Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕެޓް ރިވާސް ލޮޖިސްޓިކްސް ޕްރޮޖެކްޓް

"ޕެޓް ރިވަރސް ލޮޖިސްޓިކްސް ޕްރޮޖެކްޓް''ގައި ދެ ރިސޯޓަކުން ބައިވެރިވެއްޖެ

12 ޑިސެމްބަރު 2021 | އާދީއްތަ 17:53

މިއީ ސިންގަލް ޔޫސް ޕްލާސްޓިކް ރީސައިކަލް ކުރާ މަޝްރޫއެއް

އަމްނާ އިމާދު
އަމްނާ އިމާދު | 12 ޑިސެމްބަރު 2021 | އާދީއްތަ 17:53
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

"ޕެޓް ރިވަރސް ލޮޖިސްޓިކްސް ޕްރޮޖެކްޓް''ގައި ދެ ރިސޯޓަކުން ބައިވެރިވެއްޖެއެވެ.

ޕެޓް ރިވަރސް ލޮޖިސްޓިކްސް ޕްރޮޖެކްޓަކީ މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ)ގެ އިސްނެމުގެ ދަށުން ސިންގަލް ޔޫސް ޕްލާސްޓިކް ރީސައިކަލް ކުރަން ދުވަހުން ދުވަހަށް ފޮނުވުމާގުޅޭ މަޝްރޫއެކެވެ. މި މަޝްރޫއު ފުރަތަމަ ފަށާފައިވަނީ މާލެ ސިޓީގައެވެ. ނަމަވެސް މިހާރު އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި މިމަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ގެންދިޔައެވެ.

Advertisement - newsAdvertisement

މި މަޝްރޫއުގެ ދަށުން އެއްކުރާ ޕެޓް ފުޅިތައް ޕާލޭ މޯލްޑިވްސްއާ ހަވާލުކޮށްގެން ރީސައިކަލްކޮށް، އެޑިޑާސް ބްރޭންޑުގެ ބޫޓު ފަދަ އާންމު ދިރިއުޅުމުގައި ބޭނުންކުރާ ތަފާތު ތަކެއްޗަށް ބަދަލުކުރެއެވެ. ކަމާ ގުޅުންހުރި އެކި ފަރާތްތަކުން އެކައްޗެއް ކިޔައިގެން ހިންގޭ މި ހަރަކާތަކީ، ދެމެހެއްޓެނިވި ވިޔަފާރިއެއް ބިނާކުރުމުގެ އިތުރުން، ރައްޔިތުންގެ ދިރިއުޅުމާއި، މުޖުތަމައު އަދި ދުނިޔެއަށް ބަދަލުތަކެއް ގެނެސްދިނުމަށް ގިނަ ކުންފުނިތަކާއި ރީޓެއިލަރުން އެއްތަންވެ، އެއް ވިސްނުމެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ތަނަވަސްކޮށްދޭނެ ހަރަކާތެކެވެ.

މި ޕްރޮޖެކްޓަށް އެއް އަހަރު ފުރުމާއި ގުޅިގެން އާދިއްތަ ދުވަހު މާގިރި ހޮޓެލްގައި ބޭއްވި ޚާއްސަ ހަފްލާއެއްގައި ދެ ރިސޯޓަކާއެކު މަސައްކަތް ކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ. އެއީ އަދާރަން ރިސޯޓާއި ހެރިޓަންސް އާރަށެވެ.

މިހަފްލާގައި ވާހަކަދައްކަވަމުން މޯޕާގެ ރައީސް، އަދި ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ، މިމަޝްރޫއަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި، ދެ ރިސޯޓަކުން ބައިވެރިވެފައިވާއިރު، ކުރިއަށް އޮތްތަނުގައި އިތުރު ރިސޯޓުތަކުން ވެސް މި މިމަޝްރޫއާ ގުޅޭނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އައްޑޫ ސިޓީގައި ވެސް މި މަސައްކަތްތައް ފެށިގެންދާނެ ކަމަށެވެ. މަޝްރޫއަށް ލިބިފައިވާ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވައި ތޯރިގް ވިދާޅުވީ، މި ޕްރޮގްރާމްގައި އެންމެ ފުރަތަމަ ބައިވެރިވެފައިވަނީ ގާތްގަނޑަކަށް 120 ކެފޭ/ރެސްޓޯރަންޓް ކަމަށެވެ. ނަމަވެސް މިހާރު 260ށްވުރެ ގިނަ ކެފޭ/ރެސްޓޯރަންޓްތަކުން ބައިވެރިވެފައިވާ ކަމަށާއި، އަހަރެއްގެ ތެރޭގައި 30،000 ކިލޯއަށްވުރެ ގިނަ ޕެޓް ފުޅި އެއްކުރެވިފައިވާ ކަމަށް ތޯރިގް ވިދާޅުވިއެވެ. އަދި ދުވަހެއް ދުވަހަކަށް ދަނީ މަސައްކަތްފުޅާ ވަމުންކަން ތޯރިގް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ތޯރިގް ވިދާޅުވީ މި މަޝްރޫއުގެ ހިއްސާދާރުން ކަމަށްވާ، ހެޕީ މާކެޓް، މޯލްޑިވްސް އެއިރޭޓަޑް ވޯޓާ ކޮމްޕެނީ އަދި އައިލެންޑް ބެވަރޭޖަސް މޯލްޑިވްސްގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށާއި، އެކުންފުނިތަކުގެ ވަސީލަތްތައް ލިބުމަކީ މިމަޝްރޫއު ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭ މައިގަނޑު އެއްސަބަބު ކަމަށެވެ.

މި ޕްރޮޖެކްޓްގެ ދަށުން ރެސްޓޯރަންޓްތަކާ/ކެފޭތަކުން ފެންފުޅިއާއި ޕްލާސްޓިކްގެ އެހެން ބާވަތްތަކުގެ ފުޅި، ބްރޭންޑުތަކަށް ބަލައި ވަކިކުރާނެ އެވެ. ދެން އެތަކެތި އެ ވިޔަފާރިތަކަށް ސަޕްލައިކުރާ ކުންފުނިތަކުން އަލުން ނެގުމަށް ފަހު، ޕާލޭ މޯލްޑިވްސްއާ ހަވާލުކުރާނީއެވެ. ޕާލޭއިން އެ ޕްލާސްޓިކް ފުޅިތައް ފޮނުވާނީ، އެ ޖަމިއްޔާއާއެކު މަސައްކަތްކުރަމުން އަންނަ ގައުމުތަކަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

އިތުރަށް ކިޔާލަން

03 އެޕްރީލު 2018

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ޕެޓްރޯލް ކުރުމަށް ޕާކިސްތާނުގެ އެހީއަށް އެދުން، އިންޑިޔާގެ ސަމާލުކަމަށް

03 އެޕްރީލު 2018
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ޕެޓްރޯލް ކުރުމަށް ޕާކިސްތާނުގެ އެހީއަށް އެދުން، އިންޑިޔާގެ ސަމާލުކަމަށް
21 ޖެނުއަރީ 2018

އެމްޑީޕީގެ ހަރުގެއަށް ޕެޓްރޯލް ކޮތަޅުތަކެއް އުކި މައްސަލައެއް ތަހުގީގެއް ނުކުރަން: ޕޮލިސް

21 ޖެނުއަރީ 2018
އެމްޑީޕީގެ ހަރުގެއަށް ޕެޓްރޯލް ކޮތަޅުތަކެއް އުކި މައްސަލައެއް ތަހުގީގެއް ނުކުރަން: ޕޮލިސް
20 ޖެނުއަރީ 2018

ކޯޓު އަމުރާ ޚިލާފަށް ވިލާގެ ރިސޯޓަކުން ބަނގުރާ ކޭސްތަކެއް ކަސްޓަމްސް އިން ގެންދިޔަ މައްސަލަ ކޯޓަށް ހުށަހަޅައިފި

20 ޖެނުއަރީ 2018
ކޯޓު އަމުރާ ޚިލާފަށް ވިލާގެ ރިސޯޓަކުން ބަނގުރާ ކޭސްތަކެއް ކަސްޓަމްސް އިން ގެންދިޔަ މައްސަލަ ކޯޓަށް ހުށަހަޅައިފި
12 ޖެނުއަރީ 2018

ޕެޓްރޯލް އަޅާފައި ހުރި ކޮތަޅުތަކެއް އެމްޑީޕީ ހަރުގެއަށް އުކައިފި

12 ޖެނުއަރީ 2018
ޕެޓްރޯލް އަޅާފައި ހުރި ކޮތަޅުތަކެއް އެމްޑީޕީ ހަރުގެއަށް އުކައިފި
04 ޖެނުއަރީ 2018

ލާމް ގަމުން ޕެޓްރޯލް އަދި ޑީސަލް ހުސްވެއްޖެ

04 ޖެނުއަރީ 2018
ލާމް ގަމުން ޕެޓްރޯލް އަދި ޑީސަލް ހުސްވެއްޖެ
30 ޑިސެމްބަރު 2017

އިންޑަސްޓްރިއަލް ވިލެޖުގައި ޕެޓްރޯލް ޝެޑް ހެދުމަށް ފަހު މާލެ ތެރޭގައި ހުރި އެފްއެސްއެމްގެ ޝެޑްތައް ބަންދުކުރަނީ

30 ޑިސެމްބަރު 2017
އިންޑަސްޓްރިއަލް ވިލެޖުގައި ޕެޓްރޯލް ޝެޑް ހެދުމަށް ފަހު މާލެ ތެރޭގައި ހުރި އެފްއެސްއެމްގެ ޝެޑްތައް ބަންދުކުރަނީ
26 ނޮވެމްބަރު 2017

އެސްޓިއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލުގެ އަގު އަނެއްކާވެސް ބޮޑު ކޮށްފި

26 ނޮވެމްބަރު 2017
އެސްޓިއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލުގެ އަގު އަނެއްކާވެސް ބޮޑު ކޮށްފި
10 އޮކްޓޯބަރު 2017

ލަންކާގައި ތެލުގެ އަގު ބޮޑުކުރަން ފުރުސަތު ނުދެވޭނެ: ޕެޓްރޯލިއަމް މިނިސްޓަރ

10 އޮކްޓޯބަރު 2017
ލަންކާގައި ތެލުގެ އަގު ބޮޑުކުރަން ފުރުސަތު ނުދެވޭނެ: ޕެޓްރޯލިއަމް މިނިސްޓަރ
12 ސެޕްޓެމްބަރު 2017

ހަތާ މޯލްޑިވްސްއިން ތިނަދޫގައި ޕެޓްރޯލާއި ޑީސަލް ޝެޑެއް ހުޅުވައިފި

12 ސެޕްޓެމްބަރު 2017
ހަތާ މޯލްޑިވްސްއިން ތިނަދޫގައި ޕެޓްރޯލާއި ޑީސަލް ޝެޑެއް ހުޅުވައިފި
18 ޖޫން 2017

ޕެޓްރޯލް ލީޓަރަކުން 30 ލާރި، ޑީސަލް ލީޓަރަކުން 51 ލާރި އަގުހެޔޮކޮށްފި

18 ޖޫން 2017
ޕެޓްރޯލް ލީޓަރަކުން 30 ލާރި، ޑީސަލް ލީޓަރަކުން 51 ލާރި އަގުހެޔޮކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް