Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރިޕޯޓް

ބަޔަކު ބަރަހަނާކުރަން ހިއްލާލި އަމިއްލަ ފޮށާ

13 ޑިސެމްބަރު 2021 | ހޯމަ 09:55

އީސީ ޝަރީފަކީ ރައީސް ޔާމިންގެ ގާތް ބޭފުޅަކަށް ވެގެން އެމަގާމަށް އޭނާލީވެސް ޕީޕީއެމްގެ މެޖޯރިޓީ މަޖިލީހުން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 13 ޑިސެމްބަރު 2021 | ހޯމަ 09:55
ރައީސް ޔާމީން

ރައީސް ޔާމީން

ބަޔަކަށް އޮޅިދާނެއެވެ. ބަޔަކަށް އޮޅުވާވެސް ލެވިދާނެއެވެ. އެކަމަކު އެންމެނަށް އޮޅުވާލުމަކީ އަބަދަކު ކުރެވޭނެ ކަމެއް ނޫނެވެ. ކިތައްމެ ސިޔާސީވެފައި ފުންނާބުއުސް ކަމުގައިވިއަސް މިހަޤީގަތަކަށް އަންނާނެ ބަދަލެއް ނޯވެއެވެ. މުސްކުޅިން ބުނެ އުޅެނީ އެހެން އުޅެންޏާ ދާނީ ހުޅުނބުކަމަށެވެ.

އެބީދައިން ބަލާއިރު، ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ވާހަކަ މިހާރު ނިމިއްޖެއެވެ. ނަގަނަގާފައި ދައްކާކަށް އެއީ މިހާރު ބާވާހަކައެކެވެ. ދައްކާކަށް ތާހިރު ވާހަކައެއްވެސް ނުމެނޫންމެއެވެ. ކަންވީ ގޮތާއި ކަންނިމުނުގޮތް އެނގި ނިމިއްޖެއެވެ. އިތުރަކަށް ދެން އޭގައި ދައްކާނޭ ވާހަކައެއް ނެތެވެ. ފޯރިނަގާފައި ކިޔާނެ ލަވައެއް ނެތެވެ. ދައްކަން އޮތިއްޔާ ދައްކަން އޮތީ ބަލިވި ބަޔަކު ބަލިވިގޮތާއި އަމިއްލަށް ރަނގަޅު ކުރާނެ ގޮތުގެ ވާހަކައެވެ. އަދި  ބަލިވީ ކީއްވެކަން ޤަބޫލު ކުރުމުގެ ވާހަކައެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނާއި ޕީޕީއެމް ބަލިވެގެން ދިޔައީކީ ދޮޅަހަކަށް ވޯޓުގެ ފަރަގަކުންނޫނެވެ. އެއަށްވުރެ ބޮޑު ބައްޔަކުންނެވެ. ތަފާތު ބޮޑުކޮށެވެ. ބަލިވީ ވޯޓުންނެވެ. އަދި ބަލި ޤަބޫލު ނުކުރީމާ ބަލި ޤަބޫލު ކުރުވަން މަޖްބޫރުކޮށް ކޯޓުންނެވެ. އިހަށް ދުވަހު ކޮށްގެން ބަލައިގެން ހުކުމް ކުރި ރާއްޖޭގެ އެންމެމަތީ ކޯޓުންނެވެ. އިންތިޚާބުގެ ކަންކަމުގައިވެސް ފަހުބަސްބުނާ ސުޕްރީމް ކޯޓުންނެވެ.

ޕީޕީއެމްގެ ބާރުގައި އޮތް ރައީސް ޔާމީންގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅި ސުޕްރީމް ކޯޓުގެ ބެންޗުން އެކަން ކަނޑައެޅުމުގެ ކުރިން ޖެހި ސަކަރާތާއި ދެއްކި ވާހަކަތައް އިތުރަށް ދައްކަ ދައްކާފައި ބޮޑާހޭކުމުން އަންނަނީ އަމަށަކު ހިންޏެއް ނޫނެވެ. ފާހަގަ ވެއްޓުނު ވާހަކައާއި އަނގޮޓީގެ ވާހަކައާއި ދެންވެސް އޭރު ދެއްކިއްޔާ ދެއްކި ވާހަކައެއް ދައްކަދައްކާފައި ޓަސްބުނެ ސުޕްރީމް ކޯޓަށް ވެއްދީ ސީދާ ބޮޑުތަނުން ބަލިވި ރައީސް ޔާމީނެވެ. އިންތިޚާބު ބާތިލް ކުރާނެ ކަމަށް ޕާޓީކުދިންނާއި އަދުރޭމެން އުފަލުން ނަށަމުން އެވާހަކަ ކާޅުގޮވާހެން ގޮވާ ނަގަމުންނެވެ. އެކޯޓުން ނިންމީ އިންތިޚާބު ބާތިލް ކުރަން ޖެހޭ ތަނެއް ނެތްކަމަށެވެ. ފުރާޅުން ޓިނުނަގާފައި ޔާމީން ގަޔާވާ ބަޔަކުލައިގެން އޭރުއޮތް ސުޕްރީމް ކޯޓުންނެވެ. ކުރީގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދުމެންނާއެކު ހުކުމްތައްކޮށް، ކޮޅު ބަދަލުކޮށްލައިގެން އެހުކުމް އަނބުރާލައި ޕީޕީއެމް ގަޔާވާ ގޮތަކަށް ހުކުމްތައް ނެރުއްވި މަޝްހޫރު ދީދީތައްވެސް އިންނެވި ސުޕްރީމް ކޯޓުންނެވެ. އެހުކުމާއެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރައީސްކަން ކުރައްވާތާ 3 އަހަރަށްފަހު އަނެއްކާ ތިޔަފެށީ އެއްކަލަ ހޮޅި ވާހަކައެވެ. ޕާޓީ ކުދިންކޮޅު ހިފަހައްޓަންވެސް ތިޔަވާހަކަ ދެއްކީމާ ހާމަވަނީ މުޅިން އެހެން އެއްޗެކެވެ. އެކަމަކުވެސް ތިޔަ ވާހަކައެއް ނިކަން ރަނގަޅަށް ދައްކާލަމާ ހިނގާށެވެ.

ތިޔަބުނާ އީސީ ޝަރީފަކީ ސީދާ ޔާމިން މަޖިލީހަށް ފޮނުވައިގެން ޕީޕީއެމް މެޖޯރިޓީން ނެގި މީހެކެވެ. ޚުދު ޔާމީންގެ އަރިސް ބޭފުޅެކެވެ. އިންތިޚާބު ބޯމަތިވަމުން އައިއިރު އިދިކޮޅުން ލައްކަ ވާހަކަ ދެއްކިއެވެ. އިންތިޚާބާމެދު ކަންބޮޑުވުން ފާޅުކޮށެވެ. އެކަމަކު އޭރު ޕީޕީއެމާއި ރައީސް ޔާމީންގެ ސަރުކާރުން ކަހާތަން ހިރުވާވެސް ނުލިއެވެ. އަދި އެހެންކަމެއްވެސް ނިކަން ހަނދާނަށް ގެންނަމާހެއްޔެވެ. އޭރު ބާރު އޮތީ ސީދާ ޔާމީންގެ އަތްޕުޅުގައެވެ. އޭރުގެ އިދިކޮޅަށް ކުރެވޭނެ ހަމަ އެއްކަމެއްވެސް ނެތެވެ. އަމުދުން ޖަލްސާގަނޑެއް ބާއްވާލާނެ ތަނެއް ހިސާބުވެސް ނުދީއޮތީ އޮބިއަޅުވާފައެވެ. ވިއްޔާ ވީކަމަކީ ވެރިކަން ކުރިގޮތާއި ވައްކަންތަކުގެ ވާހަކައިން ރައްޔިތުން ފޫހިވުމެވެ. އަނިޔާވެރިކަން ހިތަށް އަރާފައި ބިރުން ރޫރޫއެޅުމެވެ. މަށަކުވާ ދެން ބޭނުމެއް ނޫނޭ ބުނެ ވޯޓު އަޅައި ވޯޓުންތަޅާ ބޮޑުތަނުން ނޫނެކޭ ބުނީއެވެ.

އަނެއްކާވެސް ތިޔަ ދައްކަން ފެށީ އެވާހަކައެވެ. އެކަމަކު މިފަހަރު ތިޔަގޮވީ އަތަށެވެ. ތިޔަހެއްދުވި ފޭކު ރިޕޯޓުން ހަމަ ރަނގަޅަށްވެސް ފަޟީޙަތްވެ ނިމުނީއެވެ. ވަތަކުތޯވެސް ނުޖެހުނީއެވެ. ތިޔަގޮވާކޮސްތަކަށް ޒުވާބުދޭ މީހުންވެސް ބޮޑުތަނުން އިތުރުވީއެވެ. ތިޔަހޭވިހަޑިއަކުން އިތުރަށް މީހުން ފޫހިވީއެވެ. ދެއަކުރެއްގެ ތަފާތަކުން ސަލާމަތްވިއަސް ހުކުމުގައި އޮތް އެއްޗެއްގެ ވާހަކަ ދައްކާތީ އެއަޑު ކަނޑުވާލަންވެސް މިފަހަރު ތިޔައެޅުނީ އިތުރު ޅައެއްޗެކެވެ. މުސްކުޅިން ބުނެއުޅެއެވެ. ބަޔަކު ފަޟީޙަތް ކުރާންވެސް އަމިއްލަ ފޮށާ ހިއްލާ ނުލާށެވެ. އޮޅިގެން ނަމަވެސް ހިއްލާލެވޭވަރު ބޮޑުވެއްޖިއްޔާ ބަރަހަނާވާނީ އަމިއްލަ މީހާއެވެ. މިފަހަރު ތިޔަވީ އެކަހަލަ ގޮތެކެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

15 އޯގަސްޓު 2017

ރައީސަކު އަމިއްލަފުޅަށް ފަޟީޙަތްވެ ބޮލާ ފޮށާއެޅޭނީ މިވަރަށް

15 އޯގަސްޓު 2017
ރައީސަކު އަމިއްލަފުޅަށް ފަޟީޙަތްވެ ބޮލާ ފޮށާއެޅޭނީ މިވަރަށް
07 އޯގަސްޓު 2017

ކަމަކަށްފަހު ކަމެއް އަމިއްލައަށް ފަޅައިއަރުވާ ބޮލާފޮށާ އެޅެނީ

07 އޯގަސްޓު 2017
ކަމަކަށްފަހު ކަމެއް އަމިއްލައަށް ފަޅައިއަރުވާ ބޮލާފޮށާ އެޅެނީ
04 އޯގަސްޓު 2017

މަނިކުފާނެވެ، ބޯ ގޮއްވަންޖެހުނީ އަމިއްލައަށް ކަންތައްތައް ކުރެއްވި ގޮތުގެ ސަބަބުންނެވެ!

04 އޯގަސްޓު 2017
މަނިކުފާނެވެ، ބޯ ގޮއްވަންޖެހުނީ އަމިއްލައަށް ކަންތައްތައް ކުރެއްވި ގޮތުގެ ސަބަބުންނެވެ!
23 ޖުލައި 2017

މަގަ ރީއްޗޭ، އެކަމަކު ބަލަހައްޓާން ބަޔަކު ނެތް، މިއޯ އަރަތެއް ؟

23 ޖުލައި 2017
މަގަ ރީއްޗޭ، އެކަމަކު ބަލަހައްޓާން ބަޔަކު ނެތް، މިއޯ އަރަތެއް ؟
21 ޖުލައި 2017

ޗެސްޓާގެ މަރާއެކު އެތައް ބަޔަކު ރޮއްވާލައިފި

21 ޖުލައި 2017
ޗެސްޓާގެ މަރާއެކު އެތައް ބަޔަކު ރޮއްވާލައިފި
24 ޖޫން 2017

މާލޭގެ ބަނދަރު ހުސްވެފައި، އީދު ބަންދަށް ގިނަ ބަޔަކު ރަށްރަށަށް!

24 ޖޫން 2017
މާލޭގެ ބަނދަރު ހުސްވެފައި، އީދު ބަންދަށް ގިނަ ބަޔަކު ރަށްރަށަށް!
06 ޖޫން 2017

ސައުދީގެ އަޅުވެތި ކަމަށް އަމިއްލަޔަށް ވެއްޓުނީބާ؟

06 ޖޫން 2017
ސައުދީގެ އަޅުވެތި ކަމަށް އަމިއްލަޔަށް ވެއްޓުނީބާ؟
03 މެއި 2017

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

03 މެއި 2017
އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން
01 އެޕްރީލު 2017

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

01 އެޕްރީލު 2017
ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟
31 ޖެނުއަރީ 2017

އަމިއްލައަށް ހެދޭ ގޯހެއް ރަނގަޅުކުރުމަކީ ބަލިވުމެއް ނޫން!

31 ޖެނުއަރީ 2017
އަމިއްލައަށް ހެދޭ ގޯހެއް ރަނގަޅުކުރުމަކީ ބަލިވުމެއް ނޫން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް