Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަން ލީގު

ހާލަންޑުގެ ދެ ލަނޑާއެކު ޑޯޓްމުންޑަށް މޮޅެއް

16 ޑިސެމްބަރު 2021 | ބުރާސްފަތި 05:21

ތާވަލުގެ ދެވަނައިގައި ޑޯޓްމުންޑް އޮތީ 34 ޕޮއިންޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 16 ޑިސެމްބަރު 2021 | ބުރާސްފަތި 05:21
ޑޯޓްމުންޑާއި ފާޓް ބައްދަލުކުރި މެޗުގެ ތެރެއިން

ޑޯޓްމުންޑާއި ފާޓް ބައްދަލުކުރި މެޗުގެ ތެރެއިން

ޖަރުމަން ލީގުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ފުލުގައި އޮތް ގްރޮއިޓާ ފާޓް ބަލިކޮށް ބޮރޫޝިއާ ޑޯޓްމުންޑުން ތާވަލުގެ އެއްވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކާ ދެމެދު އޮތް ފަރަގު ކުޑަކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޑޯޓްމުންޑް މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ޑޯޓްމުންޑުން މޮޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުން ލީޑު ނަގާފައިވަނީ މެޗުގެ 33 ވަނަ މިނެޓުގައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އާލިން ބްރައުޓް ހާލަންޑެވެ. މިއީ އޭރިއާ ތެރެއިން ހާލަންޑް ފޮނުވާލި ބޯޅައެއް ގްރޮއިޓާ ކުޅުންތެރިއެއްގެ އަތުގައި ޖެހުމުން، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ދިން ޕެނަލްޓީއެކެވެ.

މި މެޗުގައި ޑޯޓްމުންޑުން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ 82 ވަނަ މިނެޓުގައެވެ. ހޫލިއަން ބްރަންޓް ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ހާލަންޑެވެ. މިއީ މި ސީޒަނުގެ ޖަރުމަން ލީގުގައި ހާލަންޑް ކާމިޔާބުކުރި 13 ވަނަ ލަނޑެވެ. އަދި އޭނާ ވަނީ މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި މިހާތަނަށް 19 ލަނޑު ހަމަކޮށްފައެވެ.

ހާލަންޑުގެ ދެ ލަނޑުން ޑޯޓްމުންޑުން ލީޑު ފުޅާކޮށްފައި ވަނިކޮށް، މި މެޗުގައި އެ ޓީމުން ތިންވަނަ ލަނޑެއް ޖަހާފައިވަނީ މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށެވެ. ބްރަންޓް ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑޮންޔެލް މާލެންއެވެ.

މި މޮޅާއެކު ޑޯޓްމުންޑުން ވަނީ ބަޔާނުގެ ލީޑު ހަ ޕޮއިންޓަށް ކުޑަކޮށްފައެވެ. އެގޮތުން ކުޅުނު 16 މެޗުން ބަޔާނަށް 40 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި ޑޯޓްމުންޑް އޮތީ 16 މެޗުން 34 ޕޮއިންޓާއެކުއެވެ. އަދި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ތާވަލުގެ ތިންވަނައިގައި އޮތް ބެޔާ ލެވަކޫސެނާއި ހަތަރުވަނައިގައި އޮތް ހޮފެންހައިމް ވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެއާއެކު ލެވަކޫސަނަށް 16 މެޗުން 28 ޕޮއިންޓް ލިބިފައިވާއިރު، ހޮފެންހައިމަށް ވަނީ 16 މެޗުން 27 ޕޮއިންޓް ލިބިފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

19 މާރިޗު 2017

ޗެލްސީއަށް 13 ޕޮއިންޓުގެ ލީޑެއް، 11 މަހަށް ފަހު ރަށުން ބޭރުގައި ލެސްޓާއަށް މޮޅެއް

19 މާރިޗު 2017
ޗެލްސީއަށް 13 ޕޮއިންޓުގެ ލީޑެއް، 11 މަހަށް ފަހު ރަށުން ބޭރުގައި ލެސްޓާއަށް މޮޅެއް
10 މާރިޗު 2017

މުހިންމު ދަނޑިވަޅެއްގައި މާޒިޔާއަށް މޮޅެއް

10 މާރިޗު 2017
މުހިންމު ދަނޑިވަޅެއްގައި މާޒިޔާއަށް މޮޅެއް
09 މާރިޗު 2017

މާލޭ ލީގު: ޔޫވީ އަތުން ނިއުއަށް ފަސޭހަ މޮޅެއް

09 މާރިޗު 2017
މާލޭ ލީގު: ޔޫވީ އަތުން ނިއުއަށް ފަސޭހަ މޮޅެއް
08 މާރިޗު 2017

ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް

08 މާރިޗު 2017
ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް
11 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް

11 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް
09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
08 ފެބުރުއަރީ 2017

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް
06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް