Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އޮމިކްރޯން ވޭރިއަންޓް

ޑެލްޓާ ވޭރިއަންޓާ އަޅާބަލާއިރު، އޮމިކްރޯން ޖެހިގެން ހޮސްޕިޓަލުގައި އެނދުމަތި ކުރަންޖެހޭ އަދަދު ދަށް: ދެކުނު އެފްރިކާގެ ދިރާސާ

އޮމިކްރޯން ވޭރިއަންޓް ޖެހުނު މީހުންގެ ތެރެއިން ބޮޑެތި ބަލިތައް ޖެހޭ މީހުންގެ އިންސައްތަ ވެސް ދަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 22 ޑިސެމްބަރު 2021 | ބުދަ 19:10
މީހަކަށް ފަރުވާ ދެނީ

މީހަކަށް ފަރުވާ ދެނީ

ޑެލްޓާ ވޭރިއަންޓާ އަޅައިބަލާއިރު އޮމިކްރޯން ވޭރިއަންޓުގައި ހޮސްޕިޓަލުގައި އެނދުމަތި ކުރަން ޖެހޭ މީހުންގެ ނިސްބަތް މަދު ކަމަށް ދެކުނު އެފްރިކާގައި ހެދި ދިރާސާއަކުން ދައްކައިފިއެވެ.

މި ދިރާސާއިން ދެއްކި ގޮތުގައި އޮމިކްރޯން ވޭރިއަންޓް ޖެހިފައިވާ މީހުންގެ ތެރެއިން ބޮޑެތި ބަލިތައް ޖެހޭ މީހުންގެ އިންސައްތަ ވެސް ދަށެވެ.

އެހެން ވޭރިއަންޓްތައް ފެނިގެން ހޮސްޕިޓަލުގައި އެނދުމަތި ކުރެވުނު މީހުންނާ އަޅައިބަލާއިރު އޮމިކްރޯން ވޭރިއަންޓް ޖެހިގެން އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހަށް، ދެކުނު އެފްރިކާގައި ހޮސްޕިޓަލުގައި އެނދުމަތި ކުރެވުނު މީހުންގެ ނިސްބަތް 80 އިންސައްތަ ދަށެވެ.

ދިރާސާއިން ދައްކާ ގޮތުގައި އެ މުއްދަތުގައި އެނދުމަތި ކުރެވުނު ބަލި މީހުންގެ ނިސްބަތަށް ބަލާއިރު އެހެން ވޭރިއަންޓްތައް ހުރި މީހުންނެކޭ އެއްފަދައިން އޮމިކްރޯން ވޭރިއަންޓް ފެނުނު މީހުންގެ ކިބައިން ބޮޑެތި ބަލިތައް ފެނުމުގެ ފުރުސަތު ހުރީ އެއްވަރެއްގައެވެ. އޭޕްރިލް މަހާއި ނޮވެމްބަރު މަހު ޑެލްޓާ ވޭރިއަންޓް ފެނުނު މީހުންނާ އަޅަައިބަލާއިރު އޮކްޓޯބަރު މަހުން ނޮވެމްބަރު މަހަށް އޮމިކްރޯން ފެނިގެން އެނދުމަތި ކުރެވުނު މީހުންގެ އަދަދު 70 އިންސައްތަ ދަށެވެ.

މެޑިސިންގެ ޕްރޮފެސަރެއް ކަމަށްވާ ޕައުލް ހަންޓަރ ވިދާޅުވެފައިވަނީ، މި ދިރާސާއަކީ މުހިންމު ދިރާސާއަކަށް ވެގެންދާނެ ކަމަށެވެ. އެހެންނަމަވެސް ޑެލްޓާ ވޭރިއަންޓް ފެނުނު މުއްދަތާއި އޮމިކްރޯން ފެނިގެން މިހާރު ހަދާފައިވާ ދިރާސާއިން، ހޮސްޕިޓަލުގައި އެނދުމަތި ކުރެވުނު މީހުންގެ އިންސައްތަ ދަށްވެފައިވަނީ އޮމިކްރޯން ވޭރިއަންޓް އަސަރު ކުރާ މިންވަރު ދަށްވުމުން ކަމެއް ނުވަތަ ވެކްސިން ޖެހި މީހުންގެ އިމުނިޓީ އިތުރުވުމުންކަން އަދި ބުނަން ދަތި ކަމަށް އޭނާ ވިދާޅުވިއެވެ.

ދެކުނު އެފްރިކާއިން މި ދިރާސާ ހަދާފައިވާއިރު ކޮވިޑް-19ގެ އައު ވޭރިއަންޓް (އޮމިކްރޯން ވޭރިއަންޓް) ބާރު މިނެއްގައި ފެތުރެމުންދާތީ، އެކަމުގެ ނުރައްކާތެރި ސިގްނަލް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ދީފައެވެ. ޑަބްލިއުއެޗްއޯގެ ޗީފް ސައިންޓިސްޓް ސޯމިޔާ ސްވާމިނަތަން ވިދާޅުވީ، އޮމިކްރޯން ވޭރިއަންޓް ޖެހެމުންދާ މީހުންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންދާކަމަށެވެ. އަދި ގައުމުތަކުގެ ސިއްހީ ނިޒާމަށް ބާރުބޮޑުވަމުންދާއިރު، މީގެ ކުރިން ފެނިފައިވާ ވޭރިއަންޓް ތަކަށްވުރެ އޮމިކްރޯން ވޭރިއަންޓްގެ ނުރައްކާ ކުޑަކަމަށް ނިންމާލުން ބުއްދިވެރި ނޫން ކަމަށެވެ.

ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް މި ވޭރިއަންޓް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ސޯމިޔާ ވިދާޅުވިއެވެ. އެހެންކަމުން ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް އަމާޒުކޮށް ގައުމުތަކުން ކުރިއަށްގެންދާ ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުމުގެ ޕްރޮގްރާމަށް އޭނާ ވަނީ އަލިއަޅުވާލައްވާފައެވެ.

މިކަމާ ގުޅިގެން ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ވިދާޅުވީ، އޮމިކްރޯން ވޭރިއަންޓް ޑެލްޓާ ވޭރިއަންޓަށްވުރެ ބާރަށް ފެތުރެމުންދާކަމުގެ ހެކިތައް މިހާރު ފެންނަން އެބަހުރި ކަމަށެވެ. އަދި ވެކްސިން ޖަހާފައި ތިބޭ މީހުންނާއި، ކުރިން ބަލި ޖެހިފައިވާ މީހުންނަށް އަލުން މި ވޭރިއަންޓް ޖެހުން ގާތް ކަމަށް ޓެޑްރޯސް ވިދާޅުވިއެވެ. އެހެންކަމުން މި ވޭރިއަންޓްގެ ނުރައްކާ ބޮޑުކަން ހާމަވާ ކަމަށް ވިދާޅުވިއެވެ. 

އޮމިކްރޯން ވޭރިއަންޓްސައުތު އެފްރިކާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޓްރަމްޕް ހާޒިރުނުވި ނަމަވެސް ދެކުނު އެފްރިކާއަށް ކުރި ޖީ20 ދަތުރު ސްޓާރމަރ ދިފާއުކުރައްވައިފި

ޓްރަމްޕް ހާޒިރުނުވި ނަމަވެސް ދެކުނު އެފްރިކާއަށް ކުރި ޖީ20 ދަތުރު ސްޓާރމަރ ދިފާއުކުރައްވައިފި

21 ނޮވެމްބަރު 2025
ގާނޫނުގައި ލިޔެވޭ ކޮންމެ ކަމަކީ ހުއްދަކަމެއްތޯ؟

ގާނޫނުގައި ލިޔެވޭ ކޮންމެ ކަމަކީ ހުއްދަކަމެއްތޯ؟

10 އޮކްޓޯބަރު 2025
ކޮރަޕްޝަނުގެ ތުހުމަތުގައި ދެކުނު އެފްރިކާގެ ނެޝަނަލް އެސެމްބްލީގެ ސްޕީކަރުގެ ގެ ބަލައިފާސްކޮށްފި

ކޮރަޕްޝަނުގެ ތުހުމަތުގައި ދެކުނު އެފްރިކާގެ ނެޝަނަލް އެސެމްބްލީގެ ސްޕީކަރުގެ ގެ ބަލައިފާސްކޮށްފި

19 މާރިޗު 2024
ދެކުނު އެފްރިކާއިން އިސްރާއީލާ ދެކޮޅަށް ހުށަހެޅި މައްސަލާގައި އީޔޫ ހިމޭނުން އޮތީ ކީއްވެ؟

ދެކުނު އެފްރިކާއިން އިސްރާއީލާ ދެކޮޅަށް ހުށަހެޅި މައްސަލާގައި އީޔޫ ހިމޭނުން އޮތީ ކީއްވެ؟

13 ޖެނުއަރީ 2024
މަންޑޭލާ "މެޖިކް" އަދިވެސްއެގޮތުގައި އެބައޮތްތަ؟

މަންޑޭލާ "މެޖިކް" އަދިވެސްއެގޮތުގައި އެބައޮތްތަ؟

06 ޑިސެމްބަރު 2023

އަހަރުތަކުން މިއަދު

11 މާރިޗު
ގާރލިކް ޓަސްކަން ޗިކެން
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގާރލިކް ޓަސްކަން ޗިކެން

އަލުވި ޗީޒް ޕޭންކޭކް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

އަލުވި ޗީޒް ޕޭންކޭކް

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް
20233 އަހަރު ކުރިން
ރާއްޖެ

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ
20224 އަހަރު ކުރިން
ރާއްޖެ

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!
20215 އަހަރު ކުރިން
ރިޕޯޓު

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!
20197 އަހަރު ކުރިން
ރިޕޯޓު

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު