Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޭސީސީގެ މެންބަރުން ވަކިކުރަން ނިންމުން

އޭސީސީގެ މެންބަރުން ވަކިކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމައިފި

9 ޑިސެމްބަރު 2021 | ބުރާސްފަތި 11:31

އޭސީސީގެ މެންބަރުން ވަކިކުރަން ކޮމިޓީން ނިންމާފައިވަނީ ޕަރފޯމެންސް އޮޑިޓަކަށްފަހު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 9 ޑިސެމްބަރު 2021 | ބުރާސްފަތި 11:31
މަޖިލީހުގެ ކޮމިޓީގައި އޭސީސީގެ ރައީސް ޝިއުނާ

މަޖިލީހުގެ ކޮމިޓީގައި އޭސީސީގެ ރައީސް ޝިއުނާ

އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުން ވަކިކުރަން, މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ނިންމައިފިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އެޖެންޑާކޮށްފައި ވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ތައްޔާރުކޮށްފައިވާ, އެންޓި ކޮރަޕްޝަން ކޮމިޝަންގެ ޕަރފޯމެންސް އޮޑިޓް ހުށަހެޅުމެވެ. މި ބައްދަލުވުމުގެ އެއްބައި ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ.

ކޮމިޓީ ބައްދަލުވުމަށްފަހު މަޖިލީހުގެ މެންބަރުންނަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ، އޭސީސީގެ ހުރިހާ މެންބަރުން ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ކޮމިޓީން ނިންމާފައިވާ ކަމަށެވެ.

މިދިޔަ މަހުގެ 11 ވަނަ ދުވަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި، ޕާރފޯމަންސް އޮޑިޓަކަށްފަހު އޭސީސީގެ މެމްބަރުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމާފައިވެއެވެ. މިގޮތަށް ނިންމީ އެ ކޮމިޝަނުން މައްސަލަތައް ބެލުމުގައި ލަސްކަމާއި، ތަކުރާރުކޮށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހާޒިރު ކުރުމަށް ފަހު، ހޯދި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށެވެ. މިގޮތަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދުއެވެ.

ހަސަން ހުށަހެޅުއްވީ، މި ވެރިކަމުގައި އޭސީސީގެ މެމްބަރުން އައްޔަންކުރި ފަހުން މިހާތަނަށް ބެލިފައި ހުރި މައްސަލަތަކުގެ ތަފްސީލް ހޯދުމަށާއި، ކޮމިޓީއަށް ހާޒިރުކޮށްގެން މައުލޫމާތު ހޯދުމަށެވެ. އަދި މިހާތަނަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިފައި ހުރި މައްސަލަތަކާއި ދައުލަތަށް ގެއްލުނު ފައިސާ ހޯދަން ކުރި މަސައްކަތަކީ ކޮބައިތޯ އޮޅުން ފިލުއްވުމަށެވެ.

މި ހުށަހެޅުއްވުމަށް ތާއީދު ކުރައްވައި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް ހުށަހެޅުއްވީ ޕަރފޯމަންސް އޮޑިޓަކަށް ފަހު، އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރައްވާ މެމްބަރުން ވަކިކުރެއްވުމަށެވެ. އަދި ކޮމިޓީއަށް އޭސީސީ އެކި ފަހަރުމަތިން ހާޒިރުކުރުމުން ވެސް މައްސަލަތައް ނިންމަން އެކި މުއްދަތުތަކެއް ދީފައިވާ ކަމަށެވެ. އެކަމަކު ދައުލަތަށް ގެއްލުނު ފައިސާގެ ބޮޑު އެއްވެސް މައްސަލައެއް މިހާތަނަށް ނިންމިފައިވޭތޯ އޭނާ ސުވާލު އުފެއްދެވިއެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ބޮޑެތި މައްސަލަ ވެސް ޕީޖީއަށް ފޮނުވާނެ ކަމަށް ބުނެ ކޮމިޓީއަށް ޑެޑްލައިންތަކެއް ދީފައިވީނަމަވެސް އެކަން ނުވާކަމަށް ވިދާޅުވިއެވެ.

ޝަހީމްގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ، ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމެވެ. އެއާއެކު ކޮމިޓީގެ އަޣްލަބިއްޔަތުން ވަނީ އޭސީސީގެ މެމްބަރުން ކޮމިޓީއަށް ހާޒިރުކޮށް ވަކިވަކިން ސުވާލު ކުރުމަށް ނިންމާފައެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
18 ޖެނުއަރީ 2017

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް