Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 ވެކްސިންގެ ހާލަތު

ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު 24،000ން މައްޗަށް

ކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 396،570ށް އަރާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 24 ޑިސެމްބަރު 2021 | ހުކުރު 20:16
ކުޅުދުއްފުށީގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެށުމުގެ ތެރެއިން

ކުޅުދުއްފުށީގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެށުމުގެ ތެރެއިން

ރާއްޖޭގައި ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު 24،201ށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން އެންމެ ފަހުން އާންމުކޮށްފައިވަނީ ބުރާސްފަތި ދުވަހު ރާއްޖޭގައި ވެކްސިން ޖަހާފައިވާ ތަފާސްހިސާބުތަކެވެ. މިތަފާސްހިސާބުތައް ދައްކާގޮތުގައި ބުރާސްފަތި ދުވަހު ބޫސްޓަރ ޑޯޒް ޖަހާފައިވަނީ 473 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 196 މީހުންނާއި އަތޮޅުތަކުން 277 މީހުންނެވެ.

Advertisement - newsAdvertisement

ބުރާސްފަތި ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް 59 މީހުން ވަނީ ޖަހާފައެވެ. އެއީ މާލެ ސަރަހައްދުން 45 މީހުންނާއި އަތޮޅުތަކުން 14 މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 396،570ށް އަރާފައެވެ.

ބުރާސްފަތި ދުވަހު ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހާފައިވަނީ 144 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 81 މީހުންނާއި އަތޮޅުތަކުން 63 މީހުންނެވެ. މިއާއެކު ދެ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 366،892ށް އަރާފައެވެ.

ސަރުކާރުން ގެންދަނީ އުމުރުން 12 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖަހައިދެމުންނެވެ. އަދި ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ޚިދުމަތްތެރިންނަށާއި، 60 އަހަރުން މަތީގެ މީހުންނަށާއި، ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް ބޫސްޓަރ ޑޯޒް ޖަހައިދެމުންދެއެވެ. ނަމަވެސް މި މަހުގެ 15ން ފެށިގެން ބޫސްޓަރ ޑޯޒް ޖެހުން އާންމުންނަށް ހުޅުވާލާނެކަމަށް މީގެ ކުރިން އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މި މަސައްކަތް އަދިވެސް ނުފެށިވާއިރު، ފައިޒަރ ވެކްސިންގެ 100،620 ޑޯޒު ވަނީ ރާއްޖެއަށް ލިބިފައެވެ. މިހާރު އާންމުނަށް ބޫސްޓަރ ޑޯޒް ދިނުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށް އެޗްޕީއޭއިން ބުނެއެވެ. ނަމަވެސް ވެކްސިން ޖެހުމަށް ބޭނުންވާ ސިރިންޖްގެ ގްލޯބަލް ސްޓޯރޭޖް ޝޯޓޭޖެއް އުޅޭތީ، ވެކްސިނާއެކު ލިބެންޖެހޭ ސިރިންޖް ޝިޕްމެންޓް ލިބުމުގައި ލަސްތަކެއް ކުރިމަތިވެފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި ސިރިންޖް ލިބި، އެހެނިހެން ތައްޔާރީތައް ނިމުމުން ވެކްސިން ޖަހާނެ ދުވަހެއް އިއުލާން ކުރެވޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ހިންމަފުށީ ގެއަށް އެރީ ގިރިފުށިން ޖެހި ވަޒަނެއް ނޫން: އެމްއެންޑީއެފް

05 ފެބުރުއަރީ 2017
ހިންމަފުށީ ގެއަށް އެރީ ގިރިފުށިން ޖެހި ވަޒަނެއް ނޫން: އެމްއެންޑީއެފް
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!
01 ފެބުރުއަރީ 2017

ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި

01 ފެބުރުއަރީ 2017
ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު