Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުބާސްކެޓްގައި އަރަމުން އަންނަ ތަރި

އޮސްޓްރޭލިޔާގައި އަރަމުން އަންނަ ބާސްކެޓްގެ ދިވެހި ތަރި މައިރާ!

10 ޑިސެމްބަރު 2021 | ހުކުރު 09:24

ޖޫނިއަރ ލެވެލްގައި ވަރަށް ގިނަ އެވޯޑުތައް މިހާތަނަށް މައިރާ ވަނީ ހޯދާފައި

| 10 ޑިސެމްބަރު 2021 | ހުކުރު 09:24
މައިރާ މެހުވިޝް މޫސާ

މައިރާ މެހުވިޝް މޫސާ

ބައިނަލްއަގުވާމީ ކުޅިވަރުގައި ފިޔަޖަހާ ދިވެހި ޒުވާނުން ވަރަށް ނުފެނެއެވެ، ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ތެރެއިންވެސް ކުޅިވަރުގެ މައިދާނުގައި ފައިތިލަ ސާބިތުކުރާ ދިވެހިން ވަރަށް ނުފެނެއެވެ. މިހެން ދެންނެވި ކަމުގައިވިޔަސް އަވަށްޓެރި ބައެއް ގައުމުތަކުގައި ޓޭބަލް ޓެނިހާއި ބެޑްމިންޓަން ފަދަ ކުޅިވަރުތަކުގައި ނަންވިދާލި ދިވެހިން އެބަތިއްބެވެ. ދުނިޔޭގެ ކުޅިވަރުތަކުގައި އެންމެ ކުރީ ސަފުގައި ހިމެނޭ އެމެރިކާ އާއި އޮސްޓްރޭލިޔާ އަދި ޗައިނާ ފަދަ ގައުމުތަކުގައި އެއްވެސް ކުޅިވަރެއްގައި ނަންވިދާލި ދިވެއްސެއްގެ ވާހަކަ މިހާތަނަށް އިވިފައިނެތް ކަމަށްވިޔަސް ދެން ގިނަ އަހަރުތަކެއް ނުވެ މި އިންތިޒާރު ނިމުމަކަށް އަތުވެދާނެ ކަމަށް މިހާރު އުއްމީދު އެބަކުރެވެއެވެ.

އެ އުންމީދާ ގުޅިފައިވާ އެއް ކުއްޖަކީ އުމުރުން މިހާރު ބާރަ އަހަރުވީ މައިރާ މެހުވިޝް މޫސާއެވެ. މައިރާ ދިރިއުޅެމުން ދަނީ އޮސްޓްރޭލިޔާގެ ޕާރތުގައެވެ. ކިޔަވަމުންދަނީ އެތާގެ ވިލެޓަން ސީނިއަރ ހައިސްކޫލްގައެވެ. އައްޑޫ ފޭދޫއަށް ނިސްބަތްވާ މަންމަ އާނިޔަތު އަލީ ތައުލީމީ ދާއިރާއިން ޕާރތުގެ ޔުނިވަރސިޓީއެއްގައި ޕީއެޗްޑީއަށް ކިޔަވަނީއެވެ. އައްޑޫ މީދޫއަށް ނިސްބަތްވާ ބައްޕަ މޫސާ އަންވަރު ޕާރތުގައި ވަޒީފާ އަދާކުރަނީއެވެ. އޮސްޓްރޭލިޔާއަށް މައިރާ ބަދަލުވީ 2019 ވަނަ އަހަރު މަންމަޔާއި ބައްޕަޔާއެކުގައެވެ. ދިވެއްސަކަށް ވިޔަސް މައިރާ އުފަންވެފައި ވަނީ މެލޭޝިޔާގެ ވެރިރަށް ކުއާލަލަމްޕޫރުގައެވެ. އެންމެ ޅަ އުމުރުގެ ދުވަސްތައް ހޭދަކޮށްފައިވަނީ މެލޭޝިޔާގައެވެ.

މައިރާއަކީ ކިޔެވުމަށް މޮޅު ކުއްޖެކެވެ. އަދި ކުޅިވަރުގައިވެސް ވަރަށް ފާހަގަ ކުރެވޭ ކުއްޖެކެވެ. މިހާރުވެސް އޭނާއަކީ ވިލެންޓަން ސީނިއަރ ހައިސްކޫލުގައި ބާސްކެޓްބޯޅައިގެ ތަރިއެކެވެ. އެ އުމުރުފުރައިން އެ ސިޓީ އާއި އަދި އެ ސްޓޭޓްގައިވެސް މައިރާއަކީ ފާހަގަކޮށްލެވޭ ތަރިއެކެވެ. އެތައް އެތައް ކޯޗުންގެ ލޮލުގައި މައިރާގެ ހުނަރުވެރިކަން ވަނީ އަޅައިގެންފައެވެ. ހުސްވި ދެހާސްވިހި ވަނަ އަހަރާއި ހިނގަމުންމިދާ ދެހާސްއެކާވީސް ވަނަ އަހަރު މައިރާއަށް ބާސްކެޓްބޯޅައިގައި އެކިކަހަލަ ދެނެގަތުމާއި އެވޯޑް ވަނީ ލިބިފައެވެ. ވަރަށް ގިނަ ބައެއްގެ ނަޒަރުގައި މައިރާއަކީ ކުރިމަގުގައި ބާސްކެޓްގައި ފިޔަޖަހާލާނެ ވަރަށް މޮޅު ތަރިއަކަށް ވާނެއެވެ.

މިއަހަރު ވެސްޓަރން އޮސްޓްރޭލިއާގައި ބޭއްވުނު ސްކޫލްތަކުގެ ބާސްކެޓްބޯޅަ ކާނިވަލުގައި މައިރާވަނީ ވިލެޓަން ސީނިއަރ ހައިސްކޫލް ތަމްސީލުކޮށްފައެވެ. އެ ކާނިވަލުގައި ބައިވެރިވި އެންމެހައި ސްކޫލްތައް ތަމްސީލުކުރި ކުދިންގެ ތެރެއިން އެކި ގޮތްގޮތަށް ބަލައިގެން އެންމެ މޮޅު ފަސް ކުޅުންތެރިން ހޮވިއިރު އެ ފަސްކުޅުންތެރިންގެ ތެރޭގައި ވެސް މައިރާ ވަނީ ހިމެނިފައެވެ. ޖޫނިއަރ ބާސްކެޓް ކުޅުންތެރިންނަށް އޮސްޓްރޭލިޔާގެ އެކަޑެމީތަކުންނާއި ކުލަބްތަކުގެ އެކި އުމުރުފުރާތަކުން ޖާގަ ލިބެއެވެ. އެގޮތުން މައިރާ ވަނީ މީގެ ކުރިން ސްޕާރކްސް ކުލަބަށް ކުޅެފައެވެ. މިހާރުގެ ކުލަބަކީ ކްލަބްރޯޑީސްއެވެ. މައިރާއަށް ކޯޗުންގެ އެވޯޑާއި މިހެންގޮސް އެލެވެލްގައި ލިބެން ހުރި ވަރަށް ގިނަ އެވޯޑުތައް ވަނީ ލިބިފައެވެ.

މައިރާގެ ހުނަރުވެރިކަން ފެނިފައި ވެސްޓަރން އޮސްޓްރޭލިޔާގެ ލީގުގައި ޖޫނިއަރ ކުޅުންތެރިއެއްގެ ގޮތުގައި ތަމްރީނު ހޯދައި ކުރިއަށް ދިއުމުގެ ފުރުސަތުވެސް މިހާރު ވަނީ ދީފައެވެ. ކޮންމެ ހަފުތާއެއްގެ ވަކި ދުވަސްތަކެއްގައި މައިރާ ދަނީ ޕާރތުގެ ބާސްކެޓް އެކަޑެމީއެއްގައި ތަމްރީނުތައް ހަދަމުންނެވެ. ހަގީގަތުގައި މައިރާގެ ބާސްކެޓްބޯޅައިގެ ބިންގާ އެޅުނީ މާލޭގައެވެ. އިސްކަންދަރު ސްކޫލުގައި ކިޔެވި ދުވަސްވަރު މައިރާ ވަނީ ރާއްޖޭގެ ބާސްކެޓްބޯލް އެސޯސިއޭޝަނުން ހިންގާ ޔޫތު އެކިއެކި ޕްރޮގްރާމްތަކުގައި ބައިވެރިވެފައެވެ.

ކުޅިވަރުގައި މައިރާގެ މައިގަނޑު ހުނަރާއި ޝައުގު ބާސްކެޓްބޯޅަޔާ ގުޅިފައިވިޔަސް ފުޓްބޯޅަޔާއި ޓޭބަލް ޓެނިހާއި ހޮކީޔާއި ފެތުމަކީވެސް އޭނާގެ ކުޅިވަރުތަކެވެ. މީގެ ތެރެއިން ފެތުމުގައި ޖޫނިއަރ ލެވެލްގައި މައިރާއަށް ފުރުސަތުތަކެއް ދަނީ ހުޅުވެމުންނެވެ. އެހެންކަމަށް ވިޔަސް އޭނާ ކުރިއަށްދާން ބޮޑަށް ބޭނުންވަނީ ބާސްކެޓްގެ ދާއިރާއިންނެވެ. ގިނަ ވަގުތު ހޭދަކުރެވެނީވެސް އެކުޅިވަރުގައެވެ.

ގިނަފަހަރަށް ކުޅިވަރުތަކަށް މޮޅު ކުދީންނަކީ ކިޔެވުމާއި ކިޔެވުމާއި ގުޅިފައިވާ އެކި ދާއިރާތަކުގައި ފާހަގަ ކުރެވޭ ކުދިން ކަމުގައި ނުވެއެވެ. އެކަމަކު މައިރާ ވަރަށް ތަފާތެވެ. އޭނާއަކީ ކިޔެވުމުގައިވެސް ވަރަށް ތޫނުފިލި ކުއްޖެކެވެ. އެދާއިރާގައިވެސް ސްކޫލުން އެންމެ މަތީ ދަރަޖައިގައި ގުނެމުންދާ ދަރިވަރެކެވެ. މިހަފުތާގައިވެސް ކިޔެވުމުގެ ދާއިރާއިން އޭނާއަށް ސްކޫލުން ޚާއްސަ އެވޯޑެއް ވަނީ ލިބިފައެވެ.

މައިރާއަކީ މޮޅު ލިޔުންތެރިއެއްވެސް މެއެވެ. "މައިރާ އިން ސައިލެންޓް ސްޕޭސް" ގެ ނަމުގައި އޭނާ ވަނީ އިނގިރޭސި ބަހުން ވާހަކަ ފޮތެއް ޝާއިއުކޮށްފައެވެ. މިއީ ކުޑަކުދީންނާއި ގުޅޭގޮތަށް ކުރެހުންތަކާއެކު ތައްޔާރު ކުރެވިފައިވާ ފޮތެކެވެ. އެފޮތް ދިވެހިރާއްޖޭގެ ބައެއް ބުކްޝޮޕްތަކުގައި ވެސް މިހާރު ލިބެން އެބަހުއްޓެވެ. މައިރާއަކީ ދިވެއްސެކެވެ. އެހެންވީމާ މިހާރު އޭނާ ދަނީ ދިވެހި ބަހުން އައު ވާހަކަފޮތެއް ނެރުމަށް ތައްޔާރުވަމުންނެވެ. އެފޮތުގެ މައިގަޑު މަސައްކަތްތައް މިހާރު ވަނީ ނިމިފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

05 ޖޫން 2017

ރާއްޖެއިން ގަތަރާ ގުޅުން ކަނޑާލުން: ދަލު ބޭރުން ޖެހިގެން ދިވެހިރައްޔިތުންނަށް ގެއްލުން!

05 ޖޫން 2017
ރާއްޖެއިން ގަތަރާ ގުޅުން ކަނޑާލުން: ދަލު ބޭރުން ޖެހިގެން ދިވެހިރައްޔިތުންނަށް ގެއްލުން!
19 މެއި 2017

ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!

19 މެއި 2017
ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!
01 އެޕްރީލު 2017

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!
19 މާރިޗު 2017

ދިވެހި ދައުލަތުގެ ސިޔާދަތު ބިދޭސީންގެ މުށުތެރެއަށް!

19 މާރިޗު 2017
ދިވެހި ދައުލަތުގެ ސިޔާދަތު ބިދޭސީންގެ މުށުތެރެއަށް!
12 މާރިޗު 2017

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

12 މާރިޗު 2017
ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު
10 މާރިޗު 2017

ދިވެހި ވެލީގައި ގައުމީ އިހްސާސްވޭ ހެއްޔެވެ؟

10 މާރިޗު 2017
ދިވެހި ވެލީގައި ގައުމީ އިހްސާސްވޭ ހެއްޔެވެ؟
02 މާރިޗު 2017

މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

02 މާރިޗު 2017
މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން
12 ޖެނުއަރީ 2017

މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް

12 ޖެނުއަރީ 2017
މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް
10 ޖެނުއަރީ 2017

ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!

10 ޖެނުއަރީ 2017
ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!
08 ޖެނުއަރީ 2017

ދިވެހި ދައުލަތް އޯވަހޯލް ކުރަން ޖެހިފައި!

08 ޖެނުއަރީ 2017
ދިވެހި ދައުލަތް އޯވަހޯލް ކުރަން ޖެހިފައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް