Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ދެވަނަ ބުރުގައި ޔުނައިޓެޑާއި ޕީއެސްޖީގެ ކުރިމަތިލުމެއް

13 ޑިސެމްބަރު 2021 | ހޯމަ 12:32

ޕީއެސްޖީން ވަނީ މިދިޔަ ސީޒަނުގެ ގްރޫޕް ސްޓޭޖުން ޔުނައިޓެޑް ކަޓުވާލާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 13 ޑިސެމްބަރު 2021 | ހޯމަ 12:32
މިދިޔަ ސީޒަނުގައި ޔުނައިޓެޑާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން

މިދިޔަ ސީޒަނުގައި ޔުނައިޓެޑާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި މެންޗެސްޓާ ޔުނައިޓެޑާއި ޕީއެސްޖީ ބައްދަލުކުރަން ޖެހިއްޖެއެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ގުރުނެގުން ކުރިއަށްދިޔައީ ހޯމަ ދުވަހުގެ ހަވީރު ސްވިޓްޒަލެންޑުގެ ނިޔޯނުގައި ހުންނަ ޔުއެފާ ހެޑްކުއާޓަރުގައެވެ. މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ޔުނައިޓެޑާއި ޕީއެސްޖީ ބައްދަލުކުރާއިރު، މިއީ މި ސީޒަނަށް ޕީއެސްޖީއަށް ބަދަލުވި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ އާއި މެންޗެސްޓާ ޔުނައިޓެޑަށް އަލުން ސޮއިކުރި ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ކުރިމަތިލުމެއް ފެންނާނެ މެޗެކެވެ.

މި ފަހަރުގެ ގުރުއަތުލުމުގައި ޔުނައިޓެޑަށް ފުރަތަމަ ދިމާވީ ވިޔަރެއާލާ ކުޅޭ ގޮތަށެވެ. އެކަމަކު ޔުއެފާގެ ގަވާއިދުގައިވާ ގޮތުން އެއް ގްރޫޕެއްގައި އޮތް ދެ ޓީމަކަށް ދެވަނަ ބުރުގައި ނުކުޅެވޭނެއެވެ. އެހެންކަމުން އަލުން ގުުރުއަތުލައިގެން ޔުނައިޓެޑަށް ދިމާވީ ޕީއެސްޖީއެވެ.

މި ފަހަރުގެ މުބާރާތުގެ ދެވަނަ ބުރުގައި ޔުނައިޓެޑާއި ޕީއެސްޖީ ބައްދަލުކުރާއިރު، ޔުނައިޓެޑުން ވަނީ މި ފަހުން ޕީއެސްޖީއާ ދެކޮޅަށް ޗެމްޕިއަންސް ލީގުގައި ހަތަރު ފަހަރެއްގެ މަތިން ބައްދަލުކޮށްފައެވެ. އެގޮތުން 2018-2019 ވަނަ އަހަރުގެ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ޔުނައިޓެޑުން ޕީއެސްޖީ ކަޓުވާލިއިރު، ޕީއެސްޖީން ވަނީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ޔުނައިޓެޑް ކަޓުވާލާފައެވެ.

ދެވަނަ ބުރުގައި ދެން ކުޅޭ އެހެން މެޗުތަކަށް ބަލާލާއިރު، މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ރެއާލް މެޑްރިޑް ކުޅޭނީ ބެންފީކާއާ ދެކޮޅަށެވެ. އަދި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ވިޔަރެއާލް ނުކުންނައިރު، ބަޔާން މިއުނިކް ކުޅޭނީ އެތުލެޓިކޯ މެޑްރިޑާއެވެ. މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ބުރުން މުޅިން އަލަށް ފުރުސަތު ހޯދި ސަލްޒްބާގުން ލިވަޕޫލާ ދެކޮޅަށް ނުކުންނައިރު، އިންޓަ މިލާން ކުޅޭނީ އަޔަކްސްއާއެވެ. މީގެ އިތުރުން ދެވަނަ ބުރުގައި ސްޕޯޓިން ލިޒްބަނުން ޔުވެންޓަސްއާ ދެކޮޅަށް ނުކުންނައިރު، އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ ބައްދަލުކުރާނީ ލިލްއާއެވެ.

ޗެމްޕިއަންސް ލީގުގެ މި ފަހަރުގެ ފައިނަލް މެޗު އަންނަ އަހަރު މެއި މަހު ރަޝިއާގެ ސެއިންޓް ޕީޓާސްބާގުގައި ކުޅޭއިރު، ދެވަނަ ބުރުގެ މެޗުތައް ކުޅޭނީ އަންނަ އަހަރުގެ ފެބްރުއަރީ 15-16 އަދި 22-23 ގައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭ ކަޕް: ޔޫއެން އާއި ރެޑްވިންގްސް ކުޅުނު މެޗުން މޮޅުވެއްޖެ

12 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ޔޫއެން އާއި ރެޑްވިންގްސް ކުޅުނު މެޗުން މޮޅުވެއްޖެ
09 ފެބުރުއަރީ 2017

އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް

09 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް
09 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި

09 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި
08 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި
01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
10 ޖެނުއަރީ 2017

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް