Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރެންޗް ލީގު

އެމްބާޕޭގެ 100 ވަނަ ލަނޑާއެކު ޕީއެސްޖީއަށް މޮޅެއް

13 ޑިސެމްބަރު 2021 | ހޯމަ 08:32

ތާވަލުގެ އެއްވަނައިގައި ޕީއެސްޖީ އޮތީ 45 ޕޮއިންޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 13 ޑިސެމްބަރު 2021 | ހޯމަ 08:32
ޕީއެސްޖީ އާއި މޮނާކޯ ބައްދަލުކުރި މެޗުގެ ތެރެއިން

ޕީއެސްޖީ އާއި މޮނާކޯ ބައްދަލުކުރި މެޗުގެ ތެރެއިން

ފްރެންޗް ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުގައި ޒުވާން ތަރި ކީލިއަން އެމްބާޕޭ ޖެހި ލަނޑުތަކާއެކު ޕީއެސްޖީން މޮނާކޯ ބަލިކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ މޮނާކޯ އަތުން 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗަށް ޕީއެސްޖީގެ ކުޅުންތެރިން ނުކުތީ އެ ޓީމުގެ ޖާޒީގައި ރަން ކުލައިން ނަންބަރާއި ނަން ޖަހައިގެންނެވެ. އެއީ ދާދި ފަހުން ހަތްވަނަ ފަހަރަށް ބަލޮންޑޯ އެވޯޑް ހޯދި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ކާމިޔާބީއަށް ޚާއްސަކުރުމުގެ ގޮތުންނެވެ. މި އަހަރުގެ ބަލޮންޑޯ އެވޯޑް މެސީ ހާސިލުކުރިއިރު، މި އެވޯޑް އެންމެ ގިނައިން ހޯދާފައިވާ ކުޅުންތެރިޔަކީވެސް މެސީއެވެ.

އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުގައި ޕީއެސްޖީން ދެ ލަނޑުވެސް ޖަހާފައިވަނީ ފުރަތަމަ ހާފުގައެވެ. އެގޮތުން މެޗު ފަށައިގެން 12 ވަނަ މިނެޓުގައި ޕެނަލްޓީއަކުން އެމްބާޕޭ ވަނީ ޕީއެސްޖީއަށް ލީޑު ނަގައިދީފައެވެ. މިއީ އޭރިއާ ތެރެއިން ޕީއެސްޖީގެ އެންހެލް ޑި މާރިއާއަށް މޮނާކޯގެ ޖިބްރީލް ސިޑީބޭ ކުރި ފައުލަކަށް، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ދިން ޕެނަލްޓީއެކެވެ.

ދެން މި މެޗުގައި ޕީއެސްޖީން ލީޑު ފުޅާކޮށްފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ. މޮނާކޯގެ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ކައުންޓަ އެޓޭކެއްގައި މެސީ ދިން ބޯޅައަކުން މި ލަނޑުވެސް ކާމިޔާބުކޮށްދިނީ އެމްބާޕޭއެވެ. މި މެޗުގައި ޖެހި ދެ ލަނޑާއެކު އެމްބާޕޭ ވަނީ ފްރެންޗް ލީގުގައި ޕީއެސްޖީއަށް 100 ލަނޑު ހަމަކޮށްފައެވެ. އެއާއެކު އުމުރުން 22 އަހަރުގެ އެމްބާޕޭ ވެފައިވަނީ ފްރެންޗް ލީގުގެ ތާރީޚުގައި އެއް ޓީމަކަށް 100 ލަނޑު ހަމަކުރި ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.

މޮނާކޯ އަތުން ހޯދި މޮޅާއެކު ތާވަލުގެ އެއްވަނައިގައި ޕީއެސްޖީ އޮތީ 13 ޕޮއިންޓުގެ ލީޑަކާއެކުއެވެ. އެގޮތުން ކުޅުނު 18 މެޗުން ޕީއެސްޖީއަށް 45 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް އޮލިމްޕިކް މާސޭއަށް 17 މެޗުން ލިބިފައިވަނީ 32 ޕޮއިންޓެވެ. އަދި ޕީއެސްޖީ އަތުން ބަލިވި މޮނާކޯ އޮތީ ތާވަލުގެ އަށްވަނައިގައި 18 މެޗުން 26 ޕޮއިންޓާއެކުއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

10 މާރިޗު 2017

މުހިންމު ދަނޑިވަޅެއްގައި މާޒިޔާއަށް މޮޅެއް

10 މާރިޗު 2017
މުހިންމު ދަނޑިވަޅެއްގައި މާޒިޔާއަށް މޮޅެއް
09 މާރިޗު 2017

މާލޭ ލީގު: ޔޫވީ އަތުން ނިއުއަށް ފަސޭހަ މޮޅެއް

09 މާރިޗު 2017
މާލޭ ލީގު: ޔޫވީ އަތުން ނިއުއަށް ފަސޭހަ މޮޅެއް
08 މާރިޗު 2017

ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް

08 މާރިޗު 2017
ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް
11 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް

11 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް
09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
08 ފެބުރުއަރީ 2017

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް
06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
04 ފެބުރުއަރީ 2017

ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި

04 ފެބުރުއަރީ 2017
ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް