Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫ ބިމުގެ މައްސަލަ

އައްޑޫ ބިމުގެ މައްސަލައިގައި ސިޓީ ކައުންސިލްގެ ނިންމުން ރަނގަޅުކަމަށް ބުނެ ދަށު ކޯޓުގެ ނިންމުމަށް ހައި ކޯޓުން ތާއީދުކޮށްފި

24 ޑިސެމްބަރު 2021 | ހުކުރު 08:10

ކައުންސިލްގެ ނިންމުން ރަނގަޅު ކަމަށް ހިތަދޫ ކޯޓުން ނިންމާފައި ވަނިކޮށް އެއާ ތަފާތުކޮށް އަނެއް ހަތް މައްސަލައިގައި ހަމަ އެ ކޯޓުން ނިންމުމަކީ ގާނޫނާ ޚިލާފަށް ނިންމި ނިންމުމެއް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 24 ޑިސެމްބަރު 2021 | ހުކުރު 08:10
އައްޑޫ ސިޓީގެ 35 ބިމެއް ސިޓީ ކައުންސިލަސް ނެގުމަށް ނިންމާފައިވޭ

އައްޑޫ ސިޓީގެ 35 ބިމެއް ސިޓީ ކައުންސިލަސް ނެގުމަށް ނިންމާފައިވޭ

އައްޑޫ ސިޓީގެ އިކުއަޓޯރިއަލް ހޮސްޕިޓަލް ކައިރިން ދޫކުރި ގޯތިތައް ނެގުމަށް ސިޓީ ކައުންސިލުން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ހައި ކޯޓުން ބުނެފިއެވެ.

އިކުއަޓޯރިއަލް ހޮސްޕިޓަލް ކައިރިން ދޫކޮށްފައިވާ 35 ބިމެއް ދައުލަތަށް ނެގުމަށްފަހު އޭގެ ބަދަލުގައި ހިތަދޫ ސްޓޭޑިއަމް ސަރަހައްދުން ބިން ދޫކުރަން އައްޑޫ ސިިޓީ ކައުންސިލުން ނިންމި މައްސަލައިގައި 14 މީހަކު ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އޭގެ ތެރެއިން ހަތް މައްސަލައެއްގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމާފައި އޮތީ ސިޓީ ކައުންސިލްގެ ނިންމުން ރަނގަޅު ކަމަށެވެ. އަނެއް ހަތް މައްސަލައިގައި އެ ކޯޓުން ނިންމީ އައްޑޫ ސިޓީ ކައުންސިލަށް ނެގުމަށް ނިންމާފައިވާ ނިންމުން ތަންފީޒުކުރެވޭނީ ކޯޓަށް ހުށަހަޅައި ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތީން ކަމަށާއި، އައްޑޫ ސިޓީ ކައުންސިލްގެ އިއުލާނަކީ ބާތިލް އިއުލާނެއް ކަމަށެވެ. އެހެންކަމުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރިއެވެ.

Advertisement - newsAdvertisement

ހައި ކޯޓުން ކުރި ހުކުމުގައިވަނީ މީހުންގެ މުދާ އަތުލުން ގާނޫނު އަސާސީން މަނާ ކުރިޔަސް، އާންމު ފައިދާއަކަށްޓަކައި ޝަރީއަތް މެދުވެރިކޮށް ބަދަލު ދިނުމަށްފަހު މުދަލެއް ދައުލަތަށް ނެގިދާނެ ކަމަށް ގާނޫނުު އަސާސީގައި ބުނެފައިވާ ކަމަށެވެ. އަދި ގޯތިތައް އަތުލަން އައްޑޫ ސިޓީ ކައުންސިލުން ނިންމި ނިންމުމުގައި ވެސް އޮތީ ގޯތިތަކުގެ ވެރިފަރާތްތަކަށް ގާނޫނާ އެއްގޮތަށް ދޭންޖެހޭ ބަދަލެއް ދިނުމަށްފަހު ގޯތިތައް އަތުލުން ކަމަށާއި އެހެންވެ، އެއީ ގާނޫނާ ޚިލާފް ނިންމުމެއް ނިިންމުމެއް ނޫން ކަމަށެވެ.

ކައުންސިލްގެ ނިންމުން ރަނގަޅު ކަމަށް ހިތަދޫ ކޯޓުން ނިންމާފައި ވަނިކޮށް އެއާ ތަފާތުކޮށް އަނެއް ހަތް މައްސަލައިގައި ހަމަ އެ ކޯޓުން ނިންމުމަކީ ގާނޫނާ ޚިލާފަށް ނިންމި ނިންމުމެއް ކަމަށެވެ. އަދި އެއް ކޯޓަކުން ދެގޮތަށް އެއްކަހަލަ މައްސަލައެއް ނިންމީ ދެ ފަނޑިޔާރަކު އެ މައްސަލަތައް ބެލުމުން ކަމަށެވެ. ސުޕްރީމް ކޯޓުން މިފަދަ މައްސަލައެއްގައި ކޮށްފައިވާ ހުކުމަށް ރިއާޔަތް ކޮށް ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ، އެފަދަ ހާލަތްތަކުގައި އެ ހުރިހާ މައްސަލަތަކެއް ބަލަން ޖެހޭނީ އެއް ފަނޑިޔާރަކު ކަމަށެވެ.

އެހެންކަމުން ހައި ކޯޓުގައި މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުވީ، ގޯތިތައް އަތުލަން ކައުންސިލުން ނިންމި ނިންމުން ބާތިލް ކުރަން ހިތަދޫ ކޯޓުން ކުރި ހުކުމްތައް ބާތިލް ކުރުމަށާއި، ކައުންސިލްގެ ނިންމުން ރަނގަޅު ކަމަށް ކުރި ހުކުމްތަކަށް ތާއީދުކުރުމަށެވެ.

ހައި ކޯޓުން އެ މައްސަލަ ބެއްލެވީ އިސް ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްގެ އިތުރުން ފަނޑިޔާރު މުހައްމަދު ފައިސަލެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ އިސް ފަނޑިޔާރު ހާތިފެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް