Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރެފުރީންނާއި ކޯޗުންގެ ކޯސް

މުޅި ރާއްޖެއަށް ވޮލީ ފުޅާކުރުމަށް ހިންގި ރެފުރީންނާއި ކޯޗުންގެ ކޯސް ނިންމާލައިފި

މާލޭގެ އިތުރުން 14 އަތޮޅެއް ހިމެނޭހެން 20 ރަށަކުން މީހުން ބައިވެރިވި

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 16 ޑިސެމްބަރު 2021 | ބުރާސްފަތި 15:06
ރެފުރީންނާއި ކޯޗުންގެ ކޯސް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ރެފުރީންނާއި ކޯޗުންގެ ކޯސް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މުޅި ރާއްޖެއަށް ވޮލީ ފުޅާކުރަން ހިންގި ބޭސިކް ވޮލީބޯލް ރެފުރީ ކޯހާއި, ސެޓިފިކެޓް ލެވަލް އެކެއް ވޮލީބޯލް ކޯޗިން ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ކޯސްތައް ކުރިއަށް ގެންގޮސްފައިވަނީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އާއި، ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެންއައިއެސް) އަދި ޕޮލިސް ކުލަބު ގުޅިގެންނެވެ.

ހުޅުމާލޭ ޕޮލިސް ސްޓޭޝަނުގައި ބުދަ ދުވަހުގެރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ކޯހުގެ ބައިވެރިންނަށް ހަނދާނީ ލިޔުންދީފައިވާއިރު، މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާޢީލެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި ވީއޭއެމުގެ ރައީސް މުޙައްމަދު ރަނޭޝް (ރަނޭ) ގެ އިތުރުން ޕޮލިސް ކުލަބުގެ ރައީސް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ރަޝީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުން ފެށިގެން މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ ބޭސިކް ވޮލީބޯލް ރެފުރީ ކޯހާއި ސެޓިފިކެޓް ލެވަލް އެކެއް ވޮލީބޯލް ކޯޗިން ކޯހުގައި ޖުމްލަ 33 މީހަކު ވަނީ ބައިވެރިވެފައެވެ. މި ދެކޯހުގައި މާލޭގެ އިތުރުން 14 އަތޮޅެއް ހިމެނޭހެން 20 ރަށަކުން މީހުން ވަނީ ބައިވެރިވެފައެވެ.

ބުދަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގައި ބޭސިކް ވޮލީބޯލް ރެފުރީ ކޯހުން ފާސްވި 21 ބައިވެރިން ލިޔުން ހާސިލްކޮށްފައިވާއިރު، ކޯޗިން ކޯހުން 27 ބައިވެރިން ވަނީ ފާސްވެ ލިޔުން ހާސިލްކޮށްފައެވެ.

ރާއްޖޭގެ އެކި އަތޮޅުތަކުން ވޮލީބޯޅަ ކޯޗުން ތަމްރީނުކުރުމުގެ ކޯސް ބޭއްވިއިރު، ދާދި ފަހުން ވީއޭއެމުގެ ރައީސް ރަނޭ ވަނީ ރާއްޖެ ހަތް ޒޯނަކަށް ބަހާލައި، ހުރިހާ ރަށަކަށް ބައިވެރުވުމުގެ ފުރުސަތު އޮންނާނެހެން "ރާއްޖެ ވޮލީބޯޅަ ޗެމްޕިއަންޝިޕް" އަންނަ އަހަރު ބާއްވާނެކަން އިއުލާންކުރައްވާފައެވެ.

މިއީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ވޮލީބޯޅައިގެ މިފަދަ ބޮޑު މުބާރާތެއް ބާއްވާނެ ފުރަތަމަ ފަހަރެވެ. އެގޮތުން އަންނަ އަހަރު މުޅި ރާއްޖޭގައި ބާއްވާ ރާއްޖެ ވޮލީބޯޅަ ޗެމްޕިއަންޝިޕް ކުރިއަށްދާނީ ހަތް ޒޯނެއްގެ މެދުގައެވެ. އަދި އެ ޒޯނުތަކުގެ ޗެމްޕިއަނުންގެ މެދުގައިވެސް މުބާރާތެއް ބޭއްވުމަށް ވީއޭއެމުން އަންނަނީ މަސައްކަތްކުރަމުންނެވެ.

މީގެ ކުރިން ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރަނޭ ވިދާޅުވީ އަންނަ އަހަރު އެންމެ ބޮޑަށް ފޯކަސް ކުރަން ނިންމާފައިވާ މުބާރާތަކީ ރާއްޖެ ވޮލީބޯޅަ ޗެމްޕިއަންޝިޕް ކަމަށާއި އަދި އެ މުބާރާތަކީ އަތޮޅުތެރެއިން ހުނަރުވެރި ކުޅުންތެރިން އުފެއްދުމަށް ކުރެވޭނެ މުހިންމު މަސައްކަތެއް ކަމަށެވެ.

އަދި އަތޮޅުތެރޭގެ މުބާރާތަށް ޓީމުތައް ފައްކާކުރުމަށް މިހާރުވެސް ވޮލީބޯޅައިގެ ކޭމްޕުތަކެއް އަތޮޅު ތެރޭގައިވެސް ކުރިއަށްގެންދާކަން ރަނޭ ވަނީ ފާހަގަކުރައްވާފައެވެ. އަދި ވިދާޅުވީ ވޮލީ ކޭމްޕުތަކަށް ރާއްޖެއިން ބޭރުން ކޯޗުން ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އަދި އިތުރު ކޯޗުންނާއެކު ރިސޯޓުތަކުގައިވެސް ކޭމްޕުތައް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ

އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ

އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ

25 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 މެއި
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި
20251 އަހަރު ކުރިން
ރާއްޖެ

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!
20242 އަހަރު ކުރިން
ރިޕޯޓު

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން
20233 އަހަރު ކުރިން
ރާއްޖެ

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ
20197 އަހަރު ކުރިން
ރާއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!
20188 އަހަރު ކުރިން
ރިޕޯޓު

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު