Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގުރައިދޫ މަރުކަޒުގެ ހާލަތު

ގުރައިދޫ މަރުކަޒުގެ ހާލަތު ދަށްވުމުގެ ސަބަބަކަށް މިނިސްޓްރީން ދެއްކީ ބަޖެޓުގެ ތާށިކަން

12 ޑިސެމްބަރު 2021 | އާދީއްތަ 09:27

ގުރައިދޫ މަރުކަޒަށް ބަޖެޓުގެ ގޮތުގައި 33.1 މިލިއަން ރުފިޔާ ދޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 12 ޑިސެމްބަރު 2021 | އާދީއްތަ 09:27
ގުރައިދޫގައި ހުންނަ، ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު

ގުރައިދޫގައި ހުންނަ، ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު

ގުރައިދޫ މަރުކަޒުގެ ހާލަތު ރަނގަޅުކުރުމަށް ބޭނުންވާ ވަސީލަތްތައް ނުލިބި ވަނީ ބަޖެޓުގެ ތާށިކަމުގެ ސަބަބުން ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.

އދ. ގެ ވޯރކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ރާއްޖޭގެ ދައުވަތަކަށް ރާއްޖެ އައިސް، 10 ދުވަހުގެ ތަހުގީގަކަށްފަހު ނެރުނު ރިޕޯޓުގައި ވަނީ ގުރައިދޫ މަރުކަޒުގެ ހާލަތު ވަރަށް ދަށްކަމަށް ބުނެފައެވެ. އެތަނުގައި ތިބޭ މީހުންނަށް އެކަށީގެންވާ ވަސީލަތްތައް ނެތް ކަމަށެވެ. އެތަނުގައި އެކަށީގެންވާ އަދަދަކަށް މުވައްޒަފުންވެސް ނެތްއިރު، ބޭނުންވާ ސައިކޯ ސޯޝަލް ސަޕޯޓްވެސް ފޯރުކޮށް ނުދެވޭ ކަމަށެވެ.

Advertisement - newsAdvertisement

މިކަމާއި ގުޅިގެން ރާއްޖެޓީވީން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޖެންޑަރ މިނިސްޓްރީން ބުނީ މަރުކަޒުގެ ހާލަތު ރަނގަޅުކުރުމަށް ބޭނުންވާ ވަސީލަތްތައް ނުލިބި ވަނީ ބަޖެޓުގައި ހުރި ތާށިކަމުގެ ސަބަބުން ކަމަށެވެ. ގުރައިދޫ މަރުކަޒަށް އަހަރަކު ލިބެނީ 33،191،134 ރުފިޔާގެ ބަޖެޓެއް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އދ. ގެ ވޯރކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ބުނެފައިވަނީ އެތަނުން ދޫކޮށްލާފައި ތިބި 20 މީހަކު އެތަނުގައި މިހާރުވެސް އެބަތިބި ކަމަށެވެ. އަދި ކުޑަ 2 ކުދިންވެސް ބޮޑެތި މީހުންނާއެކު އެތަނުގައި ގެންގުޅެމުންދާ ކަމަށާއި، އެކުދިން ވަކިން ގެންގުޅޭނެ ތަނެއް ނެތް ކަމަށެވެ. މިކަމާއި ގުޅިގެން ޖެންޑަރ މިނިސްޓްރީން ބުނީ މި ކުދިން ވަކިން ބޭތިއްބުމަށްޓަކައި 2 ވޯޑްގެ މަރާމާތުގެ މަސައްކަތްދަނީ ކުރިއަށް ކަމަށެވެ. ޖެނުއަރީ މަހުގެ ނިޔަލަށް މަސައްކަތް ނިންމާލެވޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އުމުރުން ދުވަސްވީ މީހުންނަށް ޚިދުމަތްދޭނެ ވަކި ތަނެއް ނެތުމުން ގުރައިދޫ މަރުކަޒުން ދޫކޮށްލާ މީހުންވެސް ދާނެ ވަކި ތަނެއް ނެތްކަން އެ ގްރޫޕުން ފާހަގަކުރިއެވެ. މިކަމާއި ގުޅިގެން މިނިސްޓްރީން ބުނީ ދާނެ ވަކި ތަނެއް ނެތް މީހުންގެ ތެރެއިން މިނިސްޓްރީގެ ބެލުމުގެ ދަށުން އެޗްޕީއެސްއެންގައި މިވަގުތު 23 މީހުން އެބަތިބިކަމަށެވެ. މިފަދަ މީހުން ބޭތިއްބުމަށް ވިލިމާލޭގައި ހުންނަ ހިޔާ އަލުން މަރާމާތުކުރަން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މީގެ އިތުރުން މެންޓަލީ ސްޓޭބަލް މީހުންނާއި އަންސްޓޭބަލް މީހުންވެސް އެއް ތަނަކު ބައިތިއްބާކަން ފާހަގަކޮށްފައިވާއިރު، މިނިސްޓްރީން ބުނީ އެމީހުން ވަކިކުރުމަށް ވޯޑް ނަމްބަރު 5 ހުސްކޮށް އެތަނުގެ މަރާމާތު ނިމިފައިވާކަމަށެވެ. އެތަނަށް ފަރުނީޗަރު ހޯދުމަށް ބިޑަށް ހުޅުވާލާފައިވާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. 5 ނަމްބަރު ވޯޑު މަރާމާތުކޮށްފައި ވަނީ ސްޓެލްކޯގެ ސީއެސްއާރްގެ ދަށުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެތަނުގެ ވަސީލަތް އިތުރުކޮށް މީހުން ތަމްރީނުކުރުމުގެ މަސައްކަތުގެ ތެރެއިން ކްލިނިކަލް ޚިދުމަތް ދިނުމަށްޓަކައި ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން މިހާރު ޚިދުމަތް ދިނުމަށްޓަކައި ދަނީ މަސައްކަތްތައް ކުރަމުން ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފައިވެއެވެ. މިވަގުތު ކްލިނިކަލް އިކުއިޕްމަންޓް ހޯދުމުގެ މަސައްކަތް ކުރަމުން ދާކަމަށް ވެސް ބުނެފައިވެއެވެ.

މިނިސްޓްރީން ބުނީ އެންމެ ބޮޑު ޖޮންޖެހުމެއް އޮތީ އިންސާނީ ވަސީލަތް ތަރައްގީ ކުރުމުގައި ކަމަށެވެ. އެހެންކަމުން މުވައްޒަފުން ތަމްރީން ކުރުމަށް އޭޖް ކެއަރ މޯލްޑިވްސްއާއި އެކި އެކި އެންޖީއޯތަކުން ވަނީ ތަފާތު ޕްރޮގްރާމްތައް ހިންގާފައި ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މީގެ އިތުރުން ޕޮލިޓެކްނިކާއި އެކު މިނިސްޓްރީގެ އެލްޑާރލީ ޑިވިޝަނުން ގެންދަނީ ކެއަރ ޑިވެލޮޕްމަންޓް ޕްރޮގްރާމް، ސެޓްފިކްޓް ލެވެލް 3 ގެ ކޯހެއް އަންނަ އަހަރުގެ ޖެނުއަރީ މަހު ފެށުމަށް ތައްޔާރުވަމުން ކަމަށެވެ. މިއީ ޑަބްލިއުއެޗްއޯ ގެ އެހީގެ ދަށުން 6 މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާނެ ޕްރޮގްރާމެއް ކަމަށާއި، މިޕްރޮގްރާމްގައި ފުރަތަމަ ޓްރެއިން ކުރާނީ އެޗްޕީއެސްއެންގެ މުވައްޒަފުން ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އެއަށްފަހު އާންމު ފަރާތްތަކުންވެސް މިޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލާނެ ކަމަށް ބުނެފައިވެއެވެ.

ގުރައިދޫ މަރުކަޒަށް ބޭނުންވާ ވަސީލަތްތައް ނެތް ކަމަށާއި، އެކަށީގެންވާ ބަޖެޓްވެސް އެތަނަށް ނުލިބޭ ކަމަށް އދ. ގެ ވޯރކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުންވެސް ފާހަގަކޮށްފައިވެއެވެ. ގުރައިދޫ މަރުކަޒަށް އެހާ ބޮޑަށް ސަރުކާރުތަކުން އަޅާލެވިފައި ނެތްކަމަށާއި، އެކަށީގެންވާ ވަސީލަތާ މީހުން ތަމްރީނު ކުރުމަށް އެ ގްރޫޕުން އެދިފައިވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

23 މެއި 2017

ސިޔާސީ މަސްރަހުގެ ހާލަތު ދެނެގަތުމަށް އީޔޫގެ ވަފުދުން އިދިކޮޅު ފަރާތަކާއި ބައްދަލުކޮށްފި

23 މެއި 2017
ސިޔާސީ މަސްރަހުގެ ހާލަތު ދެނެގަތުމަށް އީޔޫގެ ވަފުދުން އިދިކޮޅު ފަރާތަކާއި ބައްދަލުކޮށްފި
01 މެއި 2017

މޭޑޭގައި ނުކުތް ހާލަތު ބަދަލެއް ނުވޭ، އަލުން ސަފުތައް ރުކުރުވާލަންޖެހޭ: އަމީން

01 މެއި 2017
މޭޑޭގައި ނުކުތް ހާލަތު ބަދަލެއް ނުވޭ، އަލުން ސަފުތައް ރުކުރުވާލަންޖެހޭ: އަމީން
26 އެޕްރީލު 2017

ގުޅިފައިވާ ޕާޓީތަކުން ރާއްޖޭގެ ހާލަތު އޮސްޓްރޭލިޔާ އެމްބެސެޑަރާ ހިއްސާކޮށްފި

26 އެޕްރީލު 2017
ގުޅިފައިވާ ޕާޓީތަކުން ރާއްޖޭގެ ހާލަތު އޮސްޓްރޭލިޔާ އެމްބެސެޑަރާ ހިއްސާކޮށްފި
15 އެޕްރީލު 2017

ގުރައިދޫގައި އެމްޑީޕީގެ މެމްބަރުންނާއި އެކު ބައްދަލުވުމެއް ބާއްވައިފި

15 އެޕްރީލު 2017
ގުރައިދޫގައި އެމްޑީޕީގެ މެމްބަރުންނާއި އެކު ބައްދަލުވުމެއް ބާއްވައިފި
12 އެޕްރީލު 2017

މަޑަވެލީ ސިއްހީ މަރުކަޒުގެ ސީނިއަ އެޑްމިނިސްޓްރޭޓަރ ވަކިކޮށްފި

12 އެޕްރީލު 2017
މަޑަވެލީ ސިއްހީ މަރުކަޒުގެ ސީނިއަ އެޑްމިނިސްޓްރޭޓަރ ވަކިކޮށްފި
25 މާރިޗު 2017

ރޯގާއާ ގުޅިގެން އިއުލާނު ކުރި ކުއްލި ހާލަތު އަދިވެސް އޮތީ ލެވެލް ތިނެއްގައި!

25 މާރިޗު 2017
ރޯގާއާ ގުޅިގެން އިއުލާނު ކުރި ކުއްލި ހާލަތު އަދިވެސް އޮތީ ލެވެލް ތިނެއްގައި!
23 މާރިޗު 2017

ޤައުމުގެ ހާލަތު ބަދަލުކުރުމަށް އެމްޑީޕީއާ އަދާލަތު ޕާޓީ އަދި ރައީސް މައުމޫނާ ގުޅިގެން މަސައްކަތްކުރުމަށް ޖޭޕީން ނިންމައިފި

23 މާރިޗު 2017
ޤައުމުގެ ހާލަތު ބަދަލުކުރުމަށް އެމްޑީޕީއާ އަދާލަތު ޕާޓީ އަދި ރައީސް މައުމޫނާ ގުޅިގެން މަސައްކަތްކުރުމަށް ޖޭޕީން ނިންމައިފި
18 މާރިޗު 2017

އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި

18 މާރިޗު 2017
އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި
06 މާރިޗު 2017

ސްޓެލްކޯގެ ހާލަތު ދަށްވީ ރައީސް ނަޝީދުގެ ސަރުކާރުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

06 މާރިޗު 2017
ސްޓެލްކޯގެ ހާލަތު ދަށްވީ ރައީސް ނަޝީދުގެ ސަރުކާރުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ
12 ފެބުރުއަރީ 2017

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް