Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފަލަސްތީން-އިސްރާއީލު ހަަމަނުޖެހުން

އިސްރާއީލުން ވެސްޓް ބޭންކުގައި 3،000 އަށް ވުރެ ގިނަ ގެ އެޅުމަށް ރާވާފައިވާ ޕްލޭން އޯއައިސީ އިން ކުށްވެރިކޮށްފި

ވެސްޓް ބޭންކު ގެ އީ-ވަން އޭރިއާ ގައި 3,401 ސެޓްލަރ ޔުނިޓް އެޅުމުގެ ޕްލޭނަކީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ނުރައްކާތެރި އަމަލެއްކަމަށް އޯއައިސީން ބުނެފި. މި ޕްލޭނަކީ ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމްކުރުމުގެ އުއްމީދު ދާއިމަށް ނައްތާލުމަށް އަމާޒުކޮށްފައިވާ ރޭވުންތެރި ކުށެއް.

ރާއްޖެ އެމްވީ | 15 އޯގަސްޓު 2025 | ހުކުރު 09:26
އިސްރާއީލުގެ ވަޒަންވެރިއަކު މާލޭ އެޑުމިމް ސަރަހައްދުގައި އަޅާފައިވާ ގެތަކަށް ބަލަހައްޓައިގެން

އިސްރާއީލުގެ ވަޒަންވެރިއަކު މާލޭ އެޑުމިމް ސަރަހައްދުގައި އަޅާފައިވާ ގެތަކަށް ބަލަހައްޓައިގެން

އިސްރާއީލުން ވެސްޓް ބޭންކުގައި 3،000 އަށް ވުރެ ގިނަ ގެ އެޅުމަށް ރާވާފައިވާ ޕްލޭން ކުށްވެރިކޮށް، އިސްތިއުމާރީ ބާރުގެ މައްޗަށް ފިޔަވަޅު އެޅުމަށް އިސްލާމީ އެއްބައިވަންތަކަމުގެ ޖަމްޢިއްޔާ (އޯއައިސީ) އިންގޮވާލައިފި އެވެ.

ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި އޯއައިސީން ބުނެފައިވަނީ ޔަހޫދީން އާބާދު ކުރުމުގެ މި ޕްރޮޖެކްޓަކީ ބައިނަލްއަޤްވާމީ ޤާނޫނާއި އދ ގެ ޤަރާރުތަކުގެ "ސާފު ޚިލާފުވުމެއް" ކަމަށާއި، "މިކަން ވަގުތުން ހުއްޓާލަންޖެހޭ" ކަމަށެވެ.

މި ބަޔާނުގައި ބާރުއަޅާ ބުނެފައި ވަނީ ސެޓްލްމަންޓް ޕްލޭންތަކަކީ "ދެ ދައުލަތުގެ ހައްލު" އަށް ވާސިލުވުމުގެ ފުރުސަތު ނައްތާލުމަށް އަމާޒުކޮށްފައިވާ "އިންތިޒާމު ވެގެން ކުރާ ކުށެއް" ކަމަށެވެ.

އޯއައިސީން ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލާފައިވަނީ އިސްރާއީލުގެ ގާނޫނާ ޚިލާފް އަމަލުތައް ހުއްޓުވުމަށް ފިޔަވަޅު އަޅައި، އިސްރާއީލު ސަރުކާރު ޖަވާބުދާރީކުރުވައި، ފިޔަވަޅު އެޅުމަށް އެ ފަރާތްތަކުގެ ޤާނޫނީ އަދި އަޚްލާޤީ ޒިންމާ އުފުލުމަށެވެ.

މި ބަޔާން ނެރުނީ އިސްރާއީލުގެ ހައްދުފަހަނަ އެޅި ކަނާތުފިޔައިގެ މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިޗް އީ1 (އީ-ވަން) އޭރިއާ ސެޓްލްމަންޓް ޕްރޮޖެކްޓުގައި 3،401 ސެޓްލަރ ޔުނިޓް ހެދުމަށް ހުއްދަ ދިނުމަށް ހަމަޖެހިފައިވާކަން އިޢުލާންކުރުމާ ގުޅިގެންނެވެ. މި ޕްރޮޖެކްޓުން ވެސްޓް ބޭންކު ދެބައިކޮށްލައި، ވެސްޓް ބޭންކާއި އޮކިއުޕައިޑް އިރުމަތީ އަލް-ޤުދުސް ވަކިކޮށްލާނެއެވެ.

އިސްރާއީލުން މި ނިންމުން ނިންމީ ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ މުސްތަޤްބަލުގެ މިނިވަން ދައުލަތުގެ ވެރިކަން ކުރާ ރަށުގެ ގޮތުގައި އިރުމަތީ އަލް-ޤުދުސް ކަނޑައަޅަން ޖެހޭނެ ކަމަށް ބުނަމުން ދަނިކޮށްނެވެ.

ސްމޮޓްރިޗް ބުނެފައި ވަނީ އޭނާގެ ޕްލޭނުން ފަލަސްތީނުގެ މިނިވަން ދައުލަތެއްގެ ޚިޔާލު ދާއިމަށް "ވަޅުލާނެ" ކަމަށެވެ. އޭނާ އަކީ އިސްރާއީލުގެ އަސްކަރީ ވުޒާރާ ގައި މަޤާމެއް އަދާކުރާ މީހެކެވެ. އެ މަޤާމުން އޭނާއަށް ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގެދޮރު އިމާރާތްކުރުމުގައި ބޮޑު ނުފޫޒެއް ފޯރުވޭނެއެވެ.

އޭނާ މި މޭރުމުން ވާހަކަ ދެއްކި އިރު އިތުރު ގިނަ ޤައުމުތަކަކުން އަންނަ ސެޕްޓެމްބަރު މަހުގެ އދ. ގެ އާންމު މަޖިލީހުގައި ފަލަސްޠީނު ދައުލަތެއް ބަލައިގަތުމަށް ނިންމާފައިވާކަން ވަނީ އިޢުލާނު ކޮށްފައެވެ.

އީ1 ޕްލޭނަށް އަދި ފައިނަލް ހުއްދަ ލިބިފައެއް ނުވެއެވެ. އެ ހުއްދަ ލިބޭނެކަމަށް ލަފާކުރެވެނީ އަންނަ ހަފްތާގައެވެ.

މުސްލިމް ވޯލްޑް ލީގުން ވެސް އިސްރާއީލުގެ މި ޕްލޭން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެއެވެ. އެ ޖަމްޢިއްޔާގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ބިން ޢަބްދުލްކަރީމް އަލް-ޢީސާ ވަނީ އިސްރާއީލުގެ ސަރުކާރުން ފަލަސްޠީނު ރައްޔިތުންގެ ފުރާނަ އާއި ޙައްޤުތަކަށް އިޙްތިރާމް ނުކުރުމުގެ ސިޔާސަތު ދެމެހެއްޓުމާއި، ހިފާފައިވާ ބިންތަކުގައި ބައިނަލްއަޤްވާމީ އަދި އިންސާނީ ހުރިހާ ޤާނޫނުތަކާއި އުސޫލުތަކާ ޚިލާފުވަމުންދާތީ ފާޑުކިޔާފައެވެ.

އަލް-ޢީސާ އިންޒާރުދީފައި ވަނީ އިސްރާއީލުގެ "ހައްދުފަހަނަ އެޅި ސަރުކާރު" ގެ "ކުށްވެރި" އަމަލު ތަކުގެ ސަބަބުން، މެދު އިރުމަތި އަދި މުޅި ދުނިޔެ އަށް "ނުރައްކާތެރި ބިރެއް" ކުރިމަތިވެފައިވާ ކަމަށާއި، ޢަދުލުވެރި އަދި ޖުމްލަ ސުލްޙައެއް ޙާޞިލުކުރުމަށް "ބޮޑު ހުރަހަކަށް" ވެފައިވާ ކަމަށެވެ.

1967 ގައި އިސްރާއީލުން ވެސްޓް ބޭންކާއި އިރުމަތީ އަލް-ޤުދުސް ހިސޯރު ކުރުަމަށް ފަހު އިމާރާތްކޮށްފައިވާ 230 އަށްވުރެ ގިނަ ގެ ތަކުގައި 700،000 އަށްވުރެ ގިނަ ވަަޒަންވެރިން ދިރިއުޅެމުންދެއެވެ.

ބައިނަލްއަޤްވާމީ މުޖުތަމަޢުން ދެކޭގޮތުގައި ބައިނަލްއަޤްވާމީ ޤާނޫނާއި ޖެނީވާ ކޮންވެންޝަންތަކުގެ ދަށުން މި އިމާރާތް ތަކަކީ ޣައިރު ޤާނޫނީ ތަންތަނެވެ.

އދ ގެ ސެކިއުރިޓީ ކައުންސިލުން ވަނީ ހިފާފައިވާ ބިންތަކުގައި އިސްރާއީލުގެ ގެދޮރު ބިނާ ކުރުމުގެ ޙަރަކާތްތައް ގިނަ ޤަރާރުތަކަކުން ކުށްވެރިކޮށްފައެވެ.

އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން 2024 ގެ ޖުލައި މަހު ނެރުނު ޙުކުމެއްގައި އިޢުލާންކޮށްފައިވަނީ ފަލަސްޠީނުގެ ބިމުގައި އިސްރާއީލުން ގާއިމު ވުމަކީ ޣައިރު ޤާނޫނީ ކަމެއް ކަމަށާއި، ވެސްޓް ބޭންކާއި އިރުމަތީ އަލް-ޤުދުސްގައި އެ ޤައުމުގެ ސިޔާސަތުތަކާއި އަމަލުތަކުގެ ސަބަބުން "ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގެ ބޮޑު ބައެއް އެނެކްސްކުރުމަށް" މަގުފަހިކުރާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު

ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު

08 މާރިޗު 2017
ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ

ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ

25 ފެބުރުއަރީ 2017
މޮގަދިޝޫގައި  ބޮމެއް ގޮއްވާލައި ވިއްސަށް ވުރެ ގިނަ މީހުން މަރާލައިފި

މޮގަދިޝޫގައި ބޮމެއް ގޮއްވާލައި ވިއްސަށް ވުރެ ގިނަ މީހުން މަރާލައިފި

19 ފެބުރުއަރީ 2017
އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު

އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު

12 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު