Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ދާންދޫ ކައުންސިލާ ބައްދަލުކުރެއްވުން

ގއ. ދާންދޫ ކައުންސިލުގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކޮށްފި

12 ޑިސެމްބަރު 2021 | އާދީއްތަ 13:29

ކައުންސިލުން ވަނީ، މި ސަރުކާރުން ދާންދޫގެ ތަރައްޤީއަށް ވަރަށް ގިނަ މަޝްރޫޢުތަކެއް އަލަށް ފަށާފައިވާކަން ފާހަގަކޮށްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 12 ޑިސެމްބަރު 2021 | އާދީއްތަ 13:29
ރައީސުލްޖުމްހޫރިއްޔާ ގއ ދާންދޫ ކައުންސިލާ ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ ގއ ދާންދޫ ކައުންސިލާ ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، ގއ. ދާންދޫ ކައުންސިލާ ބައްދަލުކުރައްވައި ކައުންސިލްގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

އާދިއްތަ ދުވަހުގެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ، މި ސަރުކާރުން ދާންދޫގެ ތަރައްޤީއަށް ވަރަށް ގިނަ މަޝްރޫޢުތަކެއް އަލަށް ފަށާފައިވާކަން އުފަލާއެކު ފާހަގަކުރައްވައި، މިއީ ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމަނައިގެން މިވީހާ ތަނަށް ނުހިންގޭހާ ގިނަ މަޝްރޫޢުތަކެއް ކަމުގައި ވިދާޅުވެ، އެކަމަށްޓަކައި ޝުކުރުއަދާކުރައްވައިފައެވެ.

Advertisement - newsAdvertisement

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ އެރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، ރައްޔިތުންގެ ކަންބޮޑުވުންތަކުގެ މަޢުލޫމާތާއި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރައްވާފައެވެ. މިގޮތުން ކައުންސިލަރުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، ދިގު މުއްދަތުން ދައްކާ ޚަލާޞްކުރާ ގޮތަށް، ދާންދޫގައި ގެދޮރު ޢިމާރާތް ކުރުމަށް ސަރުކާރުން އެހީތެރިކަން ބޭނުންވާކަމަށާއި، މީހުން ދިރިއުޅޭ ހިސާބެއްގައި އިންޖީނުގެ ޢިމާރާތް ބިނާކޮށްފައިވުމުން ދިމާވާ ދަތިތަކާއި، ރަށުގައި ޤާއިމުކޮށްފައިވާ އައިސްޕްލާންޓްގެ ޚިދުމަތް އަވަސް އަވަހަށް މެދުކެނޑެމުންދާތީ ދިމާވާ ދަތިތަކާއި، ރަށުގައި އަލަށް ތަރައްޤީކުރަމުންދާ ފުޓްބޯޅަ ދަނޑުގެ ލައިޓިންގ ބޭނުންވާކަން ހިމެނެއެވެ.

އަދި، ދާންދޫ ސްކޫލްގައި އޭ ލެވެލްއަށް ކިޔަވައިދޭން ފެށުމާއެކު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކޮށްދެއްވުމަށާއި، ބޭންކިންގ ޚިދުމަތް ބޭނުންވާކަމަށާއި، ހުވަދު އަތޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް އޮތުމަށް ރައްޔިތުން އެދޭކަމުގައި ކައުންސިލަރުން ވިދާޅުވިއެވެ. މީގެ އިތުރުން ކައުންސިލުން ވަނީ، ޖުމްލަކޮށް ރަށުގެ ތަރައްޤީގެ ކަންކަން ރަނގަޅު ނަމަވެސް ޞިއްޙީ މަރުކަރުގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާކަން ފާހަގަ ކުރައްވާފައެވެ. އަދި ކައުންސިލުން ވަނީ އަންހެނުން ބާރުވެރިކުރުވުމަށް މި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތައް ބަލައިގަންނަކަމުގައި ވިދާޅުވެ އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރަށުގެ ތަރައްޤީއަށް ރޭވިފައިވާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ޙިއްޞާކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވިގޮތުގައި، ބޯހިޔާވަހިކަމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން އަމިއްލަ ފަރާތްތަކަށް ދޫކުރާ ލޯން ސްކީމެއް މިހާރުވެސް އޮތްކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގައި، ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރެއްވުމަށްފަހު އެދެވޭ ޙައްލެއް ހޯއްދަވައިދެއްވާނެކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބް ޢަބްދުﷲ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2017

މީޑިއާ ކޮމިޝަންގެ ބިލުގައި ހުރި ކަންބޮޑުވުންތައް މެންބަރުންނާ ހިއްސާ ކުރަނީ

26 ނޮވެމްބަރު 2017
މީޑިއާ ކޮމިޝަންގެ ބިލުގައި ހުރި ކަންބޮޑުވުންތައް މެންބަރުންނާ ހިއްސާ ކުރަނީ
02 ނޮވެމްބަރު 2017

އެމްޑީޕީގެ ޓީމް ހއ ކެލާގައި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެހުމަށް ދޮރުން ދޮރަށް

02 ނޮވެމްބަރު 2017
އެމްޑީޕީގެ ޓީމް ހއ ކެލާގައި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެހުމަށް ދޮރުން ދޮރަށް
25 އޯގަސްޓު 2017

ގއ. ދާންދޫ ސިއްޙީ މަރުކަޒުގެ އިސްވެރިޔާ ވަޒީފާއިން ވަކިކޮށްފި

25 އޯގަސްޓު 2017
ގއ. ދާންދޫ ސިއްޙީ މަރުކަޒުގެ އިސްވެރިޔާ ވަޒީފާއިން ވަކިކޮށްފި
20 އޯގަސްޓު 2017

ޕާޕާގެ އަނބިކަނބަލުންގެ ކަންބޮޑުވުންތައް ކޮމިޝަނަރ އޮފް ޕްރިޒަން އަށް ބަންޑުން ކޮށްލައިފި

20 އޯގަސްޓު 2017
ޕާޕާގެ އަނބިކަނބަލުންގެ ކަންބޮޑުވުންތައް ކޮމިޝަނަރ އޮފް ޕްރިޒަން އަށް ބަންޑުން ކޮށްލައިފި
12 އޯގަސްޓު 2017

ފުލުހުންނާއި މެދު ހުރި ރައްޔިތުންގެ ކަންބޮޑުވުންތައް ފުލުހުންގެ ޕްރޮފެޝަނަލް ކޮމާންޑް ޔުނިޓާއި ހިއްސާ ކޮށްފި!

12 އޯގަސްޓު 2017
ފުލުހުންނާއި މެދު ހުރި ރައްޔިތުންގެ ކަންބޮޑުވުންތައް ފުލުހުންގެ ޕްރޮފެޝަނަލް ކޮމާންޑް ޔުނިޓާއި ހިއްސާ ކޮށްފި!
09 ޖުލައި 2017

ޔޫއެންގެ ސެކިއުރިޓީ ކައުންސިލުގެ މެމްބަރަކަށްވުމަށް ތާއިދު ދެއްވުމަށް ރައީސް ޔާމީން އެދިވަޑައިގަންނަވައިފި

09 ޖުލައި 2017
ޔޫއެންގެ ސެކިއުރިޓީ ކައުންސިލުގެ މެމްބަރަކަށްވުމަށް ތާއިދު ދެއްވުމަށް ރައީސް ޔާމީން އެދިވަޑައިގަންނަވައިފި
14 މެއި 2017

ފިޔޯރީ ކައުންސިލުގެ ތިޖޫރި ފަޅާލައި ފައިސާ ވަގަށް ނަގައިފި

14 މެއި 2017
ފިޔޯރީ ކައުންސިލުގެ ތިޖޫރި ފަޅާލައި ފައިސާ ވަގަށް ނަގައިފި
12 މެއި 2017

އިދިކޮޅު ފަރާތްތަކުން އީޔޫގެ މެމްބަރުންނާއި ބައްދަލުކޮށް، ކަންބޮޑުވުންތައް ހިއްސާކޮށްފި

12 މެއި 2017
އިދިކޮޅު ފަރާތްތަކުން އީޔޫގެ މެމްބަރުންނާއި ބައްދަލުކޮށް، ކަންބޮޑުވުންތައް ހިއްސާކޮށްފި
06 އެޕްރީލު 2017

ވިލިފުށީ ކައުންސިލުގެ ރައީސް ޖަބީން ހަ މަސްދުވަހަށް ގޭގައި ބަންދުކުރުމަށް ހުކުމްކޮށްފި

06 އެޕްރީލު 2017
ވިލިފުށީ ކައުންސިލުގެ ރައީސް ޖަބީން ހަ މަސްދުވަހަށް ގޭގައި ބަންދުކުރުމަށް ހުކުމްކޮށްފި
08 ފެބުރުއަރީ 2017

މަހްލޫފްގެ މައްސަލައިގާ ހުރި ކަންބޮޑުވުންތައް އެމްޑީޕީން އައިޕީޔޫއަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
މަހްލޫފްގެ މައްސަލައިގާ ހުރި ކަންބޮޑުވުންތައް އެމްޑީޕީން އައިޕީޔޫއަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް