Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެރިކަމުގެ ސިޔާސަތު

ވެރިކަމުގެ ސިޔާސަތަށް އައި ހެޔޮ ބަދަލަކީ އެއިރު ރާއްޖެ ހިފަން އައި މީހުން މިއަދު ރާއްޖެ ހިމާޔަތްކޮށްދޭތަން ފެނިގެން ދިއުން - ސަލީމް

10 ޑިސެމްބަރު 2021 | ހުކުރު 13:17

މިއަދުގެ ސަރުކާރަކީ މަސްވެރިކަމުގެ ދާއިރާއިން އޭ ގްރޭޑް ދޭންޖެހޭ ސަރުކާރެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 10 ޑިސެމްބަރު 2021 | ހުކުރު 13:17
ހޯރަފުށީ އައިސްޕްލާންޓް ހުޅުވުމުގެ ރަސްިއްޔާތުގައި އެ ދާއިރާގެ މެންބަރު ސަލީމް ވާހަކަ ދައްކަވަނީ

ހޯރަފުށީ އައިސްޕްލާންޓް ހުޅުވުމުގެ ރަސްިއްޔާތުގައި އެ ދާއިރާގެ މެންބަރު ސަލީމް ވާހަކަ ދައްކަވަނީ

ވެރިކަމުގެ ސިޔާސަތަށް އައި ހެޔޮ ބަދަލަކީ އެއިރު ރާއްޖެ ހިފަން އައި މީހުން މިއަދު ރާއްޖެ ހިމާޔަތްކޮށްދޭތަން ފެނިގެން ދިއުން ކަމުގައި ކަމަށް ހޯރަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސަލީމް މިހެން ވިދާޅުވީ މަސްވެރިންގެ ދުވަހާއި ގުޅިގެން ހޯރަފުށީ އައިސްޕްލާންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސަލީމް ވިދާޅުވީ މަސްވެރިންގެ ދުވަސް ނުވަތަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހަކީ އެކި ގޮތްގޮތުން ޚާއްސަ ދުވަހެއް ކަމަށެވެ. މީގެ ކުރިންވެސް ޑިސެމްބަރު މަހުގެ 10 ވަނަ ދުވަސް ފާހަގަކުރެވިއްޖެ ކަމަށާއި، މިއީ ތާރީޚާއި ރާއްޖެއާއި ގުޅިފައިވާ ތާރީޚެއް ކަމަށެވެ. އަދި މިޒަމާނުގެ ތާރީޚާއި 10 ޑިސެމްބަރު ގުޅޭ ކަމަށެވެ.

Advertisement - newsAdvertisement

ސަލީމް ވިދާޅުވީ މީގެ ކުރިން ޑިސެމްބަރު މަހުގެ 10ށް ބޭރުން އަންނަ އުދުވާންތަކުން ސަލާމަތްވުމަށް ސިފައިން ތައްޔާރުވާ ކަމަށާއި، ގައުމު ހިންގަން ހުންނަވާ ފަރާތުން ބަޑި ޗެކްކޮށް އެ ބޭނުންކުރެވޭތޯ ބަލާ ކަމަށެވެ. އެއީ މޫސުން ބަދަލުވެ މަސްވެރިކަން ރަނގަޅުވާ ދުވަސްވަރު ބޭރުން އަންނަ އުދުވާނުތަކުން ރައްކާތެރިވުމަށް ކަމަށެވެ. ނަމަވެސް އެ މަންޒަރު ބަދަލުވެއްޖެ ކަމަށާއި، މިއަދު ފެންނަނީ އޭގެ އަނެއްކޮޅު ކަމަށެވެ.

ސަލީމް ވިދާޅުވީ ވެރިކަމުގެ ސިޔާސަތަށް އައި ހެޔޮބަދަލުގެ ސަބަބުން މިއަދު އެ ހެޔޮ ބަދަލު ފެންނަމުންދާ ކަމަށެވެ. އެދުވަހު ނުރައްކާ ކުރި ފަރާތްތަކަކީ މިއަދު އަޅުގަނޑުމެންގެ ރަހުމަތްތެތެރިން ކަމަށާއި، މިއަދު ކަނޑުތައް ބަލަހައްޓަނީ އެ ފަރާތްތަކުން އެ ފަރާތްތަކުގެ ސިފައިންނާއެކު ކަމަށެވެ. އަދި އަވަށްޓެރި ގައުމުތަކުން ރާއްޖެއަށް އެހީ އާއި މަދަދުދޭ ކަމަށާއި، އަވަށްޓެރި ގައުމުތަކާއެކު މަސްކަނޑުތައް ބެލެހެއްޓުމަށް މި އައި ބަދަލަށް ވިސްނާލަންޖެހޭ ކަމަށެވެ.

ސަލީމް ވިދާޅުވީ މަސްވެރިންގެ ދުވަހަކީ ރާއްޖޭގެ މަސްވެރިކަމަށް ބަދަލެއް ގެނުވި ދުވަހެއް ކަމަށާއި، އެއީ މަސްކޮޅު ކޮންޓްރޯލް ކުުރަމުންދިޔަ ވޯރާ ވިޔަފާރިވެރިންގެ އަތުން ދިވެހި މަހުގެ ކޮންޓްރޯލް މިނިވަންވި ދުވަސް ކަމަށެވެ. އަދި އެދުވަހަކީ ބޮޑު އިސްޓޯރު ހުޅުވި މަސްވެރިން ބާނާ މަސް ކިރުވަންފެށި ދުވަސް ކަމަށެވެ.

ސަލީމް ވިދާޅުވީ ރާއްޖެއާއި މަސްވެރިކަމާއި އޮތް ގުޅުމަކީ ވަރަށް ބޮޑު ގުޅުމެއް ކަމަށެވެ. އެގުޅުން އަޅުގަނޑުމެންނަށް ފެންނަނީ މޯލާދީޕާ ފަދަ ގަދީމީ ލިޔުންތަކުން ފެންނަން ހުރި ރާއްޖޭގެ ނަމުން ކަމަށާއި، މަސްވެރިކަމާއި އަޅުގަނޑުމެން ވަކި ނުކުރެވޭނެ ކަމަށެވެ. މީގެ އިތުރުން މުުޖްތަމައުގެ ކޮންމެ ހިސާބެއްގައި ހުރި ނަމަވެސް، މަސްވެރިއެއްގެ ހިއްސާ ކޮންމެވެސް ގޮތަކުން އޮންނާނީ ލިބިފައި ކަމަށާއި، އުފަންވީއްސުރެ ދުނިޔެއާއި ވަކިވަންދެން މަސްވެރިކަމުގެ ފައިދާ ކޮންމެވެސް ގޮތަކުން ކޮންމެ މީހަކަށް ވެސް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ރާއްޖެއަށް ދިމާވި ކޮންމެ ކަމެއްގައި އަމާން އައްސޭރިއަކަށް ގައުމު ގެންދިއުމަށް ކުރި މަސައްކަތުގައި މަސްވެރިކަމުގެ ހިއްސާ އޮތް ކަމަށެވެ. ކޭލަކުނު ތަޅާލި ހާދިސާއާއި އުތުރުގެ 30 ރަށެއް ނެތިދިއުމާއި، ބޮޑު ތަދުގެ ތެރޭގައި މަސްވެރިންގެ ފަރާތުން ލިބިގެންދިޔަ އެހީތެރިކަމާއި ގައުމުގެ އިގްތިސާދަށް މަސްވެރިން ދެމުންދިޔަ އެއްބާރުލުން ސަލީމް ފާހަގަކުރެއްވިއެވެ. އަދި މިހާރުގެ ކޮވިޑްގެ ވަބާގައި ގޮތް ހުސްވެ މާޔޫސްވެގެންދިިޔަ ނަމަވެސް އަދި މީގެ ކުރިން ދިމާވި ކޮންމެ ކަމެއްގައި ވެސް މަސްވެރިންގެ އެހީތެރިކަން ލިބުނު ކަމަށެވެ. ސަލީމް ވިދާޅުވީ ދިވެހި މަސްވެރިން ކުރާ މަސައްކަތަށް ގަދަރު ކުރަައްވާ ކަމަށެވެ.

ސަލީމް ވިދާޅުވީ މިއަދުގެ ސަރުކާރަކީ މަސްވެރިކަމުގެ ދާއިރާއިން އޭ ގްރޭޑް ދޭންޖެހޭ ސަރުކާރެއް ކަމަށެވެ. އެއީ މަސްވެރިންނަށް ބޭނުންވާ އައިސް ލިބޭނެ އިންތިޒާމާއި އެހެނިހެން އިންތިޒާމް ހަމަޖައްސަމުންދާތީއާއި، ސަރުކާރުން މަސްވެރިކަމަށް އަހައްމިއްޔަތުކަން ދޭތީ ކަމަށް ސަލީމް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
29 ޖެނުއަރީ 2017

އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!

29 ޖެނުއަރީ 2017
އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
25 ޖެނުއަރީ 2017

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް