Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޝެއިޚް ހަސީނާގެ ދަތުރުފުޅު

ބޮޑު ވަޒީރު ޝެއިޚް ހަސީނާ ރާއްޖެ ވަޑައިގަތުމާއި ގުޅިގެން އެމްއެންޑީއެފުން ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް

23 ޑިސެމްބަރު 2021 | ބުރާސްފަތި 04:26

މި އޮޕަރޭޝަން ކުރިއަށް ގެންދިޔުމުގައި އެންމެހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 23 ޑިސެމްބަރު 2021 | ބުރާސްފަތި 04:26
ސަލާމަތީ ޙިދުމަތްތަކުން ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމުގެ މަސައްކަތުގައި

ސަލާމަތީ ޙިދުމަތްތަކުން ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމުގެ މަސައްކަތުގައި

ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާ ރާއްޖެ ވަޑައިގަތުމާއި ގުޅިގެން އެމްއެންޑީއެފުން ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް އެބަ ގެންދެއެވެ.

މިކަމާއި ގުޅޭގޮތުން ނެރުނު ބަޔާނެއްގައި އެމްއެންޑީއެފުން ބުނީ އެކަމަނާގެ މި ދަތުރުފުޅުގައި ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ސަލާމަތީ ޚިދުމަތްތަކުން ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދާ ކަމަށާއި މި އޮޕަރޭޝަން ކުރިއަށް ގެންދިޔުމުގައި އެންމެހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

Advertisement - newsAdvertisement

އެކަމަނާގެ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މި އަހަރުގެ މާރޗް މަހު ބަންގްލަދޭޝަށް ކުރެއްވި ދަތުރުފުޅުގައި އެރުވި ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ޝެއިޚް ހަސީނާ ރާއްޖެއަށް ކުރައްވާ ދަތުރުފުޅާ ގުޅޭ ގޮތުން އެ ގައުުމުގެ ފޮރިން މިނިސްޓަރު ޑރ. އޭކޭ އަބްދުލް މޫމިން ވިދާޅުވީ ޝެއިޚް ހަސީނާ ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި 4 އެއްބަސްވުމެއްގައި ސޮއިކޮށް، 13 އަސްކަރީ އުޅަނދު ރާއްޖެއަށް ހަދިޔާ ކުރައްވާނެ ކަމަށެވެ. ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ އެއްބަސްވުން ތަކުގެ ތެރޭގައި އެވޮއިޑެންސް އޮފް ޑަބަލް ޓެކްސޭޝަން، ގައިދީން ބަދަލު ކުރުމުގެ އެއްބަސް ވުމަކާއި ޒުވާނުންނާއި ކުޅިވަރާ ގުޅޭ ދާއިރާގެ އެއްބަސްވުމެއް ހިމެނެއެވެ. އަދި ސިއްޙީ ދާއިރާއިން މީހުން ތަމްރީނު ކުރުމަށް ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ވެފައިވާ އެއްބަސްވުން އައު ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ރަސްމީކޮށް މަރުހަބާ ދެންނެވުމުގެ ގޮތުން ބުރާސްފަތި ދުވަހު އެކަމަނާއަށް ގާރޑް އޮފް އޮނަރއެއް އަރުވާނެއެވެ. ދެގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތަކަށްފަހު ގުޅިފައިވާ ބަޔާނެއް ދެއްވުމަށްވަނީ ހަމަޖެހިފައެވެ. އެއަށްފަހު ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ އެއްބަސްވުން ތަކުގައި ސޮއި ކުރައްވާނެއެވެ. ރައްޔިތުންގެ މަޖިލީހުގައި ބުރާސްފަތި ދުވަހުގެ ހަވީރު 4:00ގައި އެކަމަނާ ތަގުރީރު ކުރައްވާނެއެވެ.

ނާއިބުރައީސް ފައިސަލް ނަސީމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާ ހޮޓެލް ޖެންގައި ބައްދަލު ކުރައްވަން ހަމަޖެހިފައި ވެއެވެ.

މި މަހުގެ 24 ވަނަ ދުވަހު ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ ރައްޔިތުންނާ ވާރޗުއަލްކޮށް އެކަމަނާ ބައްދަލު ކުރައްވާނެއެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ގައުމަށް ވަޑައިގަންނަވާނީ މި މަހުގެ 27 ވަނަ ދުވަހު ކަމަށް ބަންގްލަދޭޝްގެ މީޑިއާއިން ރިޕޯޓްކޮށްފައިވެއެވެ.

އެމްއެންޑީއެފް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
03 ޑިސެމްބަރު 2025

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
30 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!
29 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!
23 ނޮވެމްބަރު 2025

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި
21 ނޮވެމްބަރު 2025

އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް

21 ނޮވެމްބަރު 2025
އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް
14 ނޮވެމްބަރު 2025

ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ

14 ނޮވެމްބަރު 2025
ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ
13 ނޮވެމްބަރު 2025

355 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ޝަރީއަތް ނިމެންދެން އެންމެން ބަންދު

13 ނޮވެމްބަރު 2025
355 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ޝަރީއަތް ނިމެންދެން އެންމެން ބަންދު
11 ނޮވެމްބަރު 2025

ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ

11 ނޮވެމްބަރު 2025
ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ
08 ނޮވެމްބަރު 2025

މާލެ އިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ، އެމްއެންޑީއެފްގެ ބަހެއް ނެތް

08 ނޮވެމްބަރު 2025
މާލެ އިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ، އެމްއެންޑީއެފްގެ ބަހެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް