Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޭސީސީ

އޭސީސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

20 ޑިސެމްބަރު 2021 | ހޯމަ 11:48

މި މަގާމަށް ކުރިމަތިލުމަށް ހުޅުވާފައިވަނީ އެ ކޮމިޝަނުގެ މެންބަރަކު އިސްތިއުފާ ހުށަހަޅުއްވާފައިވާތީ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 20 ޑިސެމްބަރު 2021 | ހޯމަ 11:48
އެންޓި-ކޮރަޕްޝަން ކޮމިޝަން

އެންޓި-ކޮރަޕްޝަން ކޮމިޝަން

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހޯމަ ދުވަހު ހުޅުވާލައިފިއެވެ.

މި މަގާމަށް ކުރިމަތިލުމަށް ހުޅުވާފައިވަނީ އެ ކޮމިޝަނުގެ މެންބަރަކު އިސްތިއުފާ ހުށަހަޅުއްވާފައިވާތީއެވެ. އަދި މި ފުރުސަތު ހުޅުވާލާފައިވަނީ، ހޯމަ ދުވަހުން ފެށިގެން 30 ޑިސެންބަރު 2021ވާ ބުރާސްފަތި ދުވަހުގެ 12:30ގެ ނިޔަލަށެވެ.

Advertisement - newsAdvertisement

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިގުރާރާއި، ކުށުގެ ރެކޯޑް ފޯމު ދޫކުރުމާއި، ފޯމުތަކާއި އިގުރާރު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2021 ޑިސެންބަރު 29 އަދި 30 ވަނަ ދުވަހު ހެނދުނު 09:30ން މެންދުރު 12:30ށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އަދި މި އޮފީހުގެ ވެބްސައިޓް https://presidency.gov.mv އިން ފޯމާއި އިގުރާރު ޑައުންލޯޑް ކުރެވޭނެއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އޮޑިޓް ރިޕޯޓާ ގުޅިގެން މެމްބަރުން ވަކިކުރުމުގެ ކުރިން ޖަވާބުދާރީ ވުމަށް އޭސީސީގެ މެމްބަރުންނަށް 5 ދުވަސް ދިނުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ނިންމާފައެވެ.

މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ޖަލްސާގައި ވަނީ، އޭސީސީގެ މެމްބަރުން ވަކި ކުރުމަށްޓަކައި އެކުލަވާލި އޮޑިޓްގައި ހިމެނޭ ކަންކަމުގެ މައްޗަށް ތައްޔާރު ކުރެވުނު ރިޕޯޓް ތަޅުމަށް އިއްވާފައެވެ. ރިޕޯޓުގައި މައިގަނޑު ގޮތެއްގައި 10 ކަމެއް ފާހަގަކޮށްފައި ވެއެވެ. އެގޮތުން ފާހަގަކޮށްފައިވަނީ އޭސީސީގެ މެމްބަރުންގެ މަގާމުގެ މަސްއޫލިއްޔާތު އަދާކުރުމަށް އެކަށީގެންވާ މަސައްކަތް ނުކުރެވި، ޒިންމާ އަދާ ނުކުރުވިފައި ވާކަމަށެވެ. މަސައްކަތް ކުރުމަށް މުއްދަތުތައް ދީ، އެ މުއްދަތުތައް ފަހަނައަޅައި ދިޔައިރުވެސް މަސައްކަތްތައް ނިމިފައިނުވާ ކަމަށެވެ.

މި މައްސަލަ ދިރާސާ ކުރުމަށް މިނިވަން މުއައްސަސާ ތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

މިކަމާގުޅިގެން ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި ބައެއް މެމްބަރުންވަނީ ޕަރފޯމަންސް އޮޑިޓުން، އޭސީސީގެ މެންބަރުންނަށް ގާނޫނުގައި ބުނާ މިންވަރަށް އަދި ކޮމިޓީގައި އެކޮމިޝަނުގެ މެންބަރުން އެއްބަސްވެފައިވާ މިންވަރަށް ޕަރފޯމަންސް ދެއްކިފައި ނުވާތީ އިތުރު ފުރުސަތެއް ނުދީ މެންބަރުކަމުން ވަކިކުރުމަށް ނިންމައި މަޖިލީހުގެ ތަޅުމަށް އެނިންމުން ފޮނުވުމަށެވެ.

ނަމަވެސް ކޮމިޓީގެ ގިނަ މެންބަރުން ތާއީދު ކުރެއްވީ، އޭސީސީގައި މިވަގުތު ތިއްބެވި މެންބަރުންނަށް ޖަވާބުދާރީ ވުމަށް ފުރުސަތެއް ދިނުމަށްފަހު ކޮމިޓީގެ ނިންމުން ތަޅުމަށް ފޮނުވުމަށެވެ. މިގޮތަށް ތާއީދު ކުރެއްވި މެމްބަރުން ވިދާޅުވީ، މިއީ މިގޮތަށް މުޅި ކޮމިޝަން ވަކިކުރުމަށް ހުށަހެޅިގެންދާ ފުރަތަމަ ފަހަރު ކަމަށްވުމާއި، މީގެ ކުރިން އޭސީސީގެ މެމްބަރުން ކޮމިޓީއަށް ހާޒިރުކޮށް ޖަވާބުދާރީ ކުރެވިފައިވަނީ އެ ކޮޝަންގެ މަސައްކަތްތަކާ ގުޅޭ ގޮތުން ކަމަށެވެ. އެހެންކަމުން އޮޑިޓް ރިޕޯޓާ ގުޅިގެން ޖަވާބުދާރީ ވުމުގެ ފުރުސަތު ދިނުން މުހިއްމު ކަމަށް މެމްބަރުން ވިދާޅުވިއެވެ.

އެއާއެކު ފަސް ދުވަހުގެ މުއްދަތުގައި ލިޔުމުން ޖަވާބުދާރީވުމަށް ފުރުސަތު ދެއްވުމަށް ކޮމިޓީން ފާސް ކުރީ 5 މެމްބަރުންގެ ވޯޓުންނެވެ.

މިއީ ޕަރފޯމަންސް އޮޑިޓަކާ ގުޅިގެން މިނިވަން މުއައްސަސާއެއްގެ ހުރިހާ މެންބަރުން ވަކިކުރަން ނިންމި ފުރަތަމަ ފަހަރު ކަމަށްވުމުން މިކަން ކުރަންވާނީ، ކުރިއަށް އޮތްތަނުގައި މިފަދަ ގޮތަކަށް މެންބަރުން ވަކިކުރާނަމަ އެކަންކުރަންވާނީ އުސޫލު ތަކުގެ މަތިންކަން މިނިވަން މުއްސަސާތަކުގެ ކޮމިޓީގެ މުގައްރިރު ރޮޒޭނާ އާދަމް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

އޭސީސީގެ މެމްބަރުން ވަކި ކުރުމަށް ފާސްކޮށްފައިވަނީ އޭސީސީން މައްސަލަތައް ބެލުމުގައި ލަސްކަމުގެ ފާޑުކިއުން ތަކާއެކު ތަކުރާރުކޮށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހާޒިރުކޮށް ޕަރފޯމަންސް އޮޑިޓެއް ހެދުމަށްފަހުއެވެ. 

އެންޓި ކޮރަޕްޝަން ކޮމިޝަން

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2025

ކުޑޫގެ މެސެޖެއް އޭސީސީއަށް: ހޯދަން އެންގި 77 މިލިއަނުން ހޯދުނީ އެންމެ 49،000 ރުފިޔާ، ޓައި އަޅައިގެން އޮފީހަށް ދާނެ ކަމެއް ނެތް!

17 ނޮވެމްބަރު 2025
ކުޑޫގެ މެސެޖެއް އޭސީސީއަށް: ހޯދަން އެންގި 77 މިލިއަނުން ހޯދުނީ އެންމެ 49،000 ރުފިޔާ، ޓައި އަޅައިގެން އޮފީހަށް ދާނެ ކަމެއް ނެތް!
12 ނޮވެމްބަރު 2025

އޭސީސީ އިން ބުނީ ސަރުކާރުގެ ނުފޫޒެއް ނެތް ކަމަށާ ބޭނުން ވަނީ މިހާރަށް ވުރެ ބޮޑު ބަޖެޓެއް ކަމަށް

12 ނޮވެމްބަރު 2025
އޭސީސީ އިން ބުނީ ސަރުކާރުގެ ނުފޫޒެއް ނެތް ކަމަށާ ބޭނުން ވަނީ މިހާރަށް ވުރެ ބޮޑު ބަޖެޓެއް ކަމަށް
10 ނޮވެމްބަރު 2025

ބިޑަކާއި ނުލާ މަޝްރޫޢޫތައް ބަހާލުން: މައްސަލަ ބަލާ، ފައިސާ ދިނުން ހުއްޓުވައިދިނުމަށް އެދި އެމްޑީޕީ އިން އޭސީސީ އަށް

10 ނޮވެމްބަރު 2025
ބިޑަކާއި ނުލާ މަޝްރޫޢޫތައް ބަހާލުން: މައްސަލަ ބަލާ، ފައިސާ ދިނުން ހުއްޓުވައިދިނުމަށް އެދި އެމްޑީޕީ އިން އޭސީސީ އަށް
09 ނޮވެމްބަރު 2025

މަޖިލިސް މެންބަރުންނާއި ސަރުކާރާއި ގުޅުން އޮންނަ ފަރާތްތަކުގެ ކުންފުނިތަކަށް ޕްރޮޖެކްޓް ބަހާލި މައްސަލަ ހޯމަ ދުވަހު އެމްޑީޕީ އިން އޭސީސީ އަށް ހުށަހަޅަނީ

09 ނޮވެމްބަރު 2025
މަޖިލިސް މެންބަރުންނާއި ސަރުކާރާއި ގުޅުން އޮންނަ ފަރާތްތަކުގެ ކުންފުނިތަކަށް ޕްރޮޖެކްޓް ބަހާލި މައްސަލަ ހޯމަ ދުވަހު އެމްޑީޕީ އިން އޭސީސީ އަށް ހުށަހަޅަނީ
10 ސެޕްޓެމްބަރު 2025

ފްލެޓާ ގުޅޭގޮތުން އެފްޑީސީން ބައި ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ކޮރަޕްޝަން ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ އޭސީސީއަށް

10 ސެޕްޓެމްބަރު 2025
ފްލެޓާ ގުޅޭގޮތުން އެފްޑީސީން ބައި ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ކޮރަޕްޝަން ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ އޭސީސީއަށް
08 އޯގަސްޓު 2025

"މި ސަރުކާރު ފާހަގަކުރެވެނީ ބައި އަޅަން ޖެހޭ މީހުންނަށް ބައި ނޭޅީމަ، ކޮރަޕްޝަންގެ މައްސަލަ ބަލާ ސަރުކާރެއްގެ ގޮތުގައި."

08 އޯގަސްޓު 2025
"މި ސަރުކާރު ފާހަގަކުރެވެނީ ބައި އަޅަން ޖެހޭ މީހުންނަށް ބައި ނޭޅީމަ، ކޮރަޕްޝަންގެ މައްސަލަ ބަލާ ސަރުކާރެއްގެ ގޮތުގައި."
20 އެޕްރީލު 2025

ފުލުހުންގެ އެހީތެރިކަމާއެކު އެގްރިކަލްޗަރ މިނިސްޓްރީއަށް އޭސީސީން ވަދެއްޖެ

20 އެޕްރީލު 2025
ފުލުހުންގެ އެހީތެރިކަމާއެކު އެގްރިކަލްޗަރ މިނިސްޓްރީއަށް އޭސީސީން ވަދެއްޖެ
18 އެޕްރީލު 2025

އައިޔޫއެމްއިން ހައްގުނޫން މީހަކަށް ވަޒީފާ ދިން މައްސަލާގައި ދެ ބޭފުޅަކަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް

18 އެޕްރީލު 2025
އައިޔޫއެމްއިން ހައްގުނޫން މީހަކަށް ވަޒީފާ ދިން މައްސަލާގައި ދެ ބޭފުޅަކަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް
28 ފެބުރުއަރީ 2025

ފަނޑިޔާރުން ސަސްޕެންޑް ކުރި މައްސަލަ ހައިކޯޓަށް ހުށަހަޅައިފި

28 ފެބުރުއަރީ 2025
ފަނޑިޔާރުން ސަސްޕެންޑް ކުރި މައްސަލަ ހައިކޯޓަށް ހުށަހަޅައިފި
27 ފެބުރުއަރީ 2025

ގެދޮރުވެރިޔާ ފުލެޓް ލިސްޓް އާއްމުކޮށްފި

27 ފެބުރުއަރީ 2025
ގެދޮރުވެރިޔާ ފުލެޓް ލިސްޓް އާއްމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް