Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވިނަރެސް އެޕާޓްމެންޓްގެ މަސައްކަތް

ވިނަރެސް އެޕާރޓްމެންޓްތަކުން ވަކި އަދަދެއް، މާލޭގައި ދިރިއުޅޭ މީހުންނަށް ވިއްކުމަށް ހަމަޖެހިފައިވޭ: އަކްރަމް

8 ޑިސެމްބަރު 2021 | ބުދަ 12:24

ކްރައިޓީރިއާ އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 8 ޑިސެމްބަރު 2021 | ބުދަ 12:24
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅަމުން ގެންދާ ވިނަރެސް އެޕާރޓްމެންޓްތައް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅަމުން ގެންދާ ވިނަރެސް އެޕާރޓްމެންޓްތައް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުންދާ ވިނަރެސް އެޕާރޓްމެންޓްތަކުން ވަކި އަދަދެއް، މާލޭގައި ދިރިއުޅޭ މީހުންނަށް ވިއްކުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިން އެންޑް ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

ހިޔާ މަޝްރޫއުން ފްލެޓް ދޫކޮށްލި މީހުންގެ ތެރެއިން ވިނަރެސްއިން އެޕާރޓްމެންޓް ބޭނުންވާ މީހުންނާއި، އެޕާރޓްމެންޓް ގަތުމަށް ސީލައިފަށް ފައިސާ ދެއްކި މީހުންނާއި، ގުޅީފަޅުން ފްލެޓް ގަތުމަށް ފައިސާ ދެއްކި މީހުންގެ ތެރެއިން، ވިނަރެސްއިން އެޕާރޓްމެންޓް ލިބޭ މީހުން ކަނޑައެޅުމުގެ މަސައްކަތް އެޗްޑީސީން ގެންދަނީ ކުރަމުންނެވެ. ހިޔާ މަޝްރޫއުން ފްލެޓް ދޫކޮށްލި މީހުންގެ ތެރެއިން ވިނަރެސްގެ އެޕާރޓްމެންޓަށް އެދި ހުށަހަޅާފައިވަނީ 76 މީހުންނެވެ. ސީލައިފަށް ފައިސާ ދެއްކި މީހުންގެ ތެރެއިން ވިނަރެސްގެ އެޕާރޓްމެންޓަށް 400ށްވުރެ ގިނަ މީހުން ވަނީ ހުށަހަޅާފައެވެ. އަދި ގުޅީފަޅުން ފްލެޓް ގަންނަން ފައިސާ ދެއްކި މީހުންގެ ތެރެއިން ވިނަރެސްގެ އެޕާރޓްމެންޓަށް އެދި ހުށަހަޅާފައިވަނީ 91 މީހުންނެވެ. މި ފޯމްތައް އެޗްޑީސީން ގެންދަނީ އިވެލުއޭޓް ކުރަމުންނެވެ.

Advertisement - newsAdvertisement

މިމަޝްރޫއާ ބެހޭ ގޮތުން ރާއްޖެއެމްވީއަށް އަކްރަމް ވިދާޅުވީ އެ ހުރިހާ އެންމެނަށް ފްލެޓް ވިއްކުމަށް ފަހު ބާކީވާ ހުރިހާ ފްލެޓެއް ވިއްކުމަށް ނިންމާފައި ވަނީ ހަމައެކަނި މާލޭ މީހުންނާއި ދަފްތަރުގައި ޖެހިފައިވާ މީހުންނަށް ކަމަށް މީގެ ކުރިން ނިންމި ނަމަވެސް، މިހާރު އެނިންމުން ބަދަލުކޮށް ގިނަ ދުވަހު މާލޭގައި ދިރިއުޅެމުންދާ ރަށްރަށުގެ މީހުންނަށް ވަކި އަދަދަކަށް އެޕާޓްމެންޓް ވިއްކުމަށް ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަންގަވާފައިވާ ކަމަށެވެ. އެ އެންގެވުމާއެކު، އެގޮތަށް މަސައްކަތްތައް ކުރިއަށްދާ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ މިހާރު ކްރައިޓީރިއާ އެކުލަވާލުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، ކައިރި މުސްތަގުބަލެއްގައި އެ މައުލޫމާތުތައް އާއްމު ކުރެވިގެންދާނެ ކަމަށެވެ.

ވިނަރެސް މަޝްރޫއުގެ ދަށުން ތައްޔާރު ކުރާ 1،344 ފްލެޓް ހުންނާނީ 10 ޓަވަރަށް ބަހާފައެވެ. އަދި ކޮންމެ ޓަވަރެއްގައި 13 ފަންގިފިލާ ހުންނަ އިރު، ކޮންމެ އެޕާޓްމެންޓެއްގައި 3 ކޮޓަރިއާއި 3 ފާޚާނާގެ އިތުރުން ބެލްކަންޏެއް ހުންނާނެއެވެ. ވިނަރެސް ފްލެޓުތަކުގެ ޖާގަ ބޮޑުވި ނަމަވެސް އޭގެ އަގު ހިޔާ ފްލެޓުތަކަށް ވުރެ ބޮޑު ވާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފައެވެ. ވިނަރެސް އެޕާރޓްމެންޓެއްގެ ކުލި އުޅޭނީ ގާތްގަނޑަކަށް 17،000 ރުފިޔާގައެވެ. ފައިސާ ދެއްކުމަށް އެކި މޮޑެލްތައް ވަނީ ކަނޑައަޅާފައެވެ.

ވިނަރެސް އެޕާރޓްމެންޓްތަކުގައި ހަތަރު ބާވަތެއްގެ އެޕާޓްމެންޓު ހުންނާނެއެވެ. އެއީ މެރީނާ ވިއު، އިނަރ ވިއު، އައުޓަރ ވިއު އަދި ސްޓޭންޑާރޑް ވިއު އެޕާރޓްމެންޓުތަކެވެ. އޭގެ ތެރެއިން ސްޓޭންޑާޑް ވިއު އެޕާޓްމެންޓުގައި ހުންނާނީ 883 އަކަފޫޓެވެ. ނަމަވެސް ބާކީ ތިން ބާވަތުގެ އެޕާޓްމެންޓުގައި 902 އަކަފޫޓު ހުންނާނެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
10 ޖެނުއަރީ 2017

ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި

10 ޖެނުއަރީ 2017
ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް