Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެކުވެރިކަމުގެ ވޮލީ މެޗުތައް

އެކުވެރިކަމުގެ މެޗުތަކަކަށް އިންޑިއާގެ ވޮލީބޯޅަ ޓީމެއް ރާއްޖެއަށް

14 ޑިސެމްބަރު 2021 | އަންގާރަ 10:41

ދާދި ފަހުން ވަނީ ލަންކާއާ ދެކޮޅަށްވެސް ތިން މެޗެއް ކުޅެފައި

އަތޫފް އާތިފް
އަތޫފް އާތިފް | 14 ޑިސެމްބަރު 2021 | އަންގާރަ 10:41
ގައުމީ ފިރިހެން ވޮލީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން

ގައުމީ ފިރިހެން ވޮލީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން

މި މަހު ބަންގްލަދޭޝްގައި ފަށާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ކުރިން އިންޑިއާގެ ހައިދަރުއާބާދު ސްޕައިކާސްއިން ރާއްޖޭގައި އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ހަމަޖެހިއްޖެއެވެ.

މީގެ ކުރިން މި މަހު ރާއްޖެއިން ވަނީ ސްރީ ލަންކާއާ ދެކޮޅަށްވެސް އެކުވެރިކަމުގެ ތިން މެޗެއް ކުޅެފައެވެ. ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބުނީ މި ތިން މެޗުގައި ރާއްޖޭގެ ގައުމީ ޓީމުގެ ފަރާތުން މެޗަކަށްވުރެ މެޗެއް ކުޅުން ރަނގަޅުކުރި ކަމަށެވެ.

ވީއޭއެމުގެ ރައީސް މުޙައްމަދު ރަނޭޝް (ރަނޭ) "ރާއްޖެ.އެމްވީ" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ އިންޑިއާގެ ހައިދަރުއާބާދު ސްޕައިކާސްއިން މި މަހު 16 ވަނަ ދުވަހު ރާއްޖެ އަންނާނެ ކަމަށާއި، އެ ޓީމުން ރާއްޖޭގެ ސީނިއާ ވޮލީ ޓީމާއެކު ތިން މެޗު ކުޅެން ހަމަޖެހިފައިވާ ކަމަށެވެ. އެ މެޗުތައް ކުޅޭނީ 16 ވަނަ ދުވަހުގެރޭ 21:00 ގައި އާއި، 17 އަދި 18 ވަނަ ދުވަހުގެރޭ 20:00 ގައި ކަމަށްވެސް ރަނޭ ވިދާޅުވިއެވެ.

ރަނޭ ވިދާޅުވީ ކުރިން ގައުމީ ވޮލީ ޓީމު އިންޑިއާއަށް ޓްރެއިނިން ކޭމްޕަށް ދިޔުމަށް ނިންމާފައިވީ ނަމަވެސް، އެ ނިންމުން ބަދަލުކުރީ ކޮވިޑް-19 ގެ މި ހާލަތުގައި ރައްކާތެރިކަމުގެ ގޮތުން ދަތުރުކުރަން ބޭނުންނުވާތީ ކަމަށެވެ. އަދި ރާއްޖޭގައި އެކުވެރިކަމުގެ މެޗުތަކެއް ކުޅުމުގެ ސަބަބުން އޭގެ ފައިދާ އެތައް ގޮތަކުން ކުރާނެ ކަމަށް ދެކޭ ކަމަށާއި، އެގޮތުން ވާދަވެރި މެޗުތަކެއް ސަޕޯޓަރުންނަށް ފެނުމާއި، ސީނިއާ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ޒުވާން ގައުމީ ޓީމަށްވެސް ފައިދާތަކެއް ކުރާނެ ކަމަށްވެސް ރަނޭ ވިދާޅުވިއެވެ.

މި މަހު ބަންގްލަދޭޝްގައި ބާއްވާ މުބާރާތުގައި ގައުމީ ފިރިހެން ވޮލީ ޓީމުގެ އިތުރުން އަންހެން ޓީމުވެސް ވާދަކުރާނެއެވެ. ފިރިހެން ޓީމުގެ ކޯޗު މުޙައްމަދު ސާޖިދު (ކާއްޓޭ) ގެ އިރުޝާދުގެ ދަށުން 15 ކުޅުންތެރިންގެ ސްކޮޑެއް މިހާރު ފައިނަލް ކޮށްފައިވާއިރު، ސެންޓްރަލް ޒޯން މުބާރާތަށް ދާނީ 12 ކުޅުންތެރިންގެ ސްކޮޑެކެވެ. އެހެންކަމުން މިހާރު އެކުލަވާލި ސްކޮޑުން އަދި ތިން ކުޅުންތެރިއަކު ބާކީވާނެއެވެ. މި މުބާރާތާ ކުރިމަތިލާއިރު، ދާދި ފަހުން ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ކެޕްޓަނުގެ މަގާމަށް ތަޖުރިބާކާރު ވޮލީ ކުޅުންތެރިޔާ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) ވަނީ ހަމަޖައްސާފައެވެ.

މިމަހު ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް ބަންގާޅުގައި ބާއްވާއިރު، ފިރިހެން މުބާރާތުގައި ވާދަކުރާ ގައުމުތަކަކީ ރާއްޖެ އާއި، ނޭޕާލާއި، ސްރީ ލަންކާ އާއި، އުޒްބެކިސްތާން އަދި ބަންގްލަދޭޝެވެ. އަދި އަންހެން މުބާރާތުގައި ރާއްޖެއާއެކު ވާދަކުރާނީ ކިރްގިސްތާނާއި، ނޭޕާލާއި، އުޒްބެކިސްތާން އަދި ބަންގްލަދޭޝެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

19 މާރިޗު 2017

ކޭމްޕުގައި މަސައްކަތްކުރީ ޓީމެއްގެ ގޮތުގައި، އެކަތި ގަނޑެއްގެ ގޮތުގައި: ޝަރަފް

19 މާރިޗު 2017
ކޭމްޕުގައި މަސައްކަތްކުރީ ޓީމެއްގެ ގޮތުގައި، އެކަތި ގަނޑެއްގެ ގޮތުގައި: ޝަރަފް
26 ފެބުރުއަރީ 2017

މަސައްކަތްކޮށްފި ނަމަ ކިތަންމެ ބޮޑު ޓީމެއްވެސް ބަލިކުރެވިދާނެކަން ސާބިތުކޮށްދެވިއްޖެ: ސޮބާ

26 ފެބުރުއަރީ 2017
މަސައްކަތްކޮށްފި ނަމަ ކިތަންމެ ބޮޑު ޓީމެއްވެސް ބަލިކުރެވިދާނެކަން ސާބިތުކޮށްދެވިއްޖެ: ސޮބާ
20 ފެބުރުއަރީ 2017

އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތް: އަންހެން އަދި ފިރިހެން ބައި ވެސް ފެކަލްޓީ އޮފް އެޑިއުކޭޝަނަށް

20 ފެބުރުއަރީ 2017
އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތް: އަންހެން އަދި ފިރިހެން ބައި ވެސް ފެކަލްޓީ އޮފް އެޑިއުކޭޝަނަށް
12 ފެބުރުއަރީ 2017

ރާއްޖެއާއެކު އެކުވެރިކަމުގެ މެޗްތައް ކުޅުމަށް ދެ ގައުމަކުން އެދިއްޖެ

12 ފެބުރުއަރީ 2017
ރާއްޖެއާއެކު އެކުވެރިކަމުގެ މެޗްތައް ކުޅުމަށް ދެ ގައުމަކުން އެދިއްޖެ
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
26 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން

26 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް