Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޗްއާރުސީއެމަށް 18 އަހަރު ފުރުން

މިނިވަން އެއްވެސް މުއައްސަސާއަކަށް ސަރުކާރުގެ އެއްވެސް ނުފޫޒެއް ނޯންނާނެކަމުގެ ޔަގީންކަން އަރުވަން: ރައީސް

ހައްގުތައް ލިބިދޭ މިންވަރާމެދު ސަރުކާރު ޒިންމާދާރު ކުރުމުގައި، އެޗްއާރުސީއެމްގެ ދައުރު މިހާރު އަންނަނީ ފުޅާވަމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 12 ޑިސެމްބަރު 2021 | އާދީއްތަ 18:33
ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހާއި، ހިއުމަން ރައިޓްސް ކޮމިޝަންގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިން ރައީސް ވާހަކަދައްކަވަނީ

ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހާއި، ހިއުމަން ރައިޓްސް ކޮމިޝަންގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިން ރައީސް ވާހަކަދައްކަވަނީ

ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް(އެޗްއާރުސީއެމް) އަށް 18 އަހަރު ފުރިގެންދާއިރު ފާއިތުވި ދުވަސްތަކުގައި ކޮމިޝަނަށް ކުރިމަތިވި ސިޔާސީ ފިއްތުންތަކުގެ ސަބަބުން ކޮމިޝަންގެ ހަގީގީ ޒިންމާ އަދާކުރެވިފައިވާކަމަށް ގަބޫލުނުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހާއި، ހިއުމަން ރައިޓްސް ކޮމިޝަންގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހުރިހާ ޙައްޤުތަކެއް ރައްޔިތުންނަށް ލިބިދިނުމަކީ، ސަރުކާރުގެ ޒިންމާއަކަށް ވާއިރު، އެ ޒިންމާ ސަރުކާރުން އަދާކުރާ މިންވަރު ބެލުމަށް އުފެއްދި ތަނަކީ ހިއުމަން ރައިޓްސް ކޮމިޝަންކަމަށެވެ. އަދި މިއަދު ސަރުކާރުގެ އެއްވެސް ނުފޫޒެއް އެޗްއާރުސީއެމް އާއި އެހެން މިނިވަން މުއައްސަސާއަކަށްވެސް ނޯންނާނެކަމުގެ ޔަގީންކަން އަރުވާކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ސަރުކާރުގެ ފަރާތުން އެޗްއާރުސީއެމް އަށް ކަށަވަރުކޮށްދީފައިވާ މިނިވަންކަމުގެ ސަބަބުން، ރާއްޖޭގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް، ޙައްޤުތައް ލިބިދޭ މިންވަރާމެދު ސަރުކާރު ޒިންމާދާރު ކުރުމުގައި، އެޗްއާރުސީއެމްގެ ދައުރު މިހާރު އަންނަނީ ފުޅާވަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިންސާނީ ޙައްޤުތަކުގެ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ، އިންސާނީ ޙައްޤުތަކާމެދު ރައްޔިތުން ހޭލުންތެރިކުރުވުން އެކަނި ނޫންކަމަށެވެ. އެންމެ ބޮޑު ބޭނުމަކީ، ޤާނޫނުއަސާސީންނާއި، ބައިނަލްއަޤްވާމީ މުޢާހަދާތަކުން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތައް، އެންމެ ފުރިހަމައަށް ރައްޔިތުންނަށް ލިބިދިނުމުގައި، ދައުލަތުގެ މުއައްސަސާތަކުން އަދާކުރަންޖެހޭ ދައުރު އަދާކުރުމަށް ބާރުއެޅުން ކަމަށް ރައީސް ވިދާޅުވިއެވެ.

ޤާނޫނުއަސާސީގައި، ދައުލަތުގެ ބާރުތަކަށްވުރެވެސް ކުރިން ޖާގަ ހޯދާފައިވަނީ އަސާސީ ޙައްޤުތައް ކަމަށާއި އެ ޙައްޤުތަކަކީ، އެންމެ ތަހުޒީބީ މުޖުތަމަޢުތަކުގައިވެސް ކަށަވަރުކޮށްދީފައިވާ މިނިވަންކަމާއި ޙައްޤުތައް ކަމަށް ރައީސް ވިދާޅުވިއެވެ. އެ ޙައްޤުތައް ހޯދުމަށްޓަކައި، އެތައް އަހަރެއް ވަންދެން ރައްޔިތުން ވަރަށް ގިނަ ތަކުލީފުތަކެއް އުފުލި ކަމަށް ރައީސް ވިދާޅުވިއެވެ.

ދިރިހުރުމުގެ ޙައްޤާއި، ރަނގަޅު ކާނާއާއި، ސާފު ބޯފެން ލިބުމާއި، ރައްކާތެރި ނަރުދަމާ ނިޒާމެއް އޮތުމާއި، ރަނގަޅު ޞިއްޙީ ޚިދުމަތް ލިބިދިނުންފަދަ، ފަރުދުންގެ ޒާތީ ކިތަންމެ ޙައްޤުތަކެއް، ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ކަމަށާއި މުޅި މުޖުތަމަޢުގެ މަޞްލަޙަތާ ގުޅިފައިވާ ޙައްޤުތަކެއްވެސް ބަޔާންކޮށްފައި އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެފަދައިން، ޤައުމަކަށް ވީތީ ޤައުމީ މަޞްލަޙަތާ ގުޅިފައިވާ ޙައްޤުތަކެއްވެސް އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން މިހާރު މިއޮތީ ވަރަށް ތަޢުލީމީ ޒުވާން ޖީލެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިންސާނީ ޙައްޤުތައް ފެށިގެން އަންނަނީ، ދިރިހުރުމުގެ ޙައްޤާ ހަމައިން ކަމަށެވެ. ދިރިހުރުމުގެ ޙައްޤު ފުރިހަމަވަނީ، އަސާސީ އެތައް ޙައްޤުތަކެއް ގެތި ލާމެހިގެން ކަމަށްވާއިރު އެކަށީގެންވާ ބޯހިޔާވަހިކަމެއް ލިބުމަކީ، އެންމެ މުހިންމު އެއް ޙައްޤު ކަމަށް ރައީސް ވިދާޅުވިއެވެ. މި ޙައްޤު ލިބިދިނުމަށްޓަކައި ގިނަ މަޝްރޫޢުތަކެއް މިހާރުވެސް ހިނގަމުންދާ ކަމަށާއި އިތުރު މަޝްރޫޢުތައް ފެށުމަށް މި އަންނަނީ ތައްޔާރުވަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ފަށައިގެން ކުރިއަށް މިގެންދާ، ތަރައްޤީގެ ކޮންމެ މަޝްރޫޢަކީ، އަސާސީ ޙައްޤުތަކާ ގުޅިފައިވާ ޚިދުމަތްތައް، ރައްޔިތުންގެ މެދުގައި ތަފާތުނުކޮށް، ހަމަހަމަގޮތެއްގައި ލިބިދިނުމަށް ހިންގާ މަޝްރޫޢުތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެތައް އަހަރެއް ވަންދެން، ރައްޔިތުން އާދޭސް ކުރަމުން ދިޔައިރުވެސް، އަސާސީ ޚިދުމަތްތައް ލިބިދޭންޖެހޭ ކަމަށް ސަރުކާރަށް ޤަބޫލުނުކުރެވުނު ކިތަންމެ ރަށެއްގައި، އެ ޚިދުމަތްތައް ޤާއިމުކުރަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު