Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޝެއިޚް ހަސީނާ ފުރާވަޑައިގަތުން

ޝެއިޚް ހަސީނާ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައިފި

23 ޑިސެމްބަރު 2021 | ބުރާސްފަތި 18:25

ޝެއިޚް ހަސީނާއަށް ރަސްމީގޮތުން މަރުހަބާ ދެންނެވީ ބުރާސްފަތި ދުވަހު

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 23 ޑިސެމްބަރު 2021 | ބުރާސްފަތި 18:25
ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ދަޢުވަތަކަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ރަސްމީ ބައި ނިންމަވާލައްވައިފިއެވެ.

މިދިޔަ ބުދަ ދުވަހު ބޮޑުވަޒީރު ޝައިޚް ހަސީނާއާއި ބަންގްލަދޭޝްގެ އިސްވެރިން ހިމެނޭ ވަފްދު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަޑައިގެންނެވުމުން އެބޭފުޅުންނަށް މަރުހަބާ ދަންނަވާފައި ވަނީ ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންނެވެ.

Advertisement - newsAdvertisement

ޝައިޚް ހަސީނާއަށް ރަސްމީ ގޮތުން މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮތީ، ‏ބުރާސްފަތި ދުވަހުގެ ހެނދުނު ޖުމްހޫރީ މައިދާނުގައެވެ. އެކަމަނާ މާލެއަށް ފައިބައިވަޑައިގަތުމާއެކު، ރަސްމީ ފާލަމުން އެކަމަނާއަށް މަރުހަބާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހެވެ. މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތަށްފަހު، ބަންގްލަދޭޝްގެ ބޮޑުވަޒީރު، ޝައިޚް ހަސީނާ، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޑައިގަތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގަތުމަށްފަހު އެކަމަނާ ވަނީ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި، ރާއްޖެއާއި ބަންގްލަދޭޝް ސަރުކާރާ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވައި މަޝްވަރާ ކުރައްވާފައެވެ. އެއަށްފަހު، ދެ ބޭފުޅުންގެ ކުރިފުޅުމަތީގައި ދެގައުމުގެ ދެމެދުގައި 4 އެއްބަސްވުމެއް ވަނީ ބަދަލުކުރައްވާފައެވެ.

ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެގައުމުގެ ދެމެދުގައި މިއަދު ބަދަލުކުރެވުނު އެއްބަސްވުންތަކަކީ "މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ އޮން ދަ ރިކްރޫމަންޓް އޮފް ކޮލިފައިޑް ހެލްތު ޕްރޮފެޝަނަލްސް"އާއި "ރިނިއުވަލް އޮފް މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ އިން ދި އޭރިއާސް އޮފް ހެލްތުކެއަރ އެންޑް މެޑިކަލް ސައިންސް"އާއި "މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ އޮން ކޯޕަރޭޝަން އިން ދި އޭރިއާ އޮފް ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް"އާއި އަދި ދިވެހި ސަރުކާރާއި ބަންގްލަދޭޝް ސަރުކާރާ ދެމެދު، ޓެކްސްއަށް މަކަރު ހެދުމުގެ ފުރުސަތު ނައްތާލުމަށާއި ޑަބަލް ޓެކްސޭޝަން ނައްތާލުމަށް ހެދި އެގްރީމަންޓެވެ. މި އެއްބަސްވުންތަކުގެ އިތުރުން، ބަންގްލަދޭޝްއިން ރާއްޖެއަށް ހަދިޔާކުރި އަސްކަރީ އުޅަނދުތަކުގެ ތަޅުދަނޑި ރަމްޒީގޮތުން ހަވާލުކޮށްދެއްވުން ކުރިއަށް ގެންގޮސްފައިވެއެވެ.

މިއަދު މެންދުރު ދެ ގައުމުގެ ލީޑަރުން ވަނީ ގުޅިފައިވާ ބަޔާން ދެއްވައި ދެގައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ތާރީޚީ ގުޅުމާއި އަވަށްޓެރި މި ދެ ގައުމުން ގަބޫލުކުރާ އެއްގޮތް އުސޫލުތަކާއި އާދަކާދަތަކާއި އަދި ހިއްސާކުރާ އެއްގޮތްކަންތައްތަކުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

މީގެ އިތުރުން ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ އަރިހަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. އަދި، ބަންގްލަދޭޝްގެ ބޮޑުވަޒީރާއި އިސްވެރިންގެ ވަފްދުގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިރޭ ރަސްމީ ޖާފަތެއް ވެސް ބާއްވަވާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

03 މާރިޗު 2017

މިހާރު ރާއްޖެއަށް ކުރާ ވިއްސާރައަކީ ލޯ ޕްރެޝަރ ޓްރަފްއަކާ ގުޅިގެން ކުރާ ވިއްސާރައެއް: މެޓް

03 މާރިޗު 2017
މިހާރު ރާއްޖެއަށް ކުރާ ވިއްސާރައަކީ ލޯ ޕްރެޝަރ ޓްރަފްއަކާ ގުޅިގެން ކުރާ ވިއްސާރައެއް: މެޓް
26 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: ފ. އަތޮޅު އެއްބަސްވުމުގައި ސޮއިކުރައްވާނެ!

26 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: ފ. އަތޮޅު އެއްބަސްވުމުގައި ސޮއިކުރައްވާނެ!
25 ފެބުރުއަރީ 2017

އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!

25 ފެބުރުއަރީ 2017
އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!
22 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: 3 ރިސޯޓް ބުކްކޮށްފައި، އަރިހުގައި 1500 އޮފިޝަލުން

22 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: 3 ރިސޯޓް ބުކްކޮށްފައި، އަރިހުގައި 1500 އޮފިޝަލުން
21 ފެބުރުއަރީ 2017

އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު

21 ފެބުރުއަރީ 2017
އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު
21 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން

21 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން
07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް