްސް އިން ހިލޭ ކޭކް ބަހަނީ

08 މާރިޗު 2017
އަންހެނުންގެ ދުވަހާ ގުޅިގެން ނަޝީ ކޭކްސް އިން ހިލޭ ކޭކް ބަހަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް