Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއޮމިކްރޯން ވޭރިއެންޓްގެ ނުރައްކާ

އޮމިކްރޯންގެ ސަބަބުން ހޮސްޕިޓަލްތަކާއި އައިސީޔޫތައް ފުރިގެން ހިނގައިދާނެ: ޑަބްލިއުއެޗްއޯ

15 ޑިސެމްބަރު 2021 | ބުދަ 01:43

ހޮސްޕިޓަލްތަކާއި ސިއްހީ ޚިދުމަތް ދޭ ތަންތަން ފުރިހަމައަށް ޚިދުމަތް ދެވޭ ވަރަށް ކެޕޭސިޓީ ހުރިތޯ ބަލަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 15 ޑިސެމްބަރު 2021 | ބުދަ 01:43
ޑަބްލިޔުއެޗްއޯގެ އެގްޒެކެޓިވް ޑިރެކްޓަރ ޑރ މައިކް ރަޔަން،

ޑަބްލިޔުއެޗްއޯގެ އެގްޒެކެޓިވް ޑިރެކްޓަރ ޑރ މައިކް ރަޔަން،

އޮމިކްރޯން ވޭރިއަންޓުގެ ސަބަބުން ހޮސްޕިޓަލްތަކާއި އައިސީޔޫތައް ފުރިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

ޑިވަލޮޕްމެންޓް ވެބިނަރ ލެކްޗަރ ސީރީޒްގައި ވާހަކަދައްކަވަމުން ޑަބްލިޔުއެޗްއޯގެ ހެލްތު އެމަރޖެންސީ ޕްރޮގްރާމްގެ އެގްޒެކެޓިވް ޑިރެކްޓަރ ޑރ މައިކް ރަޔަން ވަނީ ދުނިޔޭގެ ގައުމުތަކުގައި ކޮވިޑް-19ގެ ކޭސްތައް ހަލުއިކޮށް ފެތުރެމުންދާ ކަމަށާއި، އޮމިކްރޯން ވޭރިއަންޓުގެ ކޭސްތައް މިލިއަނުން ފެނިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވިދާޅުވެފައެވެ. އަދި ގައުމުތަކުގެ ސިއްހީ ނިޒާމުގައި ކެޕޭސިޓީ މައްސަލަ ހުރުމުގެ ސަބަބުން އިންޑިއާ އަދި ބްރެޒިލްއަށް ކުރިން ދިމާވި ކަންކަން ވިސްނާލުން މުހިންމު ކަމަށް ޑރ.މައިކް ވިދާޅުވިއެވެ. އަދި ވިދާޅުވީ އާއްމު ސިއްހީ ހާލަތަށް ވެސް ބަލައި ގައުމުތަކުން ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. މިގޮތުން ގައިދުރުކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރެއްވިއެވެ.

ޑރ. ރަޔަން ވަނީ ހޮސްޕިޓަލްތަކާއި ސިއްހީ ޚިދުމަތް ދޭ ތަންތަން ފުރިހަމައަށް ޚިދުމަތް ދެވޭ ވަރަށް ކެޕޭސިޓީ ހުރިތޯ ބަލައި، ނެތް ނަމަ އެކަމަށް ތައްޔާރުވުމަށް ގައުމުތަކަށް ގޮވާލާފައެވެ. އަދި އޮމިކްރޯން ވޭރިއެންޓްގެ ރާޅެއް އައުމަކީ އެކަށީގެންވާ ކަމެއްކަން ފާހަގަކުރައްވައި ޑރ. ރަޔަން ވަނީ އެކަމަށް ސަމާލުވެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް އިލްތިމާސް ކުރައްވާފައެވެ. އެހެންނޫން ނަމަ އައިސީޔޫތަކަށް ބާރުބޮޑުވެ ސިއްހީ ނިޒާމަށް ނުރައްކާވާ ހިސާބަށް ދިއުން އެކަށީގެންވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ރަޔަން ވިދާޅުވީ ވެކްސިން ނުޖަހާ ތިބި މީހުންނަށް އޮމިކްރޯން ވޭރިއަންޓު ނުރައްކާ ވަރަށް ބޮޑު ކަމަށެވެ. އަދި އުމުރުން ދުވަސްވީ މީހުންނާއި، ޚާއްސަ ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުން ބޫސްޓަރ ޑޯޒު ޖެހުން އަވަސް ކުރުމަށް އިލްތިމާސް ކުރެއްވިއެވެ.

ވެކްސިން ޖެހުމުގައި އިތުރަށް ސަމާލުވާންޖެހޭކަން ފާހަގަކުރައްވައި ޑރ. ރަޔަން ވިދާޅުވީ ހޭލުންތެރިކަން އިތުރުކުރަން ޖެހޭ ކަމަށާއި، ވެކްސިން ޖެހުމަށް ޖެހިލުންވާ މީހުންނަށް ފާޑު ކިޔުން ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި އެފަދަ މީހުންނަށް، މީޑީއާ ނުވަތަ އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން ރަނގަޅަށް ވިސްނައިދިނުން ވަރަށް މުހިންމު ކަމަށް ޑރ. ރަޔަން ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

07 ޖުލައި 2017

ގަތަރު މައްސަލަ: ކޮށްފައިވާ ޑިމާންޑްތަކަށް އަމަލު ނުކުރުމުގެ ސަބަބުން އިތުރު ފިޔަވަޅުތައް ގަތަރާއި ދެކޮޅަށް އަޅާނެކަމަށް ގައުމުތަކުން ބުނެފި

07 ޖުލައި 2017
ގަތަރު މައްސަލަ: ކޮށްފައިވާ ޑިމާންޑްތަކަށް އަމަލު ނުކުރުމުގެ ސަބަބުން އިތުރު ފިޔަވަޅުތައް ގަތަރާއި ދެކޮޅަށް އަޅާނެކަމަށް ގައުމުތަކުން ބުނެފި
26 ޖޫން 2017

ސްޕެއިންގެ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން 1،500 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހިއްޖެ

26 ޖޫން 2017
ސްޕެއިންގެ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން 1،500 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހިއްޖެ
20 ޖޫން 2017

ޕޯޗުގަލްގެ ޖަންގަލީގައި ރޯވުން: ގަދަވަޔާ ހޫނުގެ ސަބަބުން އަލިފާން އިތުރަށް ފެތުރިދާނެކަމުގެ ބިރުހީވެއްޖެ

20 ޖޫން 2017
ޕޯޗުގަލްގެ ޖަންގަލީގައި ރޯވުން: ގަދަވަޔާ ހޫނުގެ ސަބަބުން އަލިފާން އިތުރަށް ފެތުރިދާނެކަމުގެ ބިރުހީވެއްޖެ
25 އެޕްރީލު 2017

ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ސަބަބުން މަރްވާން ބަރްގޫތީގެ ސިހްހީ ހާލަތު ދަށަށް

25 އެޕްރީލު 2017
ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ސަބަބުން މަރްވާން ބަރްގޫތީގެ ސިހްހީ ހާލަތު ދަށަށް
02 އެޕްރީލު 2017

ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ

02 އެޕްރީލު 2017
ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ
25 މާރިޗު 2017

ހެލްތް ކެއަރ ބިލް ފެއިލްވީ ޑިމެކޮރޭޓުންގެ ސަބަބުން ކަމަށް އޮބާމާ ވިދާޅުވެއްޖެ

25 މާރިޗު 2017
ހެލްތް ކެއަރ ބިލް ފެއިލްވީ ޑިމެކޮރޭޓުންގެ ސަބަބުން ކަމަށް އޮބާމާ ވިދާޅުވެއްޖެ
18 މާރިޗު 2017

ކިމް ޖޮން ނަމްގެ ހަށިގަނޑު އިމްބާމް ކުރުމުގެ ސަބަބުން ހަލާކުނުވެ ތިން މަހަަށް އޮންނާނެ

18 މާރިޗު 2017
ކިމް ޖޮން ނަމްގެ ހަށިގަނޑު އިމްބާމް ކުރުމުގެ ސަބަބުން ހަލާކުނުވެ ތިން މަހަަށް އޮންނާނެ
03 މާރިޗު 2017

ކިމް ޖޮން ނަމް މަރުވީ ބެލެވޭ ގޮތުގައި ހާޓް އެޓޭކް އެއް ޖެހުމުގެ ސަބަބުން: އުތުރު ކޮރެއާ

03 މާރިޗު 2017
ކިމް ޖޮން ނަމް މަރުވީ ބެލެވޭ ގޮތުގައި ހާޓް އެޓޭކް އެއް ޖެހުމުގެ ސަބަބުން: އުތުރު ކޮރެއާ
10 ފެބުރުއަރީ 2017

ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

10 ފެބުރުއަރީ 2017
ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް