Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުމޯލްޑިވްސް މެރިން އެކްސްޕޯ

މޯލްޑިވްސް މެރިން އެކްސްޕޯ 2021 ފަށައިފި

13 ޑިސެމްބަރު 2021 | ހޯމަ 11:34

މިއަހަރުގެ މޯލްޑިވްސް މެރިން އެކްސްޕޯ ކުރިއަށްދާނީ ޑިސެމްބަރު 13، 14 އަދި 15 ވަނަ ދުވަހު ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 13 ޑިސެމްބަރު 2021 | ހޯމަ 11:34
މޯލްޑިވްސް މެރިން އެކްސްޕޯ 2021 ހުޅުވުން

މޯލްޑިވްސް މެރިން އެކްސްޕޯ 2021 ހުޅުވުން

މޯލްޑިވްސް މެރިން އެކްސްޕޯ 2021 ރަސްމީކޮށް ފަށައިފިއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހޯމަ ދުވަހުގެ މެންދުރު މި އެކްސްޕޯ ރަސްމީކޮށް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަންއެވެ.

ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)ގެ އިސްނެގުމާއެކު އޮފިޝަލް އިވެންޓު އޯގަނައިޒާއިން އިންތިޒާމު ކޮށްގެން ކުރިއަށްގެންދާ މި އެކްސްޕޯއަކީ ދެމެހެއްޓެނިވި ގޮތެއްގައި މެރިން އިންޑަސްޓްރީ ކުރިއަރުވައި، މި ސިނާއަތުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމުގެ ގޮތުން އޮޑިދޯނިފަހަރުގެ ވެރިންނާ، މެރިން ސާވިސްދޭ ފަރާތްތައް އެއްތަން ކުރުމަށް ބާއްވާ އެކްސްޕޯއެކެވެ.

މިނިސްޓަރ ވިދާޅުވީ ފަތުރުވެރިކަން ކުރިއެރުވުމަށް ބަލާނަމަވެސް ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ބޭނުންކުރާ ހުރިހާ ވަސީލަތްތަކެއްގެ މައުލޫމާތު މިތަނުން ލިބެން ހުންނާނެ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ރައްޔިތުންނާ ކަނޑާ އޮތް ގުޅުން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އިގްތިޞާދީ ސަރަހައްދުގެ ބޮޑުމިނަކީ ގާތްގަނޑަކަށް އެއް މިލިއަން ސްކޮޔާ ކިލޯމީޓަރު ކަމަށް ވާއިރު، ބިމުގެ ބޮޑުމިން 300 ސްކޮޔާ މީޓަރަށްވުރެ ކުޑައެވެ. އެހެންކަމުން ރާއްޖޭގެ ގިނަ ކަންތައްތަކެއް ބިނާވެފައި އޮތީ ގުދުރަތީ ގޮތުން ރާއްޖެއަށް ލިބިފައިވާ ކަނޑުގެ މައްޗަށެވެ.

އެގޮތުން ރާއްޖޭގެ މަސްވެރިކަމަކީ ދިރިއުޅުމަށްޓަކައި އެންމެ ގިނަ އަދަދެއްގެ ރައްޔިތުން ކުރަމުން އަންނަ މަސައްކަތްކަން ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ 17،000 މަސްވެރިން ސީދާ މަސްވެރިކަމުގެ މަސައްކަތުން ދިރިއުޅުން ބިނާކުރަމުން އަންނަ ކަމަށެވެ. އަދި އެފަރާތްތަކުގެ އާއިލާ ހިމަނައިފިނަމަ މި އަދަދު ވަރަށް މަތިވާނެ ކަމަށެވެ.

އެންމެ ފުރަތަމަ 2014 ވަނަ އަހަރު ފެށި މި އެކްސްޕޯއަށް އަންނަނީ ވިޔަފާރިތަކާ، ވިޒިޓަރުންގެ އިތުރުން ސްޕޮންސަރުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންނެވެ. އެންބީއޭއެމްގެ ރައީސް އަހުމަދު އަފްރާހު ވިދާޅުވީ މި އެކްސްޕޯގެ ތެރެއިން ވިޔަފާރިތަކުގެ އައު ޕްރޮޑަކްޓްތައް ލޯންޗު ކުރެވިގެންދާނެއެވެ. މީގެ އިތުރުން މި ސިނާއަތުގައި ދިމާވާ ގޮންޖެހުން ތަކާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިގެންދާނެ ކަމަށެވެ.

މިއަހަރުގެ މޯލްޑިވްސް މެރިން އެކްސްޕޯ ކުރިއަށްދާނީ ޑިސެމްބަރު 13، 14 އަދި 15 ވަނަ ދުވަހު ހުޅުމާލޭގެ ސެންޓްރަލް ޕާކުގައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ހީވާގި ކަނބަލުން 2017 އެކްސްޕޯ ހުޅުވައިފި

23 ފެބުރުއަރީ 2017
ހީވާގި ކަނބަލުން 2017 އެކްސްޕޯ ހުޅުވައިފި
20 ފެބުރުއަރީ 2017

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

20 ފެބުރުއަރީ 2017
ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137  ޕަސެންޓް އިތުރުވެއްޖެ
14 ފެބުރުއަރީ 2017

މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ

14 ފެބުރުއަރީ 2017
މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ
06 ފެބުރުއަރީ 2017

މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކޮށްފި

06 ފެބުރުއަރީ 2017
މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކޮށްފި
03 ފެބުރުއަރީ 2017

"އެވެސް މިވެސް"ގެ ނަމުގައި ޚާއްޞަ ޕްރޮމޯޝަނެއް ވީއޭއެމްކޯ އިން ފަށައިފި

03 ފެބުރުއަރީ 2017
"އެވެސް މިވެސް"ގެ ނަމުގައި ޚާއްޞަ ޕްރޮމޯޝަނެއް ވީއޭއެމްކޯ އިން ފަށައިފި
29 ޖެނުއަރީ 2017

ހޮންޑާ މޯލްޑިވްސް ވެބްސައިޓް ލޯންޗްކޮށް އޮންލައިން ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ހޮންޑާ މޯލްޑިވްސް ވެބްސައިޓް ލޯންޗްކޮށް އޮންލައިން ހިދުމަތް ފަށައިފި
15 ޖެނުއަރީ 2017

އެސްޓީއޯ ސުޕަމާޓް ޖޫސް ފެސްޓް ޕްރޮމޯޝަން ފަށައިފި

15 ޖެނުއަރީ 2017
އެސްޓީއޯ ސުޕަމާޓް ޖޫސް ފެސްޓް ޕްރޮމޯޝަން ފަށައިފި
15 ޖެނުއަރީ 2017

މާކެޓިން އެކްސެލެންސް އެވޯޑް ހަސަން މެރިންއަށް ލިބިއްޖެ

15 ޖެނުއަރީ 2017
މާކެޓިން އެކްސެލެންސް އެވޯޑް ހަސަން މެރިންއަށް ލިބިއްޖެ
06 ޖެނުއަރީ 2017

ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި

06 ޖެނުއަރީ 2017
ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި
06 ޖެނުއަރީ 2017

މަސް އެކްސްޕޯޓްކުރި މިންވަރު 50 ޕަސެންޓް ދަށަށް!

06 ޖެނުއަރީ 2017
މަސް އެކްސްޕޯޓްކުރި މިންވަރު 50 ޕަސެންޓް ދަށަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް