Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ތެލުގެ އަގު

ޕެޓްރޯލް ލީޓަރަކުން 30 ލާރި، ޑީސަލް ލީޓަރަކުން 51 ލާރި އަގުހެޔޮކޮށްފި

މިއީ އިމްޕޯޓް އެސްޕޯޓް ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން އައި ބަދަލެއް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 18 ޖޫން 2017 | އާދީއްތަ 07:22
ފިއުލް ސަޕްލައި މޯލްޑިވްސް

ފިއުލް ސަޕްލައި މޯލްޑިވްސް

އެސްޓީއޯ އިން ޕެޓްރޯލާއި ޑީސަލްގެ އަގުތައް ކުޑަކޮށްފި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ޝަހީރު ވިދާޅުވީ، އެސްޓީއޯ އިން ވިއްކާ ޑީސަލް ލީޓަރަކުން 51 ލާރި އަގު ހެޔޮވެފައިވާ އިރު ފެޓްރޯލުން 30 ލާރި މިއަދުން ފެށިގެން ހެޔޮކުރެވިފައިވާ ކަމަށެވެ. މި ފަދަ ބަދަލެއް ގެނެވުނީ ތެލުގެ ބާވަތްތަކުގެ ޑިއުޓީ ފަސް ޕަސެންޓަށް ކުޑަ ކުރުމަށް މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ އެ ބިލް ތަސްދީގު ކުރުމާ ގުޅިގެން ކަމަށް ޝަހީރު ވިދާޅުވި އެވެ.

Advertisement - newsAdvertisement

މަޖިލީހުން މި އިސްލާހު ފާސްކޮށްފައިވަނީ 73 މެންބަރުންގެ އިއްތިފާގުންނެެވެ. އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި މި އިސްލާހަށް އިިދިކޮޅު ފަރާތްތަކުން ވެސް ވަނީ އިސްލާހު ހުށަހަޅާފަ އެވެ. އެގޮތުން، ޕެޓްރޯލާއި ޑީސަލުން ނަގާ ޑިއުޓީ ސުން ޕަސެންޓް ބަދަލު ކުރުމަށް ހުށަހެޅި އެވެ. އެ އިސްލާހު މަޖިލީހުން ފާހެއް ނުވެ އެވެ.

ޝަހީރު ވިދާޅުވީ ތެލުގެ ރޭޓަށް ގެެނެވުނު މި ބަދަލުތަކާއި އެކު އެސްޓީއޯ އިން ސްޓެލްކޯ އަށާއި ފެނަކާއިގެ އިތުރުން މަސްވެރިންނަށް ހާއްސަ ރޭޓުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. އެސްޓީއޯ އިން މިހާރުވަނީ ފެނަކައިގެ ހުރިހާ ބްރާންޗްތަކަށްވެސް ތެޔޮފޯރުކޮށްދޭން ފަށާފަ އެވެ.

އެސްޓީއޯ އިން ގެނެވުނު މި ބަދަލާއެކު ޑީސަަލް އަދި ޕެޓްރޯލް ލީޓަރެއް ލިބެން ހުންނަނީ ޕެޓްރޯލް 8.65ރ. އަށް އަދި ޑީސަލް 8.45ރ. އަށެވެ.

ފިއުލް ސަޕްލައި ކުރުމުގެ މަސައްކަތުގައި އެސްޓީއޯ އިން ވިޔަފާރި ކުރާ އިރު ފޮނަދޫގައި ގާއިމްކޮށްފައިވާ ތެޔޮ ރައްކާ ކުރުމުގެ ނިޒާމުގެ ތެރެއިން 15000 މެޓްރިކް ޓަނުގެ ތެޔޮ ރައްކާކުރެވޭނެ އެވެ. ފޮނަދޫގައި ތެޔޮރައްކާ ކުރުމުގެ މަސައްކަތް އެސްޓީއޯ އިން ފަށާފައިވަނީ 2002 ވަނަ އަހަރު އެވެ.

މީގެ އިތުރުން އައްޑޫ ސިޓީ ގަމުގައިވެސް ތެޔޮ ރައްކާ ކުރުމުގެ ނިޒާމު ވަނީ ގާއިމް ކޮށްފަ އެވެ. އެތަނުގައި 1000 ޓަނު ޑީސަލާއި 120 ޓަނުގެ ޕެޓްރޯލް އަދި 10 ޓަނުގެ ކަރާސީނު ތެޔޮ ރައްކާކުރެވެ އެވެ.

އިތުރަށް ކިޔާލަން

04 ޖެނުއަރީ 2018

ލާމް ގަމުން ޕެޓްރޯލް އަދި ޑީސަލް ހުސްވެއްޖެ

04 ޖެނުއަރީ 2018
ލާމް ގަމުން ޕެޓްރޯލް އަދި ޑީސަލް ހުސްވެއްޖެ
30 ޑިސެމްބަރު 2017

އިންޑަސްޓްރިއަލް ވިލެޖުގައި ޕެޓްރޯލް ޝެޑް ހެދުމަށް ފަހު މާލެ ތެރޭގައި ހުރި އެފްއެސްއެމްގެ ޝެޑްތައް ބަންދުކުރަނީ

30 ޑިސެމްބަރު 2017
އިންޑަސްޓްރިއަލް ވިލެޖުގައި ޕެޓްރޯލް ޝެޑް ހެދުމަށް ފަހު މާލެ ތެރޭގައި ހުރި އެފްއެސްއެމްގެ ޝެޑްތައް ބަންދުކުރަނީ
16 ޑިސެމްބަރު 2017

އަގު ބޮޑުކޮށް ޑީސަލް ގަތް މައްސަލައިގައި ދައުވާ ކުރުމާމެދު އަދިވެސް ގޮތެއް ނުނިންމާ:ޕީޖީ

16 ޑިސެމްބަރު 2017
އަގު ބޮޑުކޮށް ޑީސަލް ގަތް މައްސަލައިގައި ދައުވާ ކުރުމާމެދު އަދިވެސް ގޮތެއް ނުނިންމާ:ޕީޖީ
31 އޮކްޓޯބަރު 2017

އަގު ބޮޑުކޮށް ޑީސަލް ގަތް މައްސަލާގައި ފެނަކައިގެ ޕްރޮކިޔުމެންޓް ހެޑްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި

31 އޮކްޓޯބަރު 2017
އަގު ބޮޑުކޮށް ޑީސަލް ގަތް މައްސަލާގައި ފެނަކައިގެ ޕްރޮކިޔުމެންޓް ހެޑްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި
12 ސެޕްޓެމްބަރު 2017

ހަތާ މޯލްޑިވްސްއިން ތިނަދޫގައި ޕެޓްރޯލާއި ޑީސަލް ޝެޑެއް ހުޅުވައިފި

12 ސެޕްޓެމްބަރު 2017
ހަތާ މޯލްޑިވްސްއިން ތިނަދޫގައި ޕެޓްރޯލާއި ޑީސަލް ޝެޑެއް ހުޅުވައިފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު