Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޭސީސީގެ ތަހުގީގު

ތަހުގީގަށްފަހު އޭސީސީން ޕީޖީއަށް ފޮނުވީ 1 އިންސައްތަ މައްސަލަ

ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ރެކޯޑުކުރަމުން ގެންދާ ކޭސް މެނޭޖްމަންޓް ސިސްޓަމް އަޕްޑޭޓެއް ނުވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 16 ޑިސެމްބަރު 2021 | ބުރާސްފަތި 07:08
މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އޭސީސީގެ މެންބަރުން ހާޒިރުކޮށްފައި

މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އޭސީސީގެ މެންބަރުން ހާޒިރުކޮށްފައި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދައުވާ ކުރެވޭ މިންވަރަށް ތަހުގީގު ފުރިހަމަ ކުރެވި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ ރަޖިސްޓަރީކުރެވުނު މައްސަލަތަކުގެ ތެރެއިން 1 އިންސައްތަ މައްސަލަކަން އެ ކޮމިޝަންގެ ޕާފޯމެންސް އޮޑިޓުން ހާމަވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުން އާންމުކޮށްފައިވާ އޭސީސީގެ ޕާފޯމެންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ 1 ޖަނަވަރީ 2015 އިން 31 ޖުލައި 2020 އަށް ކޮމިޝަނުގައި ރަޖިސްޓަރީކޮށްފައިވާ 7،113 ޝަކުވާގެ ތެރެއިން 5476 މައްސަލަ ނުވަތަ 77 އިންސައްތަ މައްސަލަ އެ ތާރީޚުގެ ނިޔަލަށް ތަހުގީގުކޮށް ނިންމާފައިވާއިރު ދައުވާ ކުރެވޭ މިންވަރަށް ތަހުގީގު ފުރިހަމަ ކުރެވި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ ރަޖިސްޓަރީކުރެވުނު މައްސަލަތަކުގެ ތެރެއިން 1 އިންސައްތަ މައްސަލަ ކަމަށެވެ.

އަދި 61 އިންސައްތަ މައްސަލަ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ ކޭހުގެ ގޮތުގައި ނިމިފައިވާއިރު، މި މުއްދަތުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުރި ކަންކަން ހުއްޓުވުމަށް ނުވަތަ މަދުކުރުމަށާއި އިދާރީ ހިންގުމުގައި ހުރި ކަންކަން އިސްލާހުކޮށް ހަރުދަނާކުރުމުގެ ގޮތުން އެކި އިދާރާތަކަށް ޖުމްލަ 1634 އެންގުން އަންގާފައިވާ ކަމަށެވެ.

އަދި ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ރެކޯޑުކުރަމުން ގެންދާ ކޭސް މެނޭޖްމަންޓް ސިސްޓަމް އަޕްޑޭޓް ނުވުމާއި، ތަފާސްހިސާބުގެ ގޮތުގައި ކޮމިޝަނުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ މައުލޫމާތާއި އަހަރީ ރިޕޯޓުގައި ހުރި އަދަދުތަކާ ދެމެދު ފަރަގުތަކެއް ހުރުމުގެ އިތުރުން މިފަދަ މައްސަލަތައް އިސްލާހުކުރުމަށް ކޮމިޝަނުގެ އިދާރީ މުވައްޒަފުން ފަހުން ކުރަންޖެހޭ މަސައްކަތްތައް އިތުރުވެ މަސައްކަތަށް ދޭންވާ ވަގުތާއި އަހައްމިއްޔަތުކަން ނުދެވި ދިއުން އެކަށީގެންވާ ކަމަށް ބުނެފައިވެއެވެ. އަދި މި އޮޑިޓްގެ މަސައްކަތަށް ކޭސް މެނޭޖްމަންޓް ސިސްޓަމުން ހޯދައިފައިވާ ކޭސްތަކާ ގުޅޭ ތަފާސްހިސާބާއި ބައެއް މައުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރެވިފައި ނުވާ ކަމަށް ވެސް ޕާފޯމެންސް އޮޑިޓްގައި ބުނެފައިވެއެވެ.

ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ތަހުގީގުކޮށް ނިންމުމަށް ދިގު މުއްދަތެއް ހޭދަވަމުންދާކަން އޮޑިޓްގައި ފާހަގަކޮށްފައިވާއިރު، 1 ޖަނަވަރީ 2015 އިން 31 ޖުލައި 2020 އަށް ކޮމިޝަނުގައި ރަޖިސްޓަރީކޮށްފައިވާ މައްސަލަތަކުން އޮޑިޓް ސާމްޕަލްގެ ގޮތުގައި ނަގާފައިވާ 76 ކޭހުގެ ތެރެއިން ތަހުގީގު މަރުހަލާއަށް ގޮސްފައިވާ 23 މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށް މީޑިއަން އެވަރެޖް 321 ދުވަސް ހިނގާފައިވާއިރު، ތަހުގީގު ނުނިމި 2 އަހަރަށްވުރެ ދިގު މުއްދަތެއް ހިނގާފައިވާ 400 އަށްވުރެ ގިނަ ކޭސް ހުރިކަން ފާހަގަކޮށްފައިވެއެވެ.

ކޮމިޝަނުގައި ވަޒީފާ އަދާކުރާ އިންވެސްޓިގޭޓަރުންގެ ނިސްބަތުން ގިނަ މައްސަލަތަކެއް ތަހުގީގުކުރަން ޖެހިފައިވުމުން ތަހުގީގުތަކަށް އޭގެ ނުރަނގަޅު އަސަރު ކުރަމުންދިއުމާއި، 31 ޖުލައި 2020 ގެ ނިޔަލަށް ކޮމިޝަނުގައި 1637 މައްސަލަ ބަލަމުންދާއިރު އިންވެސްޓިގޭޓަރުންނަށް ފޯރުކޮށްދޭންޖެހޭ ފެންވަރު ރަނގަޅު އެހީތެރިކަމާއި އިރުޝާދު ދެވެމުން ނުދާކަން އޮޑިޓްގައިވެއެވެ.

ތަހުގީގު ނިންމުމަށްފަހު ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލަތަކުގެ ތެރެއިން 12 މައްސަލަ ނުވަތަ 48 އިންސައްތަ މައްސަލައިގައި ދައުވާ އުފުލަން ނިންމާފައިވާއިރު، 13 މައްސަލަ އަނބުރާ ފޮނުވާލާފައިވެއެވެ. މިހެންދިމާވަނީ، މައްސަލައިގެ ތަހުގީގު އިތުރަށް ފުރިހަމަ ކުރުމަށާއި ތުހުމަތު ކުރެވޭ ކުށް ކޮށްފައިވާ ތާރީޚާއި ތަހުގީގު ފުރިހަމަ ކުރުމާ ދެމެދު ދިގު މުއްދަތެއް ހިނގާފައިވުމުގެ ސަބަބުން ޖިނާއީ ކުށެއްގެ ދައުވާއެއް ކޮށް، ކުށް ސާބިތުވާ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައިނުވުމުންނެވެ.

މިކަން ހައްލުކުރުމުގެ ގޮތުން ތަހުގީގުތަކުގެ ކޮލިޓީ ހިފެހެއްޓުމަށް ކޮމިޝަނުން މަސައްކަތްކުރަމުން ދިޔުމުގެ އިތުރުން، މި 25 މައްސަލައިގެ ތެރެއިން 23 މައްސަލައަށް ގޮތެއް ނިންމުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މީޑިއަން އެވަރެޖް 91 ދުވަސް ހިނގާފައިވެއެވެ.

މިކަންކަން އިސްލާހުކުރަން 8 ކަމަކަށް ވަނީ ލަފާދީފައެވެ. މީގެ ތެރޭގައި ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތައް ރަޖިސްޓަރީ ކުރުމުން ފެށިގެން ގޮސް ތަހުގީގު މަރުހަލާ ނިންމުމާ ހަމައަށް ހޭދަވާ މުއްދަތު މަދު ކުރުމަށްޓަކައި ކޮމިޝަންގެ މަސައްކަތްތަކަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމަށާއި ބެކްލޮގްގައި ހުރި މަސައްކަތްތައް ނިންމުމަށްޓަކައި ކަނޑައަޅައިފައިވާ ލަނޑުދަނޑިތަކާ އެއްގޮތަށް މަސައްކަތް ކުރިއަށްދޭތޯ ގަވާއިދުން މޮނިޓަރކުރަމުން ގެންދިއުމަށް ވަނީ ލަފާދީފައެވެ.

އަދި ކޮރަޕްޝަން އެކުލެވިގެންވާ ނުވަތަ ބޮޑެތި މައްސަލަތަކަށް ދޭންވާ އަހައްމިއްޔަތުކަން ދެވި، ލަސްނުވެ ވަގުތުން ވަގުތަށް ތަހުގީގުތައް ނިންމޭކަން ކަށަވަރު ކުރުމަށްޓަކައި ޕްރިލިމިނަރީ އިވެލުއޭޝަން މަރުހަލާ އިތުރަށް ހަރުދަނާ ކުރުމުގެ އިތުރުން ކުށެއް ކުރިކަމަށް ތުހުމަތުކުރެވޭ މީހާއާމެދު ދައުވާ ކުރާންޖެހޭކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިއްޖެނަމަ، ވީ އެންމެ އަވަހަކަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ދަންނަވާފައިވެއެވެ.

އިތުރަށް ކިޔާލަން

21 މެއި 2017

ހައްޖަށް ގެންދިއުމަށް މީހުން އަތުން ފައިސާ ނުނެގުމަށް އޭސީސީން އަންގައިފި

21 މެއި 2017
ހައްޖަށް ގެންދިއުމަށް މީހުން އަތުން ފައިސާ ނުނެގުމަށް އޭސީސީން އަންގައިފި
21 މެއި 2017

ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުން މަޑު ޖައްސާލަން އޭސީސީން އަންގައިފި

21 މެއި 2017
ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުން މަޑު ޖައްސާލަން އޭސީސީން އަންގައިފި
16 މެއި 2017

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ގުޅޭ ތިން މައްސަލައެއްގައި ދައުވާ ކުރަން ނިންމާ ޕީޖީއަށް ފޮނުވަނީ

16 މެއި 2017
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ގުޅޭ ތިން މައްސަލައެއްގައި ދައުވާ ކުރަން ނިންމާ ޕީޖީއަށް ފޮނުވަނީ
01 މެއި 2017

ފާރިސްގެ މައްޗަށް ދައުވާކުރަން ފޮނުވީވެސް، މައްސަލަ އަނބުރާ ފޮނުވާލީވެސް ސިޔާސި މަޤްސަދެއް ހާސިލްކުރުމަށް: ޔުމްނާ މައުމޫނު

01 މެއި 2017
ފާރިސްގެ މައްޗަށް ދައުވާކުރަން ފޮނުވީވެސް، މައްސަލަ އަނބުރާ ފޮނުވާލީވެސް ސިޔާސި މަޤްސަދެއް ހާސިލްކުރުމަށް: ޔުމްނާ މައުމޫނު
21 އެޕްރީލު 2017

ފާރިސްގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި

21 އެޕްރީލު 2017
ފާރިސްގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި
20 މާރިޗު 2017

މިނިވަން 50 ތަހުގީގަށް ލިޔެކިޔުންތަކެއް ހޯދުމަށް އޭސީސީން ހޯމް މިނިސްޓްރީއަށް ވަދެއްޖެ

20 މާރިޗު 2017
މިނިވަން 50 ތަހުގީގަށް ލިޔެކިޔުންތަކެއް ހޯދުމަށް އޭސީސީން ހޯމް މިނިސްޓްރީއަށް ވަދެއްޖެ
14 މާރިޗު 2017

އޭސީސީން ތުހުމަތެއް ނުކުރޭ، މި ފެންނަނީ މަސީހު ބޭރުކުރެވޭނެ ކަމުގެ އަލާމާތްތައް: ފާރިސް

14 މާރިޗު 2017
އޭސީސީން ތުހުމަތެއް ނުކުރޭ، މި ފެންނަނީ މަސީހު ބޭރުކުރެވޭނެ ކަމުގެ އަލާމާތްތައް: ފާރިސް
06 ފެބުރުއަރީ 2017

އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

06 ފެބުރުއަރީ 2017
އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ
16 ޖެނުއަރީ 2017

ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި

16 ޖެނުއަރީ 2017
ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު