Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ނޭޝަންސް ލީގު

ޔުއެފާ ނޭޝަންސް ލީގުން ބްރެޒިލާއި އާޖެންޓީނާ ފެނިދާނެ

މުބާރާތުގެ ފޯމެޓް އަދި ފައިނަލް ނުވާ ކަމަށް ބޮނިއެކް ވަނީ ވިދާޅުވެފައި

އަތޫފް އާތިފް
އަތޫފް އާތިފް | 18 ޑިސެމްބަރު 2021 | ހޮނިހިރު 15:40
ކޮޕާ އެމެރިކާގައި ބްރެޒިލާއި އާޖެންޓީނާ ބައްދަލުކުރި މެޗުގެ ތެރެއިން

ކޮޕާ އެމެރިކާގައި ބްރެޒިލާއި އާޖެންޓީނާ ބައްދަލުކުރި މެޗުގެ ތެރެއިން

ޔުއެފާ ނޭޝަންސް ލީގުން މުސްތަގުބަލުގައި ދެކުނު އެމެރިކާގެ ގައުމުތައް ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ޔޫރަޕުގެ ފުޓްބޯޅައިގެ މައި އިދާރާ ޔުއެފާއިން ބުނެފިއެވެ.

ޔުއެފާގެ ނައިބު ރައީސް ޒްބިގްނިއާ ބޮނިއެކް ވިދާޅުވީ މިހާރު އޮތް ގޮތުންނަމަ 2024 ވަނަ އަހަރު ޔުއެފާ ނޭޝަންސް ލީގުގައި ދެކުނު އެމެރިކާގެ 10 ގައުމެއް ވާދަކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އެހެންކަމުން ކުރިޔަށް އޮތްތަނުގައި ދެކުނު އެމެރިކާގެ ފުޓްބޯޅައިގެ ބޮޑު ދެބާރު ކަމަށްވާ ބްރެޒިލާއި އާޖެންޓީނާ ނޭޝަންސް ލީގުން ފެނުމުގެ ފުރުސަތު އެބައޮތެވެ.

ބޮނިއެކް ވިދާޅުވީ ދެކުނު އެމެރިކާގެ ޓީމުތައް ލައިގެން ނޭޝަންސް ލީގު ކުޅެން މަޝްވަރާކުރި ނަމަވެސް އަދި ފޯމެޓް ފައިނަލް ނުވާ ކަމަށެވެ. އެކަމަކު މިހާރު މަޝްވަރާތައް ދާގޮތުންނަމަ ދެކުނު އެމެރިކާގެ ރޭންކިންގެ އެންމެ ރަނގަޅު ހަ ޓީމެއް ނޭޝަންސް ލީގުގެ ފުރަތަމަ ޑިވިޝަނަށް ވަންނާނެ ކަމަށާއި، ދެން އޮތް ހަތަރު ޓީމު ވަންނާނީ ނޭޝަންސް ލީގުގެ ދެވަނަ ޑިވިޝަނަށް ކަމަށްވެސް ވިދާޅުވިއެވެ.

ޔުއެފާއިން 2018 ވަނަ އަހަރު ތައާރަފުކުރި ނޭޝަންސް ލީގަކީ ހަތަރު ކެޓަގަރީއަކަށް ބަހާލައިގެން ރޭވިފައި އޮތް މުބާރާތެކެވެ. އެ މުބާރާތުގެ ތައްޓަށް ވާދަކުރެވޭނީ އެ ފަހަރެއްގައި އެއް ޑިވިޝަނުގައި އޮންނަ ޓީމުތަކަށެވެ. ދެން އޮތް ތިން ޑިވިޝަނަކީ ފުރަތަމަ ޑިވިޝަނަށް އަންނަން ކޮލިފިކޭޝަނެކެވެ. ޔުއެފާއިން ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންވެސް ކުރިއަށްދާނީ މީގެ ތެރެއިންނެވެ.

ނޭޝަންސް ލީގުގެ ފައިނަލް ބުރަށް ހޮވޭނީ އެއްވަނަ ޑިވިޝަނުގެ ހަތަރު ގުރޫޕުގެ އެއްވަަނަ ހޯދާ ހަތަރު ގައުމެކެވެ. އެންމެ ފުރަތަަމަ ބޭއްވި ނޭޝަންސް ލީގު 2019 ވަނަ އަހަރު ކާމިޔާބުކުރީ ޕޯޗުގަލެވެ. މި އަހަރު ނޭޝަންސް ލީގުގެ ފައިނަލުގައި ސްޕެއިން ބަލިކޮށް ތަށި އުފުލާލީ ފްރާންސްއިންނެވެ.

ޔުއެފާ ނޭޝަންސް ލީގު

އިތުރަށް ކިޔާލަން

05 ޖޫން 2025

ޑެޝޯމްޕްސް ބުނީ ތިބި ކުޅުންތެރިންނަށް އިތުބާރު ކުރާ ކަމަށް

05 ޖޫން 2025
ޑެޝޯމްޕްސް ބުނީ ތިބި ކުޅުންތެރިންނަށް އިތުބާރު ކުރާ ކަމަށް
05 ޖޫން 2025

ފްރާންސް މެޗުގެ ކުރިން ފުއެންޓޭ ބުނީ ފޭވަރިޓުންނެއް ނެތް ކަމަށް

05 ޖޫން 2025
ފްރާންސް މެޗުގެ ކުރިން ފުއެންޓޭ ބުނީ ފޭވަރިޓުންނެއް ނެތް ކަމަށް
05 ޖޫން 2025

ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް

05 ޖޫން 2025
ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް
20 ނޮވެމްބަރު 2024

ބޮސްނިއާ އިން ނެދަލެންޑްސްއާ އެއްވަރު ކޮށްފި

20 ނޮވެމްބަރު 2024
ބޮސްނިއާ އިން ނެދަލެންޑްސްއާ އެއްވަރު ކޮށްފި
20 ނޮވެމްބަރު 2024

ފަހު ވަގުތު ހެންގޭރީން ޖަރުމަނާ އެއްވަރުކޮށްފި

20 ނޮވެމްބަރު 2024
ފަހު ވަގުތު ހެންގޭރީން ޖަރުމަނާ އެއްވަރުކޮށްފި
19 ނޮވެމްބަރު 2024

ސްޕެއިން އިން ފަހު ވަގުތު ސްވިޒަލެންޑު ބަލިކޮށްފި

19 ނޮވެމްބަރު 2024
ސްޕެއިން އިން ފަހު ވަގުތު ސްވިޒަލެންޑު ބަލިކޮށްފި
19 ނޮވެމްބަރު 2024

ޑެންމާކުން ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދައިފި

19 ނޮވެމްބަރު 2024
ޑެންމާކުން ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދައިފި
19 ނޮވެމްބަރު 2024

ފަހު ވަގުތު ޕޮލެންޑު ބަލިކޮށް، ސްކޮޓްލެންޑުން ޕްލޭ އޮފްގެ ޖާގަ ހޯދައިފި

19 ނޮވެމްބަރު 2024
ފަހު ވަގުތު ޕޮލެންޑު ބަލިކޮށް، ސްކޮޓްލެންޑުން ޕްލޭ އޮފްގެ ޖާގަ ހޯދައިފި
19 ނޮވެމްބަރު 2024

ޕޯޗުގަލްއާ އެއްވަރުކޮށް، ކްރޮއޭޝިއާ ކުއާޓާ ފައިނަލަށް

19 ނޮވެމްބަރު 2024
ޕޯޗުގަލްއާ އެއްވަރުކޮށް، ކްރޮއޭޝިއާ ކުއާޓާ ފައިނަލަށް
18 ނޮވެމްބަރު 2024

ދެ ވަނަ ހާފުގައި ފަސް ލަނޑު ޖަހައިގެން މޮޅުވެ، އިންގްލެންޑު އެއް ވަަނަ އަށް

18 ނޮވެމްބަރު 2024
ދެ ވަނަ ހާފުގައި ފަސް ލަނޑު ޖަހައިގެން މޮޅުވެ، އިންގްލެންޑު އެއް ވަަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު