Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖެންޑާއަށް ރިޕޯޓްކުރެވޭ މައްސަލަތައް

ނޮވެމްބަރ މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހެޅުނު މައްސަލަތައް ދަށަށް

މިދިޔަ މަހަށްވުރެ މި މަހު ހުށަހެޅުނު މައްސަލައިގެ އަދަދު މަދު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2021 | ހޯމަ 07:30
ކުޑަކުދިންނަށް ކުރާ އަނިޔާއާއި ގުޅޭ ޕޯސްޓަރެއް

ކުޑަކުދިންނަށް ކުރާ އަނިޔާއާއި ގުޅޭ ޕޯސްޓަރެއް

ނިމިގެން ދިޔަ ނޮވެމްބަރ މަހުގެ ޖެންޑާ މިނިސްޓްރީއަށް ހުށަހެޅުނު މައްސަލަތައް އޭގެ ކުރީ މަހާ އަޅާ ބަލާއިރު ދަށްވެއްޖެއެވެ.

ޖެންޑަރ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން، އޮކްޓޯބަރ މަހު ހުށަހެޅުނު އަދަދަށްވުރެ ނޮވެމްބަރ މަހު ހުށަހެޅުނީ 38 މައްސަލަ މަދުންނެވެ. ނޮވެންބަރު މަހު މިނިސްޓްރީއަށް ޖުމްލަ 184 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ. އޮކްޓޯބަރ މަހު މިނިސްޓްރީއަށް ޖުމްލަ 222 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.

Advertisement - newsAdvertisement

ނޮވެމްބަރ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 84 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. އެ ގޮތުން މި ބާވަތުގެ 29 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. މި ބާވަތުގެ މައްސަލަތަކުގެ އިތުރުން އިހުމާލުވުމުގެ 21 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 17 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 06 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާލިބުން އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 05 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 04 މައްސަލަ އަދި ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 02 މައްސަލަ ހުށަހެޅިފައިވެއެވެ.

ޢާއިލީ 26 މައްސަލަ ނޮވެންބަރު މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. މި ފަދަ މައްސަލަތަކުގެ ތެރޭގައި ޙަޟާނާތު ނުވަތަ ކުދިންނާ ބައްދަލުކުރުމުގައި ޖެހޭ 19 މައްސަލަ އަދި ކުދިން ބެލުމުގައި ޖެހޭ 07 މައްސަލަ ހިމެނެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 23 މައްސަލަ ނޮވެންބަރު މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިސްމާނީ އަނިޔާކުރުމުގެ  13 މައްސަލައެވެ. މިބާވަތުގެ މައްސަލަތަކުގެ އިތުރުން ނަފްސާނީ އަނިޔާކުރުން / އަނގަބަހުންކުރެވޭ އަނިޔާކުރުމުގެ 08 މައްސަލަ، ޖިންސީ ހާނިއްކަކުރުމުގެ 01 މައްސަލަ އަދި ފާރަލުމުގެ 01 މައްސަލަ ހިމެނެއެވެ.

ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި 17 މައްސަލަ ނޮވެންބަރު މަހު ވަނީ ހުށަހަޅައިފައެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި ސްކޫލަށް ދާން ބޭނުންނުވުމުގެ 08 މައްސަލަ،  ރުޅި އިސްކުރުން / ރުޅި ގަދަވެގެން އުޅުމުގެ 07 މައްސަލަ އަދި ގެއިން ނުކުމެގެން ދިއުމުގެ 02 މައްސަލަ ހިމެނެއެވެ. މީގެ އިތުރުން އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 13 މައްސަލައިގެ ތެރެއިން އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ 11 މައްސަލަ އަދި އަމިއްލައަށް މަރުވާން ހިޔާލު އައުމުގެ 02 މައްސަލަ ހިމެނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 11 މައްސަލަ ނޮވެންބަރު މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ 05 މައްސަލަ ރިޕޯޓް ކުރި އިރު، ޤާނޫނާއި ގަވާއިދާ ޚިލާފުވުމުގެ 05 މައްސަލަ ރިޕޯޓް ކުރެވުނެވެ.

ނޮވެންބަރު މަހުގެ ނިޔަލަށް ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ ޢަދަދަކީ 208 އެވެ.

މިނިސްޓްރީ އޮފް ޖެންޑަރޖެންޑަރ މިނިސްޓްރީޖިންސީ ގޯނާގެވެށި އަނިޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
ސަނީ އުމަރުގެ ވާހަކަ: ރައްޔިތުންނަށް ކަންބޮޑުވުމާއި ބިރުވެރިކަން ގެނުވާ އެތައް ވާހަކަ އެއް

ސަނީ އުމަރުގެ ވާހަކަ: ރައްޔިތުންނަށް ކަންބޮޑުވުމާއި ބިރުވެރިކަން ގެނުވާ އެތައް ވާހަކަ އެއް

07 ޑިސެމްބަރު 2025
ފިލައިގެން ފުރަން ގޮސް ހުއްޓާ ސަނީ އުމަރު އެއަރޕޯޓުން އަތުލައިގަތް ނަމަވެސް ހައްޔަރު ނުކުރާ ކަން ހާމަވެއްޖެ، ހައްޔަރު ކުރީ މިއަދު

ފިލައިގެން ފުރަން ގޮސް ހުއްޓާ ސަނީ އުމަރު އެއަރޕޯޓުން އަތުލައިގަތް ނަމަވެސް ހައްޔަރު ނުކުރާ ކަން ހާމަވެއްޖެ، ހައްޔަރު ކުރީ މިއަދު

02 ޑިސެމްބަރު 2025
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ ޑރ.ސަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ ޑރ.ސަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

01 ޑިސެމްބަރު 2025
ރާއްޖެ އައުމާއެކު ސަނީ އުމަރު ހައްޔަރުނުކޮށް ގެންދިޔައީ ފުލުހުންގެ ކާރުގައި ސުވާލުކުރަން

ރާއްޖެ އައުމާއެކު ސަނީ އުމަރު ހައްޔަރުނުކޮށް ގެންދިޔައީ ފުލުހުންގެ ކާރުގައި ސުވާލުކުރަން

01 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު