Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަފްޣާނިސްތާނުގެ ހާލަތު

އަފްޣާނިސްތާނުގެ ހާލަތާއި ގުޅޭގޮތުން ބާއްވާ އޯއައިސީގެ ކުއްލި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ޝާހިދަށް!

10 ޑިސެމްބަރު 2021 | ހުކުރު 06:14

މި ބައްދަލުވުން އޮންނާނީ 19 ޑިސެމްބަރ 2021 ގައި

އަމްނާ އިމާދު
އަމްނާ އިމާދު | 10 ޑިސެމްބަރު 2021 | ހުކުރު 06:14
އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

އަފްޣާނިސްތާނުގެ މައްސަލައާމެދު މަޝްވަރާ ކުރުމަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯއައިސީ) ގެ ޚާރިޖީ ވަޒީރުންގެ ކައުންސިލުގެ ކުއްލި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދަށް ދެއްވައިފިއެވެ.

މި ބައްދަލުވުން އޮންނާނީ 19 ޑިސެމްބަރ 2021 ގައި ޕާކިސްތާނުގެ ވެރި ރަށް އިސްލާމް އާބާދުގައި އެވެ.

އަފްޣާނިސްތާނަށް ދިމާވެފައިވާ ހިތާމަވެރި އަދި ނުރައްކާތެރި ހާލަތަށް ބަލައި އެހީތެރިކަން ފޯރުކޮށް ދެވޭނޭ ގޮތްތަކެއް ހޯދުމަށް އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ސައުދީން އިސްނަގާފައިވާއިރު، ސައުދީއަކީ އޯއައިސީ ސަމިޓްގެ ރައީސްކަން ކުރާ ގައުމެވެ. އަދި މި ވަގުތު ބައިނަލްއަގުވާމީ މުޖުތަމައުގެ އެއްބާރުލުމާއި އެހީތެރިކަން އިންތިހާއަށް ބޭނުން ވެފައިވާ އަފްޣާނީ ރައްޔިތުންނަށް އެހީތެރި ވުމަށްޓަކައި ބައިނަލްއަގުވާމީ ޖަމްއިއްޔާ ޖަމާއަތްތަކާއި ގައުމުތަކުން ކުރިއަށް ޖެހިލާނޭ ފަދަ ފިޔަވަޅުތަކެއް އެޅުމުގައި އެހީތެރިވުމަކީ އޯއައިސީއަށް ކުރެވިދާނެ ކަމެއް ކަމަށެވެ.

ރާއްޖޭގައި ހުންނަ ޕާކިސްތާނުގެ ހައިކޮމިޝަނުން ބުނީ އޯއައިސީއާއި އިސްލާމީ އުއްމަތް ގުޅިގެން އަފްގާނިސްތާނުގެ އަޚުންނާއި އުޚުތުންނަށް ކުރިމަތިވެފައިވާ އިންސާނީ އަދި އިގްތިސާދީ ކާރިސާއިން އަރައިގަތުމުގައި އެހީތެރިވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. ހައިކޮމިޝަނުން ބުނީ މި ބައްދަލުވުމުގައި އޯއައިސީގެ މެންބަރު ގައުމުތަކުން ބައިވެރިވުމަކީ އެކަށީގެންވާ ރަނގަޅު ނަތީޖާއެއް ނެރެވިދާނޭ ކަމެއް ކަމަށެވެ. އެގޮތުން ޕާކިސްތާނުގެ ޚާރިޖީ ވަޒީރު މަޚްދޫމް ޝާހް މަޙްމޫދު ޤުރައިޝީ ވަނީ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދަށް އަރުވާފައިވާ ކަމަށް ކޮމިޝަނުން ބުނެއެވެ.

ޕާކިސްތާނުން އުއްމީދު ކުރަނީ އޯއައިސީއާއި އެހެން ބައިނަލްއަގުވާމީ ބައިވެރިންގެ މަޝްވަރާގެ ސަބަބުން އަފްޣާނިސްތާނާއި، އަފްޣާނިސްތާނުގެ ރައްޔިތުންގެ މައްސަލަތައް ހައްލުކޮށް ދިނުމުގައި އެކަށިގެންވާ ނަތީޖާއެއް ނެރެވޭނެ ކަމަށެވެ.

އަފްގާނިސްތާންވަނީ މިހާރު ވަރަށް ބޮޑު އިންސާނިއްޔަ ކާރިސާއެއްގެ ތެރެއަށް ވެއްޓިފައެވެ. އެ ކާރިސާއިން އަރައިގަތުމަށް މަދަދާއި އެހީތެރިކަމަށް ވަރަށް ބޮޑަށް ބޭނުންވެއެވެ. އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން، އަފްގާނިސްތާނުގެ އެތައް މިލިއަން ރައްޔިތުން ބޭހާއި ދިރިހުރުމަށް ކޮންމެހެން ބޭނުންވާ އެހެނިހެން ތަކެއްޗަށް ވަނީ ޖެހިފައެވެ.

ޔުނައިޓެޑް ނޭޝަންސް ފުޑް ޕްރޮގްރާމުން ހާމަކޮށްފައިވާ ގޮތުގައި އަފްޣާނިސްތާނުގެ މުޅި އާބާދީގެ ދެބައިކުޅައެއްބަޔަށްވުރެވެސް ގިނަ މީހުން (22.8 މިލިއަން މީހުން) ވަނީ ކާނާއާއި ފެނަށް ޖެހި ބަނޑަށް ޖެހޭ ހާލަތުގައެވެ. އަދި 3.2 މިލިއަން ކުޑަކުދިންނާއި 700000 މާބަނޑުމީހުންނާއި ގާތުން ކިރުދޭ މައިން ވަނީ އެކަށީގެންވާ ސިއްހީ ކާނާ ނުލިބުމުގެ ސަބަބުން ބަލިމަޑުކަމަށް ހުށަހެޅިފައިވާ ކަމަށެވެ.

މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ، އަފްގާނިސްތާނަށް ކުރިމަތި ވެފައިވާ އިންސާނިއްޔަ ކާރިސާގެ ސަބަބުން ދިމާވެފައިވާ ހިތާމަވެރި ހާލަތުން އަރައިގަނެވޭނޭ ގޮތްތަކެއް އެ ގައުމަށް ހޯދަދި ދިނުމެވެ. ހާލަތާއި ބެހޭ ގޮތުން ހައިކޮމިޝަނުން ބުނީ އިގްތިސާދީ ފުން ވަޅުގަނޑަކަށް އަފްގާނިސްތާނު ވެއްޓުމުގެ ބިރު އެބައޮތް ކަމަށާއި، މިފަދަ ހާލަތަކަށް އެ ގައުމު ހިނގައްޖެނަމަ އެކަން ވެގެން ދާނީ ސަލާމަތާއި ރައްކާތެރިކަމަށް ކުރިމަތިވާ ވަރަށް ބޮޑު ނުރައްކަލަކަށް ކަމަށެވެ. އެ ގައުމުގެ ހަމަޖެހުން ނެތިގެން ގޮސް އެހެން ގައުމުތަކަށް ހިޖުރަ ކުރާ މީހުންގެ އަދަދު ގިނަވެ، އަރައިގަތުން ދަތި މައްސަލަތަކެއްގެ ތެރެއަށް އަވަށްޓެރި ގައުމުތަކާއި އެހެން ގައުމުތައް ވެއްޓުމުގެ ބިރު ވަރަށް ބޮޑަށް އެބައޮތް ކަމަށް އެކޮމިޝަނުން ބުނެއެވެ. އަދި ދުނިޔޭގެ ހަމަޖެހުމަށާއި ސުލްހަމަސަލަސްކަމަށް ނޭދެވޭ އެތައް އަސަރެއް ކުރާނެއެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
02 ފެބުރުއަރީ 2017

ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި

02 ފެބުރުއަރީ 2017
ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް