Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފިލިޕީންސަށް އެރި ތޫފާން

ފިލިޕީންސަށް އެރި ތޫފާނުގައި މަރުވި މީހުންގެ އަދަދު 400ން މައްޗަށް، ސަލާމަތްވި މީހުން ފެނާއި ކާބޯތަކެއްޗަށް ޖެހިފައި

21 ޑިސެމްބަރު 2021 | އަންގާރަ 17:24

ގެއްލުންލިބުނު މީހުންގެ އަދަދު 1.8 މިލިއަނަށް އަރާ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 21 ޑިސެމްބަރު 2021 | އަންގާރަ 17:24
ފިލިޕީންސަށް އެރި ތޫފާން

ފިލިޕީންސަށް އެރި ތޫފާން

ފިލިޕީންސަށް އެރި ތޫފާން ރާއީގައި ސަލާމަތްވި ފަރާތްތަކުން ފެނާއި ކާބޯތަކެއްޗަށް ޖެހިފައިވާކަމަށް އެގައުމުގެ އޮފިޝަލުން ބުނެފިއެވެ.

ތޫފާން ރާއީގައި އެގައުމުގެ އެތައް ހާސް ބަޔަކު ދިރިއުޅެމުންދާ ގޯތިގެދޮރު ހަލާކުވެފައިވާއިރު، ފެންބޮޑުވުމުގެ ސަބަބުން ގިނަ ސަރަހައްދުތަކުން ކަރަންޓް ކަނޑައިގެން ގޮސް އެކި ފޯނު ލައިންތައް ވަނީ ކަނޑައިގެން ގޮސްފައެވެ. މިއާއެކު ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް އަންނަނީ ދަތިތަކާ ކުރިމަތިވަމުންނެވެ.

މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ފިލިޕީންސަށް އެރި ތޫފާން ރާއީއަކީ މިއަހަރު އެރި އެންމެ ބާރުގަދަ ތޫފާނެވެ. މިތޫފާނުގައި މަރުވި މީހުންގެ އަދަދު 400ށް އަރާއިރު، ގެއްލުންލިބުނު މީހުންގެ އަދަދު 1.8 މިލިއަނަށް އަރައެވެ. ތޫފާނުގެ ސަބަބުން އެކި ހިސާބުތަކަށް ގޮސްފައިވާ މީހުންގެ އަދަދު 630،000ށް އަރާކަމަށް އދ.ން ބުނެއެވެ.

ތޫފާންގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ ކާނާގެ ބާވަތްތައް މަދުވަމުންދާކަމަށާއި، ކުރިޔަށް އޮތް މަދު ދުވަސްތަކުގެ ތެރޭގައި ކާނާ އެއްކޮށް ހުސްވެދާނެކަމުގެ ބިރު އެބައޮތްކަމަށް ތޫފާންގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެއް ޓައުންކަމުގައިވާ ޓޫބަޖޮން ޓައުންގެ މޭޔަރ ޕެޑްރަބްލަންސާ ވިދާޅުވިއެވެ.

އެސަރަހައްދުގައި ހުރި 2000ށްވުރެ ގިނަ ގެތަކުގެ ތެރެއިން ސަލާމަތްވެފައިވަނީ އެންމެ ނުވަ ގެ ކަމަށް މޭޔަރ ވިދާޅުވިއެވެ.

ތޫފާނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް ކޯސްޓް ގާޑުން މަސައްކަތްކުރާއިރު އެސަރަހައްދުގައި ތިބި ބޭރު ގައުމުތަކުގެ ފަތުރުވެރިންވެސް ރައްކާތެރި ހިސާބުތަކަށް ގެންދިޔުމުގެ މަސައްކަތް ފިލިޕީންސްގެ ރެޑް ކްރޮސްއިން ގެންދަނީ ކުރަމުންނެވެ.

މިހާތަނަށް މިތޫފާންގައި 375 މީހުން މަރުވެފައިވާއިރު 56 މީހުން ވަނީ ގެއްލިފައިކަމަށް ފިލިޕީންސް ފުލުހުން ވަނީ ބުނެފައެވެ. އަދި 500ށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

މިތޫފާންގައި ގެއްލުންވި މީހުންނަށް އެހީވުމަށް 200 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް އެގައުމުގެ ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ. މީގެއިތުރުން ޖަޕާން، ޗައިނާ އަދި އދ.ން ވެސް ވަނީ ތޫފާންގައި ގެއްލުންވި މީހުންނަށް އެހީވެދޭނެކަމަށް ބުނެފައެވެ.

ފިލިޕީންސަށް މިހާތަނަށް އެރި އެންމެ ބާރު ގަދަ ތޫފާން އަރާފައިވަނީ 2013 ވަނަ އަހަރުއެވެ. އެތޫފާންގައި މަރުވި މީހުންގެ އަދަދު 6300ށް އަރައެވެ.

ފިލިޕީންސް

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

03 އެޕްރީލު 2024

ހޫނުގެ ނުރައްކާ ބޮޑުވެ ފިލިޕީންސްގެ އެތައް ސަތޭކަ ސްކޫލެއްގެ ކިޔެވުން މެދުކަނޑާލައިފި

03 އެޕްރީލު 2024
ހޫނުގެ ނުރައްކާ ބޮޑުވެ ފިލިޕީންސްގެ އެތައް ސަތޭކަ ސްކޫލެއްގެ ކިޔެވުން މެދުކަނޑާލައިފި
03 ޑިސެމްބަރު 2023

ފިިލިޕީންސަށް އައި ބިންހެލުމެއްގައި އެކަކު މަރުވެ 4 މީހަކަށް އަނިޔާވެއްޖެ

03 ޑިސެމްބަރު 2023
ފިިލިޕީންސަށް އައި ބިންހެލުމެއްގައި އެކަކު މަރުވެ 4 މީހަކަށް އަނިޔާވެއްޖެ
26 ސެޕްޓެމްބަރު 2022

ފިލިޕީންސްއަށް އެރި ނޯރޫ ތޫފާނުގެ ސަބަބުން 5 މީހުން މަރުވެ ބޮޑެތި ގެއްލުންތައް ލިބިއްޖެ

26 ސެޕްޓެމްބަރު 2022
ފިލިޕީންސްއަށް އެރި ނޯރޫ ތޫފާނުގެ ސަބަބުން 5 މީހުން މަރުވެ ބޮޑެތި ގެއްލުންތައް ލިބިއްޖެ
31 ޖުލައި 2022

ފިލިޕީންސްގެ ކުރީގެ ރައީސް ފިޑޭލް ރާމޯސް އަވަހާރަވެއްޖެ

31 ޖުލައި 2022
ފިލިޕީންސްގެ ކުރީގެ ރައީސް ފިޑޭލް ރާމޯސް އަވަހާރަވެއްޖެ
27 ޖުލައި 2022

ފިލީޕީންސްއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

27 ޖުލައި 2022
ފިލީޕީންސްއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
24 ޖުލައި 2022

ފިލިޕީންސްގެ ޔުނިވަރސިޓީއެއްގައި ބަޑިޖަހައި 3 މީހުން މަރާލައިފި

24 ޖުލައި 2022
ފިލިޕީންސްގެ ޔުނިވަރސިޓީއެއްގައި ބަޑިޖަހައި 3 މީހުން މަރާލައިފި
09 މެއި 2022

ފިލިޕީންސްގެ އިންތިޚާބު – ފެރޑިނާންޑް ބޮންގް ބޮންގް މާރކޯސް އިންތިޚާބު ކާމިޔާބުކުރުމާ ދިމާއަށް

09 މެއި 2022
ފިލިޕީންސްގެ އިންތިޚާބު – ފެރޑިނާންޑް ބޮންގް ބޮންގް މާރކޯސް އިންތިޚާބު ކާމިޔާބުކުރުމާ ދިމާއަށް
14 އެޕްރީލު 2022

ފިލިޕީންސް އަށް އެރި ތޫފާނުގައި މަރުވި މީހުންގެ އަދަދު 123ހަށް

14 އެޕްރީލު 2022
ފިލިޕީންސް އަށް އެރި ތޫފާނުގައި މަރުވި މީހުންގެ އަދަދު 123ހަށް
25 މާރިޗު 2022

ބޮލުގެ އިސްތަށި ބޭނުންކުރަނީ ކުރެހުން އުފައްދަން

25 މާރިޗު 2022
ބޮލުގެ އިސްތަށި ބޭނުންކުރަނީ ކުރެހުން އުފައްދަން
24 މާރިޗު 2022

ކުނި ރީސައިކަލް ކޮށްގެން ލިއޮނޯރާ ޑިޒައިންކޮށްލީ ހެދުމެއް

24 މާރިޗު 2022
ކުނި ރީސައިކަލް ކޮށްގެން ލިއޮނޯރާ ޑިޒައިންކޮށްލީ ހެދުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް