Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާޅޮހު ޖަމިއްޔަތުލް ފަލާހު

'ފަލާހު ވެހި' ގޯތި ނެގުމަށް ކައުންސިލުން ނިންމުމުން ޖަމިއްޔަތުލް ފަލާހުން އެކަން ކުށްވެރިކޮށްފި

24 ޑިސެމްބަރު 2021 | ހުކުރު 18:20

ޖަމިއްތުލް ފަލާހުން ސިފަކޮށްފައި ވަނީ މިއީ ޣައިރު ގާނޫނީ އަމަލެއްގެ ގޮތުގައި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 24 ޑިސެމްބަރު 2021 | ހުކުރު 18:20
އއ. މާޅޮސް

އއ. މާޅޮސް

އއ. މާޅޮހު ޖަމިއްޔަތުލް ފަލާހަށް ރަޖިސްޓްރީކޮށްފައިވާ 'ފަލާހު ވެހި' ގޯތީގެ ބޮޑުބައެއް ނެގުމަށް ނިންމުމާއެކު އެޖަމިއްޔާއިން ނުރުހުން ފާޅުކޮށްފިއެވެ.

ޖަމިއްޔަތުލް ފަލާހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެބިމަކީ އެޖަމިއްޔާގެ އިހްތިސާސް ހިނގާ ބިމަކަށް ވާއިރު ބިމުގެ ބޮޑުބައެއް ނެގުމަށް މާޅޮހުގެ ކައުންސިލުން ފޮނުވާފައިވާ ސިޓީ އެޖަމިއްޔާއިން ގަބޫލު ނުކުރާ ކަމަށެވެ. އަދި މިއީ ޣައިރު ގާނޫނީ އަމަލެއްގެ ގޮތުގައި ސިފަކޮށް، އެޖަމިއްޔާއިން ވަނީ އެއަމަލު ކުށްވެރިކޮށްފައެވެ.

Advertisement - newsAdvertisement

ޖަމިއްޔަތުލް ފަލާހުން ބުނީ މިފަދަ އަމަލުތަކަކީ، ލާމަރުކަޒީ ނިޒާމަށް ރާއްޖެ ފަށާފައިވާ ދަތުރުގައި، ކައުންސިލުތަކަށާއި، ދައުލަތާއި ސަރުކާރުގެ ނިޒާމުތަކަށް ރައްޔިތުން ކުރާ އިތުބާރު ގެއްލި، ހައްގުތައް ރައްކާތެރި ކުރެވޭނެކަން ޔަގީން ނުވާހާލަތަށް ގޮސްދާނެކަމެއްކަން އެ ޖަމިއްޔާއިން ގަބޫލުކުރާ ކަމަށެވެ. އަދި މިގޮތަށް ކަންތައްތައް ވަމުން އަންނާތީ، ކައުންސިލްތަކަށް ލާމަރުކަޒީ ނިޒާމުގެ ތެރެއިން އިތުރު ބާރުތައް ދިނުމާ ގުޅިގެން، ކައުންސިލުތަށް ހޭލުންތެރިކޮށް، ގާބިލުކަން އިތުރުކުރުމަށާއި، ކައުންސިލުން ކުރާ ކަންކަން މޮނިޓަރކޮށް ބެލޭނެ ނިޒާމުތައް ވަރުގަދަކުރުމަށް ދައުލަތާއި ސަރުކާރުގެ ގުޅުންހުރި އިދާރާތަކަށް އެޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.

ފަލާހު ވެހި ބިމުގައި، ސަރުކާރުގެ ހިލޭއެހީގެ ދަށުން ހިނގަމުންދާ ޕްރޮޖެކްޓެއްގެ މަސައްކަތްތައް މިވަގުތުވެސް އަންނަނީ ކުރަމުންނެވެ. ޖަމިއްޔަތުލް ފަލާހަކީ މިވަގުތު މާޅޮހުގައި ހަރަކާތްތެރިވާ ހަމައެކަނި ޖަމިއްޔާއެވެ.

ސަރުކާރުގެ "ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2015-2023" ގައި ވަރަށް ބޮޑު އިސްކަމެއް ޖަމިައްޔާތަކަށް ދީފައިވާއިރު، ޕޮލިސީ ތިނެއްގެ ދަށުން ހާސިލްކުރަން ކަނޑައަޅާފައިވާ ޓާރގެޓް 3.3ގައި 2023ގެ ނިޔަލަށް ލޯކަލް ކައުންސިލްތަކުގެ ފަސްދޮޅަސް އިންސައްތަ، ކައުންސިލުން މަދަނީ ޖަމިއްޔާތަކާއެކު ޕާރޓްނަރޝިޕް އެއްބަސްވުމުގައި ސޮއިކުރުމަށް ވަނީ ކަނޑައަޅާފައެވެ.

ޖަމިއްޔަތުލް ފަލާހުން ބުނީ މާޅޮހު ކައުންސިލުގެ މި އަމަލުންވެސް މިއަދުގެ ސަރުކާރުގެ ސިޔާސަތުތަކާއި ޕްލޭންތަކާ ދެކޮޅުކަން ހާމަވާ ކަމަށެވެ. މީގެ އިތުރުން އިޖްތިމާއީ މަރުކަޒު ފަދަ ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި އެކަށީގެންވާ މިންވަރަށް ރައްޔިތުންނާއި މަޝްވަރާކޮށްފައި ނުވާކަން ފާހަގަކޮށްފައިވެއެވެ.

ކަންމިހެން ހުރުމާއެކު، މިވަގުތުން ފެށިގެން، އެޖަމިއްޔާގެ ހިންގާކޮމިޓީގެ މެންބަރުން ފިޔަވާ އެއްވެސް މީހަކަށް، ޖަމިއްޔާގެ ރައީސްގެ ހުއްދަނެތި ޖަމިއްޔާގެ ގޯތިކަމުގައިވާ ފަލާހު ވެއްސަށް ވަނުމަކީ މަނާކަމެއްކަން އެޖަމިއްޔާއިން ވަނީ ކަނޑައަޅާފައެވެ. އަދި މާޅޮހު ކައުންސިލުގެ ނިންމުމަކީ ބަލައިނުގަނެވޭނެ ނިންމުމެއްކަމަށާ، އެނިންމުން އަނބުރާ ގެންދިއުމަށް އެޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް