Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖާބިރު ކޯޓަށް ހާޒިރުކުރުން

ޝަރުތަކާއެކު ޖާބިރު ދޫކޮށްލައިފި

ދޫކޮށްލީ ޢަލީ މުޙައްމަދަށް 10 ދުވަހުގެ ތެރޭގައި މުސާރަ ދިނުމަށް ޝަރުތުކުރުމަށްފަހު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 22 ޑިސެމްބަރު 2021 | ބުދަ 07:39
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު

ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ޖާބިރު ކޯޓަށް ހާޒިރުކުރުމަށްފަހު ޝަރުތަކާއެކު ދޫކޮށްލައިފިއެވެ.

ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުގައި ޖާބިރު ހައްޔަރުކޮށްފައިވަނީ ބުދަ ދުވަހުގެ ވަގުތެއްގައި ގދ. ތިނަދޫގައި ހުންނަވަނިކޮށެވެ.

Advertisement - newsAdvertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖާބިރު ހައްޔަރުކޮށްފައިވަނީ ސިވިލް ކޯޓުން އޭނާ ކޯޓަށް ހާޒިރު ކުރަން ނެރެފައިވާ އަމުރެއް ތަންފީޒު ކުރުމުގެ ގޮތުންނެވެ. ސިވިލް ކޯޓުގައި ބުދަ ދުވަހުގެ ހެނދުނު 10:00ށް ތާވަލުކޮށްފައިވަނީ ޖާބިރުގެ ކުންފުނި ޔޮޓް ޓުއަރސްގެ މައްޗަށް ސަބިތުވެފައިވާ ސާބިތު ދަރަންޏެއްގެ މައްސަލައެވެ.

ޖާބިރު ކޯޓަށް ހާޒިރު ކުރި މައްސަލައަކީ ޔޮޓް ޓުއަރސްއިން އެ ކުންފުނީގެ މުވައްޒަފަކަށް ދޭން ވަޒީފާއާބެހޭ ޓްރަބިއުނަލުން ކޮށްފައިވާ އަމުރަކާ ގުޅިގެން، އެ މުވައްޒަފަށް ދޭންޖެހޭ ފައިސާ ދީފައި ނުވާތީ ކޮށްފައިވާ ދައުވާއެކެވެ. މި ދައުވާ ކޮށްފައިވަނީ ޅ. ނައިފަރު ފަތަނގުމާގެ އަލީ މުހައްމަދެވެ.

މި މައްސަލައަކީ ވަޒީފާއާ ބެހޭ ޓްރަބިއުނަލުން 2020 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 20 ވަނަ ދުވަހު ނިންމާފައިވާ މައްސަލައެކެވެ. މި މައްސަލައިގައި ޔޮޓް ޓުއަރސް ވަޒީފާއާ ބެހޭ ޓްރަބިއުނަލަށް ހާޒިރުވާން އެންގި ނަމަވެސް ހާޒިރުވެފައި ނުވާތީ މައްސަލަ ނިންމާފައިވަނީ އެ ކުންފުނީގެ ޣައިރު ހާޒިރުގައެވެ.

ވަޒީފާއާ ޓްރަބިއުނަލްގެ ނިންމުމުގައި ބުނެފައިވަނީ ޢަލީ މުޙައްމަދަށް މުސާރައިގެ ގޮތުގައި ކޮންމެ މަހަކު 3,000 އެމެރިކާ ޑޮލަރު ނުވަތަ 46,260 ރުފިޔާ ލިބޭކަން 7 ޖުލައި 2019 ގައި ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޢަލީ މުޙައްމަދަށް ދީފައިވާ 'ސެލަރީ އައުޓް ސްޓޭންޑިންގ' ލިޔުމުން އެނގެން އޮންނަ ކަމަށެވެ.

އަދި ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގައި ޢަލީ މުޙައްމަދު 2017 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން ވަޒީފާ އަދާކޮށްފައިވާކަން އެނގެން އޮންނާތީ އާއި ޢަލީ މުޙައްމަދު މަސައްކަތްކުރި 2017 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން 2017 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށާއި 2018 ވަނަ އަހަރުގެ ނޮވެންބަރު މަހާއި ޑިސެންބަރު މަސް އަދި 2019 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށްވާ މުސާރައާއި ޢިނާޔަތުގެ ގޮތުގައި ލިބެންޖެހޭ ޖުމްލަ 713960 (ހަތްލައްކަ ތޭރަހާސް ނުވަސަތޭކަ ފަސްދޮޅަސް ރުފިޔާ) ދީފައިނުވާކަމަށް ޤަބޫލުކުރެވޭތީ، މި ފައިސާއަކީ ޔޮޓް ޓުއަރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޢަލީ މުޙައްމަދަށް ދޭންޖެހޭ ފައިސާކަމަށް ކަނޑައަޅައި، 20 އޮކްޓޫބަރު 2020 އިން ފެށިގެން 14 (ސާދަ) ދުވަސް ތެރޭގައި ޢަލީ މުޙައްމަދަށް އެކީ އެއްފަހަރާ ދިނުމަށް އަންގާފައިވެއެވެ.

ޖާބިރު ބުދަ ދުވަހު ކޯޓަށް ހާޒިރުކުރުމަށްފަހު, ދޫކޮށްލީ ޢަލީ މުޙައްމަދަށް 10 ދުވަހުގެ ތެރޭގައި މުސާރަ ދިނުމަށް ޝަރުތުކުރުމަށްފަހުއެވެ.

އަބްދުﷲ ޖާބިރުރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު