Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޭ6ގެ ހަމަލާ

މެއި 6ގެ ހަަމަލާގެ ޝަރީއަތް: އަދުހަމް 23 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

އެންމެ ފަހުން އާދީއްތަ ދުވަހުގެ އަޑުއެހުމުގައި ޕީޖީ އޮފީހާ އަދުހަމާ ދެމެދު ވެފައިވާ އިއުތިފާގެ އެއްބަސްވުން ޝަރީއަތުން ވަނީ ބަލައިގެންފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 14 ޑިސެމްބަރު 2021 | އަންގާރަ 08:17
ރައީސް ނަޝިދަށް މޭ6ގައި ދިން ހަމަލާގައި ކުށަށް އަދުހަމް މުހައްމަދު ރަޝީދު އިއުތިރާފްވެފައި

ރައީސް ނަޝިދަށް މޭ6ގައި ދިން ހަމަލާގައި ކުށަށް އަދުހަމް މުހައްމަދު ރަޝީދު އިއުތިރާފްވެފައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް މެއި 6 ވަނަ ދުވަހު ދިން ޓެރަރިސްޓު ހަމަލާގައި, ބޮންގޮއްވާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް, ދައުވާ އުފުލާފައިވާ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދުގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

ހުކުމް އިއްވަމުން ގާޒީ ވަނީ 22 އަހަރާއި 4 މަހާއި 23 ދުވަހު ޖަލަށްލުމަށް ހުކުމް ކޮށްފައެވެ. އެ މުއްދަތަކީ ހަމަލާއަށް ފަހު އޭނާ ހައްޔަރު ކުރި ގޮތަށް ހުކުމް އިއްވުމާ ހަމައަށް އޭނާ ޖަލުގައި ހޭދަކުރި 221 ދުވަސް، 23 އަހަރުގެ ހުކުމް އުނިކުރުމަށް ފަހު ބާކީވާ މުއްދަތެވެ.

އަދުހަމްގެ މައްޗަށް އުފުލާފައިވާ ހަތަރު ދައުވާއަށް އަދުހަމް އިއުތިރަފްވެފައިވާތީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ އަޑުއެހުންތައް ކުރިއަށް ގެންދިޔައީ އަވަސް ނިޔާގެ ދަށުންނެވެ. އަދުހަމަށް ހުކުމް ކުރީ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމުގައެވެ. އަންގާރަ ދުވަހު ހުކުމް އިއްވުމަށް ބޭއްވި ޝަރީއަރތުގެ މަޖިލީހުގައި އަދުހަމް ބުނެފައިވަނީ މި ފުރުސަތުގައި ހަމަލާގައި އަނިޔާވި އެންމެންނާއި ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދޭ ކަމަށާއި،އޭނާގެ ފަރާތުން މި ކަހަލަ ކަމެއް ތަކުރާރު ނުވާނެ ކަމުގެ ޔަގީން ކަން ދޭ ކަމަށެވެ.

އަދުހަމްގެ އެދުމުގެ މަތިން އަޑުހުންތައް ކުރިއަށްގެންދިޔައީ ސިއްރުކޮށްގެންނެވެ. އެންމެ ފަހުން އާދީއްތަ ދުވަހުގެ އަޑުއެހުމުގައި ޕީޖީ އޮފީހާ އަދުހަމާ ދެމެދު ވެފައިވާ އިއުތިރާފުގެ އެއްބަސްވުން ޝަރީއަތުން ވަނީ ބަލައިގަތުމަށް ނިންމާފައެވެ. އަދުހަމާއެކު ވެފައިވާ އެއްބަސްވުމުގައި ވަނީ 23 އަހަރުގެ ޖަލު ހުކުމެކެވެ.

21 ސެޕްޓެންބަރ 2021ވީ އަންގާރަ ދުވަހު ކުރިއަށް ގެންދިޔަ ޝަރީއަތުގައި އަދުހަމް ވަނީ، އެއްވެސް މަޖުބޫރުކަމެއް އަދި ނުފޫޒެއް ނެތި، ހަތަރު ދައުވާއަށް ވެސް އިއުތިރާފްވާކަމަށް ބުނެފައެވެ.

މި މައްސަލައާ ގުޅިގެން އަދުހަމުގެ މައްޗަށް ވަނީ 4 ދައުވާއެއް އުފުލާފައެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމުގެ ކުށުގެ ދައުވާއާއި، ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ކުށުގެ ދައުވާއާއި، ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާގެ އިތުރުން، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެ މީހެއްގެ ފުރާނަ ނަގާލަން މަސައްކަތް ކުރުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގައި އުފުލާފައިވާ ދައުވާތައް ސާފުވެއްޖެކަން ފާހަގަކޮށް އަދުހަމް ކުރިން އޮތް އަޑުއެހުމުގައި ބުނީ، އެއްވެސް މަޖުބޫރު ކަމެއް އަދި ނުފޫޒެއް ނެތި, އަމިއްލަ އިޚުތިޔާރުގައި 4 ދައުވާއަށްވެސް އިއުތިރާފުވާ ކަމަށެވެ.

އެންމެ ފަހުންވެސް މި މަައްސަލައިގައި ކުރިއަށްދިޔަ ޝަރީއަތުގެ މަޖިލިސް ވަކި ހިސާބަކުން ފަނޑިޔާރުންވަނީ ސިއްރުކުރައްވާފައެވެ. އެއީ ގައުމީ ސަލާމަތާ ގުޅުންހުރި ވާހަކަތަކެއް ޝަރީއަތުގެ މަޖިލީހުގައި ދެކެވޭތީ ކަމަށެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ގާޒީ ބަރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި

08 ފެބުރުއަރީ 2017
ގާޒީ ބަރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި
02 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

02 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!
01 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

01 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު