Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަރުހޫމްގެ ހުސައިންގެ ތައުޒިޔާ ދަފްތަރު

މަރުހޫމް ހުސައިންގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް

ހުސައިން ވަހީދުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރު، ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ހުޅުވާފައިވަނީ ބުދަ ދުވަހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 15 ޑިސެމްބަރު 2021 | ބުދަ 16:55
މަރުހޫމް ހުސައިންގެ ތައުޒިޔާގެ ދަފްތަރު

މަރުހޫމް ހުސައިންގެ ތައުޒިޔާގެ ދަފްތަރު

ކޮމަންޑޫ ދާއިރާގެ މެމްބަރ ހުސައިން ވަހީދުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ރައްޔިތުންގެ މަޖިލީހުގައި ހުޅުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ކޮމަންޑޫ ދާއިރާ ތަމްސީލުކުރައްވަމުން ގެންދެވި ހުސައިން ވަހީދު އަވަހާރަވެފައިވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. ހުސައިން ވަހީދު އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް، ހޯމަ ދުވަހުގެ މެންދަމު 1:25ހާއިރުއެވެ.

Advertisement - newsAdvertisement

ހުސައިން ވަހީދުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރު, ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ހުޅުވާފައިވަނީ ބުދަ ދުވަހު އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.

ތައުޒިޔާގެ ދަފްތަރު ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި ތައުޒިޔާގެ މެސެޖްގައި ވިދާޅުވެފައިވަނީ، ހުސައިން ވަހީދަކީ ސިޔާސީ ދާއިރާއިން ބައްދަލުވެވަޑައިގަތުމުގެ ކުރިންވެސް އެމަނިކުފާނުގެ ރަހުމަތްތެރިއެއްކަމަށެވެ. ހުސައިން އަވަހާރަވުމާއެކު ގެއްލިގެންދިޔައީ އަބަދުވެސް އެންމެ ހެޔޮ އެދިވަޑައިގަންނަވާ އެއް އެކުވެރިޔާކަމަށް ރައީސް ވިދާޅުވިއެވެ.

"ކަންކަން ނިންމެވުމުގައިވެސް އަދި ކަންކަމާއިމެދު ޚިޔާލުފާޅުކުރުމުގައިވެސް މަޑުމައިތިރިކަމާއި ވިސްނުންތެރިކަން އިސްކުރައްވާ ހިކުމަތްތެރި ބޭފުޅެކެވެ. ސިޔާސީ ދާއިރާގައި އެކުގައި މަސައްކަތްކުރެއްވި ދުވަސްވަރުވެސް އަޅުގަނޑަށް އަބަދުވެސް އެންމެ ހެޔޮލަފާ ދެއްވި ވިސްނުންތެރިއެކެވެ." ރައީސްގެ މެސެޖްގައި ލިޔުއްވާފައިވެއެވެ.

ހުސައިން ވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް ކޮމަންޑޫ ދާއިރާގެ މެމްބަރުކަން ކުރައްވާފައެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހުސައިން ވަނީ މާލިއްޔަތު ކޮމިޓީ، އިމްތިޔާޒު އަދި ސުލޫކު ކޮމިޓީ، ބަޖެޓް ދިރާސާކުރާ ކޮމިޓީ، މުޅި މަޖިލީހުގެ ކޮމިޓީއާއި މާލިއްޔަތު ކޮމިޓީ އަދި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގައި މަސައްކަތްކުރައްވާފައެވެ.

ތައުޒިޔާގެ ދަފްތަރު ހުޅުވާފައި ހުންނާނީ 16 ޑިސެމްބަރ ވާ ބުރާސްފަތި ދުވަހުގެ 11ން ހަވީރު 4ށް އަދި 19 ޑިސެމްބަރ ވާ އާދިއްތަ ދުވަހުގެ ހެނދުނު 9ން މެންދުރު 2އަށެވެ.

މެންބަރު ހުސައިން ވަހީދު ވަނީ ދުބާއީގައި ގިނަ ދުވަސްތަކެއް ވަންދެން ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވާފައެވެ. އެއަށްފަހު މާލެ މަޑައިގެންނެވީ މިއަހަރުގެ މާޗް މަހުގެ ތެރޭގައެވެ. އެއަށްފަހުވެސް ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދެވިއެވެ. މާޗް މަހުން ފެށިގެން ހުސައިން ވަހީދު ގެންދެވީ މަޖިލީހުގެ ޖަލްސާތަކަށް ނިކުންނަވަމުންނެވެ.

ހުސައިން ވަހީދަކީ ވިޔަފާރީގެ ރޮނގުންވެސް ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ. އޭނާ ވަނީ ފުޅާ ދާއިރާއެއްގައި ލަކުޑީގެ ވިޔަފާރިވެސް ކުރައްވާފައެވެ.

އިތުރަށް ކިޔާލަން

27 މެއި 2018

ޑރ. މަޖީދުގެ ތައުޒިޔާގެ ދަފްތަރު އާންމުންނަށް ހުޅުވާލައިފި

27 މެއި 2018
ޑރ. މަޖީދުގެ ތައުޒިޔާގެ ދަފްތަރު އާންމުންނަށް ހުޅުވާލައިފި
24 މެއި 2018

ޑރ މަޖީދުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

24 މެއި 2018
ޑރ މަޖީދުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި
24 މެއި 2018

އިސްލާމިކް މިނިސްޓްރީން ޑރ. މަޖީދުގެ ތައުޒިޔާގެ ދަފުތަރެއް ހުޅުވަނީ

24 މެއި 2018
އިސްލާމިކް މިނިސްޓްރީން ޑރ. މަޖީދުގެ ތައުޒިޔާގެ ދަފުތަރެއް ހުޅުވަނީ
09 މެއި 2018

އިންޑިއާއަށް ކުރިމަތިވި ވެލީގެ ތޫފާނާ ގުޅިގެން ރައީސް ޔާމީން ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި

09 މެއި 2018
އިންޑިއާއަށް ކުރިމަތިވި ވެލީގެ ތޫފާނާ ގުޅިގެން ރައީސް ޔާމީން ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި
30 އެޕްރީލު 2018

މަރިޔަމް ސައީދުގެ ތައުޒިޔާ ދަފްތަރެއް ހުޅުވައިފި

30 އެޕްރީލު 2018
މަރިޔަމް ސައީދުގެ ތައުޒިޔާ ދަފްތަރެއް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު