Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޭ6ގެ ހަމަލާގެ ފުރަތަމަ ހުކުމް

ރައީސް ނަޝީދުގެ ކިބައިން އަދުހަމް މައާފަށް އެދިއްޖެ

14 ޑިސެމްބަރު 2021 | އަންގާރަ 08:44

ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ރިމޯޓް ބޭނުންކޮށްގެން އެއްޗެއް ގޮއްވާލުމަށް އޭނާއާ ހަވާލުކުރީ އެ ގްރޫޕްގެ ވެރިޔާ އިސްހާގު

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 14 ޑިސެމްބަރު 2021 | އަންގާރަ 08:44
ރައީސް ނަޝީދަށް އަމާޒުކޮށް ދީފައިވާ ޙަމަލާއާ ގުޅިގެން އަދުހަމް ހައްޔަރު ކުރުމުގެ ތެރެއިން

ރައީސް ނަޝީދަށް އަމާޒުކޮށް ދީފައިވާ ޙަމަލާއާ ގުޅިގެން އަދުހަމް ހައްޔަރު ކުރުމުގެ ތެރެއިން

މެއި 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް އައިއީޑީ ގޮއްވާލުމުގައި ބައިވެރިވެފައިވާ ކަމަށް އިއުތިރާފްވެ ރައީސް ނަޝީދުގެ ކިބައިން އަދުހަމް މައާފަށް އެދިއްޖެއެވެ.

މި މައްސަލައިގައި ހަތަރު ދައުވާއެއް އުފުލާފައިބާ އަދުހަމް އަހުމަދު ރަޝީދަށް ހުކުމް އިއްވުމަށް އަންގާރަ ދުވަހު ބޭއްވި އަޑު އެހުމުގައި އަދުހަމް ބުނީ، އެ ހަމަލާގައި ބައިވެރިވެވުނީ ދީނި ގޮތުން ގަބޫލު ކުރެވުނު ކަންތައްތަކެއްގެ ސަބަބުން ކަމަށާއި، އެއީ ކުރެވުނު ވަރަށް ބޮޑު ކުށެއް ކަމަށެވެ. އަދި މިކަހަލަ ކަމެއްގައި މީގެ ފަހުން ބައިވެރި ނުވާނެ ކަމަށާއި، ހަމަލާގައި އަނިޔާވި ރައީސް ނަޝީދާއި، ދިވެހި ރައްޔިތުންގެ ކިބައިންވެސް މައާފަށް އެދޭ ކަމަށް އަދުހަމް ބުންޏެވެ.

Advertisement - newsAdvertisement

އަދުހަމްގެ ތަހުގީގު ބަޔާންތަކުން އެނގޭ ގޮތުގައި ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ރިމޯޓް ބޭނުންކޮށްގެން އެއްޗެއް ގޮއްވާލުމަށް އޭނާއާ ހަވާލުކުރީ އެ ގްރޫޕްގެ ވެރިޔާ އިސްހާގުއެވެ. އެކަމާ ބެހޭ ގޮތުން ސުވާލުކުރި ކަމަށާއި، އެކަމަކު ސުވާލު ގިނަ ކުރުމަކީ ދީނުގައި ހަރާމް ކަމެއް ކަމަށް އިސްހާގު ބުނެފައިވާ ކަމަށެވެ. އަދި ހަވާލުކުރި މަސައްކަތް ކުރިއަށް ގެންދިޔުމަށް އެންގިކަމަށެވެ.

މި މައްސަލައާ ގުޅިގެން އަދުހަމުގެ މައްޗަށް ވަނީ 4 ދައުވާއެއް އުފުލާފައެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމުގެ ކުށުގެ ދައުވާއާއި، ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ކުށުގެ ދައުވާއާއި، ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާގެ އިތުރުން، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެ މީހެއްގެ ފުރާނަ ނަގާލަން މަސައްކަތް ކުރުމުގެ ކުށުގެ ދައުވާއެވެ.

މި ދައުވާތަކަށް އެއްވެސް ނުފޫޒެއް ނެތި އަދުހަމް އިއުތިރާފްވެފައިވާތީ، އަދުހަމްއާއެކު ދައުލަތުން ވެފައިވާ އިއުތިރާފު އެއްބަސްވުމުގެ ދަށުން އޭނާއަށް 23 އަހަރުގެ ޖަލު ހުކުމެއް އަންގާރަ ދުވަހު ވަނީ އިއްވާފައެވެ. އަދި ހުކުމް އިއްވަމުން ގާޒީ ވަނީ 22 އަހަރާއި 4 މަހާއި 23 ދުވަހު ޖަލަށްލުމަށް ހުކުމް ކޮށްފައެވެ. އެ މުއްދަތަކީ ހަމަލާއަށް ފަހު އޭނާ ހައްޔަރު ކުރި ގޮތަށް ހުކުމް އިއްވުމާ ހަމައަށް އޭނާ ޖަލުގައި ހޭދަކުރި 221 ދުވަސް، 23 އަހަރުގެ ހުކުމް އުނިކުރުމަށް ފަހު ބާކީވާ މުއްދަތެވެ.

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

މޯދީގެ ވީޑިއޯ މައްސަލައިގައި ޒަކަރބާގް މައާފަށް އެދިއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް