Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޓީސީސީގެ 41 ވަނަ އަހަރީ ދުވަސް

އެމްޓީސީސީގެ އަމާޒަކަށް ދެންވާންވީ ބައިނަލްއަޤްވާމީ މަޝްރޫޢުތަކާ ދިމާއަށް މިސްރާބު ޖެހުން: ރައީސް

ދެން ކުރަންޖެހޭނެ ކަންކަމަކީ މަގުތައް ހެދުމާއި، އެއްރަށް އަނެއްރަށް ކަނޑުމަގުންނާއި ބްރިޖާއި ކޯޒްވޭތަކުން ގުޅައިލުން ކަމަށް ރައީސް ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2021 | އާދީއްތަ 19:52
އެމްޓީސީސީއަށް 41 ވަނަ އަހަރު ފުރުމާއި ގުޅިގެން ބޭއްވި ހަފްލާގައި ރައީސް ވާހަކަދައްކަވަނީ

އެމްޓީސީސީއަށް 41 ވަނަ އަހަރު ފުރުމާއި ގުޅިގެން ބޭއްވި ހަފްލާގައި ރައީސް ވާހަކަދައްކަވަނީ

އެމްޓީސީސީ ގެ އަމާޒަކަށް ދެންވާންވީ ބައިނަލްއަޤްވާމީ ޕްރޮޖެކްޓްތަކާ ދިމާއަށް މިސްރާބު ޖެހުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމްޓީސީސީގެ 41 ވަނަ އަހަރީ ދުވަހުގެ ޙަފްލާގައި ވާހަކަދައްކަވަމުން ރައީސް ވަނީ އެކަމުގެ ޚިޔާލު ކުންފުނީގައި މިހާރުވެސް ގެންގުޅުއްވާތީ އެކަމަށްޓަކައި ކުންފުނީގެ ހިންގުންތެރިންނަށް ޝުކުރު އަދާކުރައްވާފައެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ ނަޒަރުގައި މިހާރު މިއޮތީ ކުންފުނީގެ މިސްރާބު މުޅިން އެހެން އަމާޒަކަށް ސީދާ ކުރަންވީ ވަގުތު ޖެހިފައިކަމަށެވެ. ދެން ރާއްޖޭގެ ޚާއްޞަކޮށް، އަތޮޅުތަކުގެ ރަށްރަށުގެ ޢުމްރާނީ ތަރައްޤީއަށްޓަކައި ކުރަންޖެހޭނެ ކަންތައްތަކުގެ ގޮތުގައި ކުރެވޭނެކަމަށް ގަބޫލުފުޅުކުރައްވަނީ މަގުތައް ހެދުމާއި، އެއްރަށް އަނެއްރަށް ކަނޑުމަގުންނާއި އަދި ބްރިޖާއި ކޯޒްވޭތަކުން ގުޅައިލުން ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިކަމަށް އެމްޓީސީސީ ތައްޔާރުވާން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމްޓީސީސީ އަށް 41 އަހަރު ފުރުން ފާހަގަކުރާއިރު، ޙަޤީޤަތުގައި ފާހަގަކުރެވެނީ، މިވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި ކުންފުނި ހޯދާފައިވާ ކާމިޔާބީކަމަށެވެ. އެމް.ޓީ.ސީ.ސީ.ގެ ޙަޔާތުގައިވެސް އައި އެންމެ ޙަރަކާތްތެރި އަދި އެންމެ ކާމިޔާބު ދުވަސްތަކަކީ މިދިޔަ ދެ އަހަރު ކަމަށް ރައީސް ވިދާޅުވިއެވެ.

އެމް.ޓީ.ސީ.ސީއޭ ބުނުމުން ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކުންފުންޏާ ހަވާލުކުރާ ކޮންމެ މަޝްރޫޢެއްވެސް އޭގެ އެންމެ ރަނގަޅު ފެންވަރުގައި ވަގުތަށް ނިންމައިދޭނެކަމުގެ ޔަގީންކަން އޮތުންކަމަށް ރައީސް ވިދާޅުވިއެވެ. އެއީ މިއަދު އެމްޓީސީސީ އާ މެދު ހިތްތަކުގައި އޮންނަ ޔަގީންކަން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމްޓީސީސީ އޭ ބުނުމުން، އެއީ ހަމައެކަނި ޢިމާރާތްކުރާ، ދަތުރުފަތުރާއި، ކަނޑު އުޅަނދުފަހަރުގެ އިންޖީނު ވިއްކާ ކުންފުންޏެއް ކަމަށް ބައެއް ފަރާތްތަކަށް ހީވެދާނެކަމަށެވެ. ނަމަވެސް ޙަޤީޤަތުގައި އެމްޓީސީސީއަކީ، ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ ވަރަށް މުހިންމު ބައިވެރިއެއް ކަމަށާއި ޚާއްޞަކޮށް، ރަށްރަށުގެ ޢުމްރާނީ ތަރައްޤީގެ އެންމެ މުހިންމު ބައިވެރިޔާ އަކީ އެމްޓީސީސީ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮވިޑް-19ގެ ދަތިކަމުގެ ތެރޭގައި، ތަރައްޤީގެ ބައެއް ސިޔާސަތުތަކަށް ބަދަލުތަކެއް ގެންނަން ޖެހުނުކަމަށާއި އެހެންނަމަވެސް، ރައްޔިތުންގެ އަސާސީ ޚިދުމަތްތަކާ ގުޅިފައިވާ ތަރައްޤީގެ މަޝްރޫޢުތައް މެދުކަނޑާނުލައި ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑަށް ސަމާލުކަމެއް ދިންކަމަށް ރައީސް ވިދާޅުވިއެވެ. މި އަސާސީ ޚިދުމަތްތަކާ ގުޅިފައިވާ އެއް ދާއިރާއަކީ ދަތުރުފަތުރުގެ ދާއިރާކަމަށް ރައީސް ވިދާޅުވިއެވެ.

ހައި ސްޕީޑް ފެރީ ނިޒާމަކުން މުޅި ރާއްޖެ ގުޅައިލުމަށް، މި އަހަރުގެ ކުރީކޮޅު އެމްޓީސީސީ އާ ބޮޑު މަޝްރޫޢެއް ޙަވާލުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަޝްރޫޢުގެ ޒޯން 1 ގައި ހިމެނޭ، ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތަކުގެ މެދުގައި، ފެރީގެ ޚިދުމަތް ފެށުމަށް، އެމްޓީސީސީން ތައްޔާރުވަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.

އެމްޓީސީސީރައީސް ސޯލިހުއާދަމް ޢާޒިމްމޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

ކޮމެންޓް

އިތުރަށް ކިޔާލަން

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

18 މެއި
ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...
20251 އަހަރު ކުރިން
ރިޕޯޓު

ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"
20233 އަހަރު ކުރިން
ރިޕޯޓު

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު